ްސްރީ ލަންކާއަށް ކުރި ވިއްސާރާގައި ފެން ބޮޑުވެފައިވާ މަގަކުން ދޯންޏެއްގައި ބަޔަކު ދަނީ: ވިއްސާރާގައި އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 200 އިން މައްޗަށް ގޮސްފައި. -- ފޮޓޯ: އޭއެފްޕީ
30 ނޮވެމްބަރ 2025 - 18:25
ތޫފާން ދީތުވާގެ ސަބަބުން ސްރީ ލަންކާއަށް ކުރި ގަދަ ވިއްސާރައިގެ ސަބަބުން ކުރިމަތިވި އެކި ހާދިސާތަކުގައި އެ ގައުމުގެ މަރުވި މީހުންގެ އަދަދު މަދުވެގެން 330 އަށް އަރާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) މިއަދު ބުނެފި އެވެ.
އޮފިޝަލުން ވިދާޅުވީ ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރި ސަރަހައްދަށް ވެފައިވާ ގެއްލުންތައް ރަނގަޅަށް އަދި އެނގެން ފެށީ ފެން ބޮޑުވުމާއި ކިސަޑު ފޭބުމުގެ ސަބަބުން ބަންދުވެފައިވާ މަގުތަކުން ދަތުރުކުރެވޭ ވަރު ވުމުން ކަމަށެވެ.
ހަފްތާއެއް ވަންދެން ލަންކާއަށް ކުރި ވިއްސާރާގައި މަދުވެގެން 330 މީހުން މަރުވިކަން މިހާތަނަށް ކަށަވަރުވެފައި ވާއިރު އަދި މިއަށްވުރެ ގިނަ މީހުން ވަނީ ގެއްލިފަ އެވެ.
ލަންކާއާ ދުރަށް ތޫފާނު ދިއުމާ އެކު އުޑުމަތި ކުޑަކޮށް އަލިވެފައި ވިޔަސް ބޯކޮށް ވެހުނު ވާރޭން އުސް ހިސާބުތަކުން ފައިބަމުންދާ ފެނުން ކެލާނީ ރިވަ ފުރި ބަންޑުންވަމުން ދާތީ ކޮލަމްބޯގެ އުތުރުގެ ބައެއް ހިސާބުތަކުގައި މިއަދު ވަނީ ފެން ބޮޑުވެފަ އެވެ. އެހެންވެ ބައެއް ހިސާބުތަކުން މީހުން ހުސްކުރަން ވެސް ޖެހުނެވެ.
އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާއިން ސްރީ ލަންކާއަށް ހެލިކޮޕްޓަރު ފޮނުވައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު މިއަދު 24 މީހަކު ސަލާމަތްކޮށްފައިވެ އެވެ. ޕާކިސްތާނުގެ ވައިގެ ސިފައިން ވެސް ލަންކާއަށް ގޮސް އެހީތެރިވާން ފަށާނެ ކަމަށް ބުނެފައި ވާއިރު ޖަޕާނުން ވެސް ލަންކާއަށް މި ވަގުތަށް ބޭނުންވާ މުހިންމު ކަންކަން ދެނެގަތުމަށް ޓީމެއް ފޮނުވަން ވަނީ ނިންމައިފަ އެވެ.
ލަންކާއަށް ފަހުގެ ތާރީހެއްގައި ކުރިމަތިވި ގުދުރަތީ އެންމެ ބޮޑު ކާރިސާގައި 25،000 އަށް ވުރެ ގިނަ ގެދޮރު ހަލާކުވެ، 147،000 އަށް ވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ދާން މަޖުބޫރުވެފަ އެވެ. ޑީއެމްސީން ބުނީ ބައި މިލިއަން މީހުންނަށް އެކި އެހީތެރިކަން ބޭނުންވެފައިވާ ކަމަށެވެ.
މިއީ ލަންކާއަށް 2004 ގެ ސުނާމީއަށް ފަހު އެންމެ ބޮޑު ގެއްލުމެއްވި އަދި އަދި އެންމެ ގިނަ މީހުން މަރުވި ގުދުރަތީ ކާރިސާއަށް މިހާރު ވަނީ ވެފަ އެވެ.
ލަންކާއަށް އެރި މި ތޫފާނަކީ 2017 ވަނަ އަހަރު އެ ގައުމުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން 200 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ހާސް ބަޔަކު ގެދޮރު ގެއްލުނު ފަހުން ކުރިމަތިވި އެންމެ ނުރައްކާތެރި މިފަދަ ކާރިސާ އެވެ. ޖޫން 2003 ގައި ވެސް ވަނީ ހަމަ މިފަދަ ހާދިސާތަކެއްގައި 254 މީހަކު މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގާސިމް
30 November 2025
އެއްބަޔަކު ކާރިސާ ގަ ފުރާނަގެއްލި އަނެއްބަޔަކު އާއިގެއްލިގެން ހޯދަނީ. މިކޮޅުން މިއުޅެނީ އަގިބޯޑު ލަގެޖް ގެއްލިގެން. ކީކޭދޯ ބުނާނީ
ޑަބި
30 November 2025
ޙިތާމަވެރި ހާދިސާތަކުން ލަންކާއަށް އަރައިގަތުމަށްޓަކައި ހުރިހާ ފަރާތްތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން! ޜާއްޖެއިން ބޭރުން އޮޕަރޭޝަނެއްކޮށްގެން ލަންކާމަގުން ރާއްޖެއައުމުގެތެރޭ ހުރިހާ ލަގެޖްއެއް ލަންކާގެ ޓްރާންސިޓްގެތެރެއިން މާލެ އައުމުގެތެރޭ ނުލިބިވަނީ! ޢެލަގެޖްގެތެރޭ ހުރިހާ ބޭސްތަށްވެސް ހުރީ! ޢެތައް ބައިވަރު ބައެއްގެ ލަގެޖް ނުލިބޭ މިކަމަށްވެސް ކޮންމެވެސް އަހައްމިއްޔަތު ކަމެއްދޭންވާނެޔޭ މިކިޔަނީ! މިހެން ދިމާވީމަ އެވާހަކަ ބުނާނެ!
ޙުސަ
30 November 2025
މިކަމަށްވެސް ހައްލެއް ހޯއްދަވާ ދެއްވާ! ލަންކާގެ އެއަރޕޯޓްގައި ޓްރާންސިޓް ކޮށްފައި އެއަރލަންކާއިން މާލެ އައި އެތައް ބައެއްގެ ލަގެޖްތައް ލަންކާ އެއަރޕޯޓްގައި ވަނީ ބަހައްޓާފަ! ޢެކޮޅުން ލަންކާ ފްލައިޓުގައި މާލެ އައިސް ލަގެޖް ބެލްޓް ކައިރީގައި ހުރެހުރެ އެއްވެސް ފޮއްޓެއް ނުލިބުނު! ޢެމްއޭސީއެލް ކައުންޓަ ކައިރިއަށް މިޝަކުވާ ވަރަށްގިނަ ދިވެހިން ބޭރު މީހުންކުރި! ޅިއުމެއް ދިންތާ ތިންދުވަސް މިވީ އަގޮބޮޑު އެތަކެއްޗެއް ލަގެޖްތެރޭވެ ލަގެޖް ޚަބަރެއް ނެތް!!