ފުވައްމުލަކު ފުނާޑު އަވަށު ބަންޑާރަ ކިޅީގެ ބޮޑު ސަރަހައްދެއްގައި ރޭ އަލިފާން ރޯވެފައި.-- ފޮޓޯ: ފުވައްމުލަކު ކައުންސިލް
30 ނޮވެމްބަރ 2025 - 22:17
ފުވައްމުލަކު ފުނާޑު އަވަށު ބަންޑާރަ ކިޅީގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި 360،000 އަކަފޫޓަށް ވުރެ ބޮޑު ސަރަހައްދެއް އަނދައިފި އެވެ.
ރޭ 10:00 ހާއިރު ރޯވި އަލިފާން މެންދަމުން އަލިވެ 1:30 ހާއިރު ނިއްވާލެވުނީ އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު އާއި ފުލުހުންނާއި ކައުންސިލްގެ މުވައްޒަފުންނާއި އާއްމުންކުރި މަސައްކަތުން ކަމަށާއި އޭރު 360,586 އަކަފޫޓުގެ ސަރަހައްދެއް އޮތީ އަނދާފައި ކަމަށް ކައުންސިލުން ބުންޏެވެ.
ކުރިން ވެސް އަލިފާނުގެ ހާދިސާތައް ހިންގާފައިވާ އެތަނުގައި ރޯވި ސަބަބެއް ނޭނގެ އެވެ.
ފުވައްމުލަކު ފުނާޑު އަވަށު ބަންޑާރަ ކިޅީގައި ރޭ ރޯވެ ބޮޑު ސަރަހައްދެއްގައި އަނދާފައި. -- ފޮޓޯ: ފުވައްމުލަކު ކައުންސިލް
ކައުންސިލުން ވަނީ އަލިފާން ނިއްވާލެވިފައި ވިޔަސް އެ ސަރަހައްދުން އަލިފާނުގެ އަސަރު ފެނިއްޖެ ނަމަ ލަސްނުކޮށް ފަޔާ އެންޑް ރެސްކިއުއަށް އަވަހަށް ގުޅުމަށް ވެސް އެދިފަ އެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ގާއިމުކުރި ނޭޗާ ޕާކަކީ ފުވައްމުލަކުގެ މި ޕާކެވެ. އެތަން ހުޅުވީ ސެޕްޓެމްބަރު 14، 2018 ގަ އެވެ.
ފުވައްމުލަކު ފުނާޑު އަވަށު ބަންޑާރަ ކިޅީގެ ބޮޑު ސަރަހައްދެއްގައި ރޭ އަލިފާން ރޯވެ އަނދާފައި. .-- ފޮޓޯ: ފުވައްމުލަކު ކައުންސިލް
ފުވައްމުލަކު ނޭޗާޕާކްގައި އެކުލެވިގެން ވަނީ ދަޑިމަގު ކިޅި އާއި އެ ކުޅިއާ ގުޅިގައިވާ ޗަސްބިން ސަރަހައްދާއި، ދިގުވާޑު ހޯދަޑު ހިމެނޭ ސަރަހައްދުގެ ޗަސްބިމުގައިވާ ބޯޑްވޯކާއި ބަންޑަރް ކިޅި އާއި އެތަން ހިމެނޭ ސަރައްހަދުގެ ޗަސްބިންތަކާއި ކޮޑަކިޅި އާއި މާލެގަމާއި ފުނާޑު ހިމެނެ ސަރައްދުގައިވާ ބޯޑުވޯކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަޔަރު
01 December 2025
"ކިޅި" އެއް ނުއަނދާނެ
އަހުމޭ
01 December 2025
އަލިފާން ހާދިސާއެއް ނޫން. ތިއީ ނެޗަރަލް ކަމެއް.
ހުސެން655
01 December 2025
ތިކަހަލަ ތަންތަން ހިއްކާފަ ވިޔަފާރި އަދި ބިން ދިނުން ރަގަޅު
ވާނީނާ
01 December 2025
ތިކަހަލަ މީހުންގެ ބޮލުގަ ހުރި ހުސް ޖާގަ ހިއްކާފަ ދޭންވީ
ކަޑަބޮއް ސައީދު
01 December 2025
ބުރޯގެ ސިކުނޑި އަކީ ބޭނުން ތެރި އެއްޗެއް ކަމުގައި ލައްވާ ހެޔޮ ވިސްނުން ދެއްވާންދޭވެ.