ކުރުނބާ ފަނި ފުޅި ވިއްކާ ތަނެއް ބަލައިފާސްކުރަނީ
02 ޑިސެމްބަރ 2025 - 11:01
ނިދާ ތަނުގެ ތެރޭގައި ކުރުނބާ ފަނި ފުޅީގައި ބަންދުކޮށްގެން ވިއްކާ ދެ ބިދޭސީއަކު ފުލުހުންނާއި އިމިގްރޭޝަންގެ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފި އެވެ.
ދެ އިދާރާ ގުޅިގެން ހިންގި އެ އޮޕަރޭޝަނާ ގުޅިގެން ފުލުހުން ބުނީ ބިދޭސީން ދިރިއުޅެމުންދާ ތަނެއް އިއްޔެގެ ވަގުތެއްގައި ބަލައިފާސްކޮށް، ދެ ފިރިހެނަކު އިމިގްރޭޝަނުގެ ބެލުމުގެ ދަަށަށް ގެންދިޔަ ކަމަށެވެ.
އެތަން ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ކުރުނބާ އަދި ހުސްފުޅިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެެ.
ފުލުހުން ބުނި ގޮތުގައި އެތަނަކީ ކުރުނބާ އާއި ކުރުނބާ ފަނި ފުޅި ތައްޔާރުކުރުމަށް ފަހު އެކި ފިހާރަތަކަށް ޑެލިވަރީ ކުރުމުގެ މަސައްކަތް ކުރަމުން އައި ތަނެކެވެ.
ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ހަދައިގެން ވިއްކަމުން ދިޔަ އެތައް ބިދޭސީންނެއް މީގެ ކުރިން ވެސް އަތުލައިގެންފައިވެ އެވެ. އަދި އެ މީހުން ވަނީ ޑީޕޯޓްކޮށްފަ އެވެ.
ބިދޭސީން ގާނޫނާ ހިލާފަށް ވިޔަފާރިކުރާކަމުގެ ޝަކުވާތައް ލިބެމުންދާތީ އިކޮނޮމިކް މިނިސްޓްރީން ވަނީ އެފަދަ ފަރާތްތައް ރިޕޯޓުކުރުމަށް ވެސް މި ހަފްތާގައި އެދިފަ އެވެ.
ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައުލޫމާތު ލިބިފައިވާ ނަމަ، އެ ފަރާތްތަކުގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓު ނުވަތަ އެ މިނިސްޓްރީގެ ނަމްބަރު 3333199 އަށް ގުޅައިގެން ނުވަތަ އިމުގަ ޕޯޓަލް އިން މައްސަލަ ހުށަހެޅޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
raajje
04 December 2025
ބިދޭސީން މިތަނުގައި ނުގަވައިދުންއުޅުންއެއީ އެމީހުންގެ އެކަނިމައްސަލައެއްނޫން، އެއީ %99 އިދާރާތަކުގެމައްސަލަ %1 ބިދޭސީންގެމައްސަލަ، ކަންކަން ނުބެލޭ ގަވައިދާގާނޫނުތަންފީޒުނުކުރެވޭތަނެއްގައި ކަންކަންވާނީމިހެން، އަނެއްކޮޅުންބަލާއިރު ބިދޭސީންނަކީ ރާއްޖޭގެ "ތަރައްގީގެ އިންޖީނު" އެމީހުނާނުލާ ރާއްޖެހުއްޓުމަކަށް އަންނާނެ، މިއީ ތަރައްގީވަމުންއަންނައިރު ހުރިހާގައުމެއްގައިވެސް ކަންކަން ހިނގާގޮތް، ބައެއްގައުމުތަކުގައި މިކަންރަނގަޅަށްމެނޭޖުކުރޭ
ފގތއެއ
03 December 2025
ބިދޭސީންގެ ކަންކަން މިއަށްވުރެ ހަރުދަނާކުރަން އެބަޖެހޭ. ކޮންމެ ދިވެއްސަކަށް ބޭރުމީހެއް އެބަހުރި. މިވަރުން ދަންޔާ މަޖިލީހުން ގޮނޑިއެއްވެސް އައްޔަނުކޮށް ދޭންޖެހިދާނެ
ސޯދާނީ
03 December 2025
ބަންގާޅިން ރަށް ރަށުން ވައްކަން ކުރުން ހުއްޓުވައިގެން ނޫނީ ތިކަމެއް ނުހުއްޓުވޭނެ. ބޯޓު ފުރާ ކޮންމެ ފަހަރަކު ކެޔޮގަނޑު، ރުއްރުކުގައި ހުންނަ ކާށި ގެއްލޭނެ. ބޯޓުގެ ވެރިފަރާތަށްވެސް މިމީހުން މިވައްކަން ކުރާކަން އެނގޭނެ. ބޯޓުފަހަރު ތަކުގެ ވެރިންނަށް ފިޔަވަޅު އަޅަން ޖެހޭ އެބަ ބަންގާޅިންގެ ވަގުމުދާ އުފުލައިދީ ވިޔަފާރިފުޅާ ކޮށްދިނުމުގެ ކުށުގަ.
އެމްސް
02 December 2025
ހޯމް މިނިސްޓްރީ އާއި އިކޮނަމިކް މިނިސްޓްރީ ގުޅިގެން ދުވާލަކު 1 ފަހަރު ނަމަވެސް މަޖީދީމަގުގެ 1 ކޮޅުން އަނެއްކޮޅަށް ހިނގާލެވެންޏާ ކަސްރަތެއްގެ އިތުރުން ބިދޭސީންގެ ލައްކަ މަންޒަރުތައްވެސް ފެނިގެންދާނެއެވެ! ގިނައިން ކާބޯތަކެތި ތައްޔާރުކޮށް ވިއްކަން ރާއްޖޭގަ އުޅެނީ ލޭބަރުންގެ ގޮތުގަ ރާއްޖެ އެތެރެވާ މަސައްކަތު މީހުނެވެ!
ބޯޅަބޭގެދާއޫދު
02 December 2025
ތިފެނުނީ ކުރުބާފަނި ބަންދުކުރާތަަނެއް. ކޮބޭ ފޯއްކޮށާތަން، ކިއްލި، މަސްމިރުސް، ތެލުލިފަތް މިބާވަތުގެ އެތަކެއް ސާމާނު ނިދާތަނުގައި އެދުތަންދޮށުގައި ފާހަނާތެރޭގައި ފައިދަށުވެ ގައިދަށުވެ، ގަލޯހާޖަތްކޮށް ސައިބޯންޏަކާއި ނުލައި ތިބެ ދެއަތުން އުފައްދާތަކެތި ގިނަކަންމަތީ ފިހާރަތަކުން ގަނެގެން ކާން އަހަރުމެން މިތިބީ ފަރިތަވެފައި. ކޮއްކޮ ބޭބެ ދައްތަ ކިޔައިގެން އެބަޔަކު އުޅެންދަސްކޮށް އެތިބީ ހޭނިފައި. އިދާރާއަކަށް މިހާރަކު ފަސޭހައެއްނުވާނެ.
ކޮރަލް
02 December 2025
ދިވެހީން ބޭރުން ކެއުން މަދު ކުރަން ވީ އެވެ. ކޮފީގަ ގިނަ ވަގުތު ހޭދަ ނުކުރަން ވީ އެވެ. އޮފީހުގަ ވިޔަފާރީގަ ގިނަ ވަގުތު ހޭދަ ކުރަން ވީ އެވެ.
އެމްސް
02 December 2025
ދެރައީ، މުނިފޫހިފިލުވާލަން ދާނެ ތަނެއް/ޒަމާނީ ޝޮޕިން މޯލް އެއްގެ މިންވަރުވެސް . . !
ބޮޑުބެގެ ބެއްޔާ
02 December 2025
ވޭޕް ހުއްޓުމަށްވުރެ ތިޔަކަހަލަ ކަންކަން ހުއްޓުވިއްޔާ އާންމު ސިއްހަތަށް މާ ފައިދާވާނެ.
އަހަންމަދާ
02 December 2025
މި ފެންވަރުގަ ޖެހޭނެ ކުދި ވިޔަފާ
ފަލަސުރުހީ
02 December 2025
ޔޫރިންވެސް ބޮވިފަ ހުންނާނީ އަހަރުމެންނަށް. އަހަރުމެންގެ ސަރުކާރުތަކުން އަހަރުމެންގެ ރައްކާތެރިކަމަކަށް އެއްގޮތަކަށްވެސް ނުވިސްނާ.
29ކޮމެންޓް
02 December 2025
ސަމަންދު ގޯޅިޔާ ކަރަންކާ މަގުގަ ދިވެހިން ގެ ނަމުގަ ހިންގާ ބިދޭސީ ހޮޓާތައް މުޑުދާރުކަމުން ކައިރިން ހިނގާ ނުލެވޭ ގޭ ދޮރުމައްޗަށް ނުނިކުމެވޭ. ނިކަން އެޗްޕީއޭ އިން މިތަންތަން ބަލާ ދީބަލަ.