ހުޅުމާލޭގެ މަގަކުން ވެހިކަލެއް ޓޯކުރަނީ.-- ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ
01 ޑިސެމްބަރ 2025 - 11:52
ދެ ދުވަހުގެ ތެރޭގައި މާލޭ ސަރަަހައްދުން 100 ވެހިކަލް ޓޯކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފާއިތުވި 48 ގަޑިއިރުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މާލެއިން އެކަނިވެސް 62 އުޅަނދެއް ޓޯކުރި އެވެ. އެއީ ދެފުރޮޅުލީ 60 އުޅަނދާއި ހަތަރުފުރޮޅުލީ 2 އުޅަނދެވެ.
ފުލުހުން ބުނި ގޮތުގައި ހުޅުމާލެއިން 38 ސައިކަލު ވަނީ ޓޯކޮށްފަ އެވެ. އޭގެ ތެރެއިން 30 ސައިކަލު ޓޯކުރީ ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރުމުން ކަމަށާއި ފަސް ސައިކަލު ޓޯކުރީ ލައިސަންސް ނެތި ދުއްވުމުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި ރަޖިސްޓްރީ ނަމްބަރު ބަދަލުކޮށްގެން ދުއްވި މައްސަލަގައި ވެސް އެއް ސައިކަލު ޓޯކުރި އެވެ. އަދި އެކްސިޑެންޓާއި އެހެނިހެން މައްސަލަތަކާ ގުޅިގެން ދެ ސައިކަލު ޓޯކުރި ކަމަށް ވެސް ބުންޏެވެ.
ދެ ދުވަހުގެ ތެރޭގައި ހުޅުމާލެއިން ވަނީ ޓްރެފިކް ގަވާއިދުތަކާ ހިލާފުވެގެން 12 އުޅަނދެއް ޖޫރިމަނާކޮށްފަ އެެވެ. އެއީ ދެ ފުރޮޅުލީ 9 އުޅަނދާއި ހަތަރުފުރޮޅުލީ ތިން އުޅަނދެވެ.
ފުލުހުން ބުނީ މިއީ މާލެ އާއި ހުޅުމާލޭގެ މަގުތަކަކީ އާންމު ދަތުރުފަތުރާއި ހިނގާބިނގާވެ އުޅުމަށް ދަތިވާ ގޮތަށް ޕާކުކޮށްފައި ހުންނަ މައްސަލާގައި ޓޯކޮށްފައިވާ އުޅަނދުތައް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހަނދު
02 December 2025
ފުލުހުން ބޭނުންވީމާ ނިކުމެ ނޫހުގައި ހެޑްލައިން ޖަހާލަނީ. ތިކަން އަބަދު ކުރަމުންދާނަމަ ތާއީދު. ހިތުހުރި ގަޑިއެއްގައި ތިހެން ހެދުމަށްވުރެ ތަންފީޒުކުރެވޭ އުސޫލަކަށް ކުރުން ރަގަޅު. މިހާރު ހީވަނީ ސަރުކާރަށް ފައިސާ ހޯދަންވީމާ ކޮށްލަންޖެހޭ ކަމެއްހެން.
ޖުމޭ
02 December 2025
މުސްކުޅި އަންހެނަކު ބޯކަޅުކޮށްގެން ޅަވެގެން ހިންގާ ދެ ސްޕާއެއްގައި އުޅޭ ސިންމެނީ ލޮޓްސަޕޯރްން ކިޔާ ތައިލޭންޑް މަންޖެޔަކާ އަދި ހެޕިޔޭން ޑިންގްސްޝުއާ ކިޔާ ވިއެޓްނާމް އަންހެނަކު ވެސް މަގުހަނިކުރަން ބޭނުންނަމަ ޑިޕޯރޓް ކުރަން ޖެހޭ.
ކެރެޓޭ
02 December 2025
ގުޑް ޖޮބް
އެމްސް
01 December 2025
މިޤައުމުގަ އުޅޭ ބިދޭސީންގެ ޢަދަދު މަދުކުރިޔަސް މަގުތަކަށް ލުއިވެގެންދާނެއެވެ!
ކައްޓޭ
01 December 2025
ތިތަނުން ލިބުނު ލާރި ދޯ މި ސޮދަގާތް ކުރީ
ކޮރަލް
01 December 2025
އެއީ ދެފުރޮޅުލީ 60 އުޅަނދާއި ހަތަރުފުރޮޅުލީ 2 އުޅަނދެވެ. މާލެ އާ ހުޅުމާލޭގަ ހައިވޭ ތަކުގަ ސައިކަލް ދުއްވަން ހާއްސަ ކޮށްފަ ވާ ލައިންގަ 4 ފުރޮޅު ލީ ވެހިކަލް ޕާކް ކޮށް ފުރާ ލާފަ އެވެ. ވީމާ ދެ ފުރޮޅު ލީސައިކަލް ވެސް ދުއްވަން މަޖްބޫރު ވެފަ ވަނީ 4 ފުރޮޅު ލީ ވެހިކަލް ދުއްވަން ހާއްސަ ކޮށްފައިވާ ލޭން ގަ އެވެ. ހައްލު ނުވި މައްސަލަ އެކެވެ.
ށަލިން
01 December 2025
ޓޯ ކުރާ ވެހިކަލް ތައް ނައްތާލުން އަވަސް ކުރާން ޖެހެ..
އެސްޓީ
01 December 2025
ޕްރައިވެޓް ކާރުގެ ޕާކިންގް ފައިން -/4000 އަށް ބޮޑު ކުރޭ! ޕްރައިވެޓް ކާރަކީ މުއްސަނދިން ގެންގުޅޭ އެއްޗެެއް. -/4000 ރުފިޔާ ޕާކިން ވަޔޮލޭޝަން އަށް ނުދެއްކޭ ވަރުގެ ބިކާރީން ގެންގުލޭ އެއްޗެއް ނޫން!
ޕޯޓަބަލް
01 December 2025
ވެހިކަލްތަށް އެތެރެކުރި ގަރާޖުގަ ވެހިކަލްތަށް ޕާކުކުރަން އަންގާފަ މަގުމަތީ ލާވާރިސް ވެގެން އުޅޭ ހަތަރު ފުރޮޅުލީ ވެހިކަލްތަކާއި ޕާކިންޒޯން ބޭރުގަ ހުންނަ ސައިކަލުތަށް ޓޯ ކޮއްފަ ތިލަފުއްޓަށް ގެންގޮސް އަންކްލެއިމްޑް ވެހިކަލްތަށް ނައްތާލާ!
އެޗް. ޑީ
01 December 2025
އެ މީހުން ނޫން ބައެއްގެ ތަފާސް ހިސާބުން އަދަދުތައް އުޅެނީ ކިހިނެއް؟