ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ޖުލައި މަހު އިނގިރޭސި ވިލާތަށް ވަޑައިގަތް އިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދައުލަތުގެ ބައެއް ވެރިންނާ ސަލާންކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
02 ޑިސެމްބަރ 2025 - 14:02
އިނގިރޭސި ރަސްގެފާނު ޗާލްސްގެ އިސްނެންގުމަށް އުފައްދަވާފައިވާ ސަސްޓެއިނަބަލް މާކެޓްސް އިނިޝިއޭޓިވް (އެސްއެމްއައި) އިން ބޭއްވި "ހައި ލެެވެލް ބްރީފިން އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން" ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ ބައިނަލްއަގްވާމީ ޑިވެލޮޕްމަންޓް ބޭންކްތަކާއި އެމްޑީބީ ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގަތް އެ ބައްދަލުވުމުގެ ބޭނުމަކީ ގައުމުތަކުން ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރުމުގައި އެމްޑީބީތައް މެދުވެރިކޮށް ޕްރައިވެޓް ފައިނޭންސް މޮބިލައިޒްކުމުގެ މަސައްކަތްތައް ހަލުވި ކުރުން ކަމަށެވެ.
ރައީސް ވަނީ "ޑެޓް-ފޯ-ކްލައިމެޓް" އަދި "ޑެޓް-ފޯ-ނޭޗާ" މަޝްރޫއުތައް ކުރިއެރުވުމަށާއި ތިމާވެއްޓާ ރައްޓެހި ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކުގެ އެއްބާރުލުން އިތުރުކުރުމާ ގުޅޭ މަޝްވަރާތަކުގައި ވެސް ބައިވެރިވެވަޑައިގެންފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ރާއްޖެ އާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި މާލީ އެހީތެރިކަމުގެ ބޭނުންތައް ފާހަގަކުރައްވައި އެކަންކަމަށް ހައްލު ހޯދުމަށް މަގުފަހިކުރެވިދާނެ ގޮތްތަކެއް ރައީސް މުއިއްޒު ހުށަހެޅުއްވި ކަމަށެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެހެން ބޭފުޅުންގެ ތެރޭގައި ބަހާމާސްގެ ބޮޑުވަޒީރު ފިލިޕް އެޑްވަޑް ޑޭވިސް، ކޭސީ އާއި އަލްޓެރާގެ ޗީފް އެގްޒެކެޓިވް އޮފިސަރު މަޖީދު އަލް ސުވޭދީ އާއި ވޯލްޑް ބޭންކް ގްރޫޕްގެ ރައީސް އަޖޭ ބާންގާ އާއި އިންޓަ-އެމެރިކަން ޑިވެލޮޕްމަންޓް ބޭންކް (އައިޑީ.ބީ) ގެ ރައީސް އީލާން ގޯލްޑްފައިން އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީ.ބީ) ގެ ރައީސް މަސާތޮ ކާންޑާ އާއި އެފްރިކަން ޑިވެލޮޕްމަންޓް ގްރޫޕްގެ ރައީސް ޑރ. ސީދީ އޫލްދް ތާ އާއި އެފްރިކާ ފައިނޭންސް ކޯޕަރޭޝަން (އޭއެފްސީ) ގެ ރައީސް އަދި ޗީފް އެގްޒެކެޓިވް އޮފިސަރު. ސަމައިލާ ޒުބައިރޫ ހިމެނިވަޑައިގަންނަވަ އެވެ.
އެ ނޫނަށް ވެސް ބައިނަލްއަގްވާމީ އެކި ގައުމުތަކުގެ މާލީ އިދާރާތަކާއި ބެންކުތަކާއި ތިމާވެއްޓާ ބެހޭ ޖަމާއަތްތަކުގެ އެންމެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ
ރައީސްގެ އެ ދަތުރުފުޅަކީ ވެސް ރަސްގެފާނު ޗާލްސްގެ ދައުވަތަކަށް ބާއްވާ މޫސުމާ ގުޅޭ ބައްދަލުވުމަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މޫސުމީ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ބަދަލުތައް ގެނައުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށާއި ދެމެހެއްޓެނިވި ތަރައްގީގެ ދުވެލި އަވަސް ކުރުމަށް ބައިނަލްއަގުވާމީ ގުޅުންތައް އިތުރަށް ހަރުދަނާ ކޮށްގެން ޕްރައިވެޓް ކެޕިޓަލް ބޭނުންކުރެވިދާނެ ގޮތްތަކާ މެދު މަޝްވަރާ ކުރެއްވުމަށް ބާއްވާ އެ ބައްދަލުވުންތަކުގައި ކޮމަންވެލްތާއި ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު ފަދަ ތަންތަނުން ބައިވެރިވި އެވެ.
ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅުގެ ތެރެއިން މޫސުމީ ބަދަލުތަކަށް އެކަށޭނެ އިންސާފުވެރި އަދި ދެމެހެއްޓެނިވި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް މިފަދަ އެހީތެރިކަމުގެ ފުރިހަމަ މަންފާ ލިބިގެންދާނެ ގޮތްތަކަށް ބައިނަލްއަގްވާމީ މައިދާނުގައި ވަކާލާތުކޮށް ރާއްޖޭގެ އަޑު އިއްވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކުޗް ތޯ ޝަރަމް ކަރޯ
03 December 2025
ޕްރައިވެޓް ކެޕިޓަލް ހޯދަން މޮޅު މީހަކު އެބަހުރި ތި ފޮޓޯގަވެސް. ދެން ތިކަން ވާނެ. އެޕްސްޓެއިންގެ ފަރާތުން ލަފާހޯދި ތަޖްރިބާކާރު ތިހުންނެވީ. ދުނިޔޭގެ އެހެން ޤައުމުތަކުގަ އެޕްސްޓެއިން އާ ގުޅުން އޮތް މީހުން ރަސްމީ ކަންކަމުން ދުރުކޮށްފަތިބީ. އެކަމަކު ރާއްޖޭގަ އޭގެ އިދިކޮޅު.
އެޕްސްޓެއިން
02 December 2025
މައި ގުޑް ފްރެންޑް އިޒް ދެއަރ
ޔމނ
02 December 2025
ބައްދަލުވުމުގެ ފޮޓޯއެއްވެސް ނެތީދޯ؟؟
އަދުހަމް މުހައްމަދު
02 December 2025
ކޮންމެ ބަޔަަކު މިކަން ސިޔާސީ ކުރަން އުޅުނަސް ނުވާނެ. މިކަހަލަ ފޯރަމް ނުވަތަ ބައްދަލްވުންތަކުގައި ބައިވެރި ވެގެން ނޫން ގޮތަކަށް މިގައުމަށް ކުރިއެރުން ނޯންނާނެ.
ހަސަން ވަހީދު.
02 December 2025
ވަރަށް މުހިއްމު ކަމެއް މިއީ. އަހަރުމެން ކަހަލަ ކުދި ޖަޒީޜާ ގައުމުތަކަށް ފަންޑް ހޯދުމުގައި ވަރަށް ގިނަ ކަންކަން މީގެ ސަބަބުން ހާސިލްވެގެން ދާނެ
ކަރާއަލީ
02 December 2025
މިހާރު ދާ ޖަހައިގެން ވެސް ފައިސާކޮޅެއް ހަމަ އަތުނުވޭ. ކީއްކުރާ ޗާލްސް އަކާ ޓްރަމްޕަކާ. މޯދީ އެކަނި މި އެއްޗެއް ދިއްކޮށްލަނީ ހަމަ. ދެން ހިފާނީ ތޯ ނުހިފާނީތޯ ނިންމާނީ ވެރިން ދޯ