ބިދޭސީންގެ ފިންގަޕްރިންޓާއި ފޮޓޯ ނެގުމުގެ ގައުމީ ކެމްޕެއިން، "ކުރަނގި" ފެށުމަށް މިދިޔަ އަހަރު ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ބިދޭސީންތަކެއްގެ މައުލޫމާތު ނެގުމަށް މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
27 ނޮވެމްބަރ 2025 - 19:51
ބިދޭސީން ރާއްޖޭގައި ގާނޫނާ ހިލާފަށް ހިންގާ ވިޔަފާރިތައް ރިޕޯޓުކުރަން އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ބިދޭސީން ގާނޫނާ ހިލާފަށް ވިޔަފާރިކުރާކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. އެ ވިޔަފާރިތައް މައިގަނޑު ގޮތެއްގައި ކުރަނީ ދެ ގޮތަކަށް ކަމަށް އިއުލާނުގައި ބުންޏެވެ.
އެއް ގޮތަކީ، އިއުލާނުގައި ބުނެފައިވާ ގޮތުން، ލައިސަންސާއި ހުއްދަ ހޯދުމަށް އިސް ސަފުގައި ދިވެހިން ބޭނުންކުރިއަސް ވިޔަފާރި ހިންގުން މައިގަނޑު ގޮތެއްގައި ބިދޭސީން ކޮންޓްރޯލްކުރާ ވިޔަފާރިތަކެވެ. އަދި ފޮރިން އިންވެސްޓްމަންޓްގެ ގާނޫނުގެ ދަށުން ބިދޭސީންނަށް މަނާކޮށްފައިވާ ދާއިރާތަކުގައި ބިދޭސީން ހަރަކާތްތެރިވާ ކަމަށް ވެސް ބުންޏެވެ.
އެކަމަށް ހައްލު ހޯދަން ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި އޭގެ ތެރެއިން ފޮރިން އިންވެސްޓްމަންޓު ގާނޫނަށް ބަދަލުތަކެއް ގެނެސް ސެޕްޓެމްބަރު 3، 2024 ގައި ޝާއިއުކޮށްފައިވާކަން ފާހަގަކުރި އެވެ.
ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައުލޫމާތު ލިބިފައިވާނަމަ، އެ ފަރާތްތަކުގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓު ނުވަތަ އެ މިނިސްޓްރީގެ ނަމްބަރު 3333199 އަށް ގުޅައިގެން ނުވަތަ އިމުގަ ޕޯޓަލް އިން މައްސަލަ ހުށަހެޅޭނެ އެވެ.
މިނިސްޓްރީން ބުނީ އެ މައުލޫމާތު ފޮނުވާނީ ގާނޫނާ ހިލާފަށް ބިދޭސީންގެ ވިޔަފާރިތައް ހުއްޓުވުމަށް ހާއްސަކޮށްފައިވާ ގައުމީ ޓާސްކް ފޯހަށެވެ. އެ ޓާސްކްފޯހުގައި ހިމެނެނީ އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީ އާއި ޕޮލިހާއި އިމިގްރޭޝަން އަދި ސަރުކާރުގެ ކަމާގުޅޭ އެހެން އިދާރާތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮރަލް
28 November 2025
ގިނަ ވިޔަފާރި ތަކުގަ ކޭޝިއަރުންނަށް އެހުންނަނީ އެވިޔަފާރި ކޮންޓްރޯލް ކުރާ ބިދޭސީ މީހާ އެވެ. ބިދޭސީ މީހާ ވަތް ގަނޑާ ދުރަކަށް ނުދާނެ އެވެ.
ފަތިސް
28 November 2025
މީ އަހަރުމެންގެ ރުޅިއަރުވަން ދައްކާ ވާހަކަ.
އަސްދޫނި
28 November 2025
ސަމަންދު ގޯޅިޔާ ކަރަންކާ މަގުގަ ހުރި ހޮޓާތަކާ މިކަހަލަ ވިޔަފާރިތައް ރިޕޯޓު ކުރެވުނު އަދަދު ނޭގެ. އަދި ބިދޭސީން ވަގަށް ކުރާ ވިޔަފާރިއޭ ނުކިޔާ ބަލަމާ ދިވެއްސަކު އެއްވެސް ހިސާބަކުން ނުފެންނަތާގަ މުޑުދާރުކަން އެހާ ބޮޑު. މީން ތާކަށް އެޗްޕީއޭ އިން ބަލާލާ ނަމަވެސް ހުޅުވިފަ ނުހުންނާނެ. އެހެންވީމަ ބޭކާރު ހަބަރުތައް ނުޖެހިއްޔާ ރަނގަޅުވާނީ.
ޑރ ވާންޗޯ
28 November 2025
ގާނޫނާ ޚިލާފު ބިދޭސީ ވިޔަފާރިތަކަކީ ސަރުކާރުން ނޭގޭކަމަށް ހަދައިގެންތިބޭ އޯޕަން ވިޔަފާރިތަކެއް. ފިހާރަޔަށްވަދެ ހަމައެކަނި ފައިސާޖަމާވަނީ ކާކުގެ އެކައުންޓަކަށްތޯ އެއެކައުންޓް އޮޕަރޭޓްކުރަނީ ކާކުތޯ ބަލާލިޔަސް އެނގޭނެ. ތަނުގެ ވެރިމީހާގެ ނަމުގަ ހުރިމީހާގެ އެކައުންޓަށް ކޮންމެމަހަކު ޖަމާވާނީ ތަނުގެކުލިއެކަނި.
ޖަހާންގިރު އާލަމް
28 November 2025
ކިހިނެއް އެނގޭނީ. ގާނޫނާ ހިލާފު ކަމެއް. ސޭޓަކައް އިންނަނީ ބޭރު މީހެއް.މިނެކިރަން ހުންނަނީ ބޭރުމީހެއް މުދާ ސަޕުލައި ކުރަނީ ބޭރުމީހެއް. ޓުރާންސްފަ ކުރީމަ ފައިސާ ދަނީ ބޭރު މީހެއްގެ އެކައުންޓް އައް..ހުޅުމާލެ ރެހެންދި ދަނޑުތައް ކުރިމަތިންނާ ފުރަގަހުގަ ހުރީ ހުސް މީގެ ތަންތަން
ބަބޫ
28 November 2025
ފާޑެއްގެ ޕޯޓަލްއެއް މިސަރުކާރު އައިފަހުން އިމިގްރޭޝަނުން ހުޅުވައިގެން އެޔަށް ރިޕޯޓުކުރެވުނު އަދަދެއްވެސް ނޭގެ. ކުރެވުނު އެއްކަމެއްވެސް ނެތް. އަނގަބަހުން ހިންގާސަރުކާރެއްމީ. އަމަލަކުން ނުކުރޭ އެއްކަމެއްވެސް
އެމްސް
28 November 2025
ކަމާއިބެހޭ މުވައްސަސާތަކުންވެސް ރިޕޯޓްނަގަން ބަޔަކު ނެރެންވީއެވެ! މާރުކޭޓް ގޮޅިތަކަށާއި، ފިހާރަ/ހޮޓާތަކާއި، އޮޑި/ދޯނިފަހަރަށްވެސް ފޮނުވާށެވެ. ފިނިކޮޓަރީގަ ކުރާ ތަޙުޤީގަކުން އެކަނި ތިކަމެއްވެސް ނުހުއްޓުވޭނެއެވެ! އެންމެ ފަސޭހަގޮތަކީ ޤައުމަށް އާމްދަނީއެއް/ބޭރުފައިސާ ނުވައްދާ ހުރިހާކަމެއްތެރޭގަ %75 ދިވެހީންތިބެން ޝަރުޠުކުރުމެވެ!
ލަތީ
28 November 2025
މިއުޅެނީ ކަމެއްނޭގިގެނެއް ނުން ކޮންމެވެސް ކަހަލަ ޑުރާމާއެއް ކުޅެން
އުތީމު ތަކުރު
28 November 2025
ހިތާމަޔަކީ ބިދޭސީން ހިންގާ ގިނަ ވިޔަފާރިތަކެއްގެ އަޑީގައި ފުލުހުން ތިބިކަން ފުރަތަމަ މިއިދާރާ ދޮވެ ތާހިރު ކުރަންވީ.
ލަތި
28 November 2025
ސިފައިންގެ މީހުންވެސް އުޅޭ
ސައްލެެ
28 November 2025
މާގިނަ ވާހަކަ ނުދައްކާ އާދެބަ މާފުއްޓަށް މިތަނުގައި 20 ވަރަކަށް ފިހާރަ އެބަ ހިންގާ މިމީހުން. ސިގިރެޓްވެސް އެވިއްކަނީ ވަކިވަކިން ހަމަ ފާޅުގަ. މިތާ ތިބޭ ފުލުހުން، މީރާވެސް. ކުރެވޭކަމެއް ފެންނަކަމަކަށްވެސް ނުވޭ.
ށައްލ
28 November 2025
ހިތާމައަކީ ސިނގިރޭޓްވެސް ކުޑަކުދިންއްވެސް މިތަންތަނުން ވިއްކަމުން ދާކަން