02 ޑިސެމްބަރ 2025 - 22:07
ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކް މަނާކުރުމުގެ ލިސްޓުގެ ދަށުން މަނާކުރާ އެންމެ ފަހު ބާވަތް ކަމަށްވާ ޕްލާސްޓިކް ކުދި ފެންފުޅި މަނާކުރާ ތާރީހު 2028 ވަނަ އަހަރަށް ފަސްކުރަން ސަރުކާރުން މިއަދު ނިންމައިފި އެވެ. މިއީ އެ ތާރީހު ފަސްކުރި ތިން ވަނަ ފަހަރެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވައި މިއަދު ނެރުއްވި ގަރާރުގައިވާ ގޮތުން އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިމީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުން މަނާވާނީ ޑިސެމްބަރު 1، 2027 އިން ފެށިގެންނެވެ. އެ ސައިޒުގެ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖޭގެ ބާޒާރަށް ނެރުން ދެން މަނާވާނީ ޖޫން 1، 2028 ގައި ކަމަށް ގަރާރުގައި ވެ އެވެ.
ކުރިން އަމަލު ކުރަން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން ނަމަ އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިމީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުން ވެސް އިއްޔެ އިން ފެށިގެން މަނާވާނެ އެވެ. އަދި ރާއްޖޭގެ ބާޒާރަށް ނެރުން މަނާވާނީ އޭރު ހަމަޖެއްސި ގޮތުން މާޗު 1، 2026 ގަ އެވެ.
މިއަދު ނެރުއްވި ގަރާރަށް އަމަލު ކުރަން ފެށުމާ އެކު، އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިމީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖޭގައި މަނާކުރުން ދެ އަހަރަށް ފަސްވީ އެވެ.
ރާއްޖެ އަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ، އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓެއް އެކުލަވާލީ ކުރީގެ ސަރުކާރުގަ އެވެ. އޭގެ ދަށުން އެކި ތާރީހުތަކަށް ބަހާލައިގެން ޖުމްލަ 14 ބާވަތެއްގެ ޕްލާސްޓިކް މަނާކުރަން ލިސްޓުގައި ކަނޑައަޅާފައިވެ އެވެ. އެންމެ ފަހުގެ ބާވަތަކަށް އޮތީ އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިމީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅި އެވެ.
އެ ލިސްޓުގައި ހިމެނޭ 14 ބާވަތުގެ ތެރެއިން 13 ބާވަތެއް މިހާރު ވަނީ މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ށސ11
03 December 2025
މިމީހުން އަބަދު ޖެޓުތަކާ މޮޓޯކޭޑުގަ. ޢަހަރުމެންނަށް މިޖެހެނީ ގިރޭ ކަރުދާސް ހޮޅިގަނޑާ، ފީ ކޮތަޅުބޭނުންކުރަން. ދެންމިހާރު ކުދިފުޅިމަނާކުރީމަ ކިހާ ބޮޑު އުނދަގުލަކަށްވާނެ!
ލަންޑޯ ލަންޑޯ
03 December 2025
ޝުކުރިއްޔާ ޑރ. މުއީޒް. މިޔަކަހަ ކަނޑުކޮސް ކަންތަށް ކުރާނީ މޑޕ، . ދަރިފުޅު އިންޑޯ ޕެކެޓުގަ އިންނަ ޕުލާސްޓިކް ހޮޅި ކަރުދާހަށް ބަދަލުކޮށްގެން އަމިއްލަ މޭގަ މެޑަލް ޖަހައިގެން އެ ހުންނަނީ އެމީހުން. އެކަމުވެސް ކަރުދާސް ހޮޅި އިންނަނީ ޕުލާސްޓިކް ކޮތަޅެއްގަ. ތާކުން ތާކު ނުޖެހޭ ގާނޫނެއްވިއްޔާ ހަދާ ފާސްކުރާނެ މޑޕ އިން.
ކައުންސެލަރު....
03 December 2025
ނުވާނެ ތިކަމެއް. ގާތްގަނޑަކަށް ސަރުކާރުން ކުރުވާކަމެއްތީ ތިޔަ ޕްލާސްޓިކް ފުޅި އުފެއްދުން. އެކަން ހުއްޓިއްޖިއްޔާ ތިޔަބުނާ ކުންފުނިތަކަަށް ބިލިޔަނުން ގެއްލުންވާނެ. އެހެންވީމަ އެކަން ކުރާކަށް ސަރުކާރަކަށް ކުޅަދާނައެއްނުވާނެ. އެކަމެއްނުވާނެ. ބެޓްކޮށްފާނަން ބިލިއަން ރުފިޔާ ދޭންވެސް
އަހުމަދު...
03 December 2025
ބިންހިއްކަމުން ގޮސް ކަނޑު ފަޅު ހަލާކު ކުރުން ސަރުކާރަށް އޯކޭ. ރާއްޖޭގެ އިކޮނޮމީ އޮތީ %100 ޓުއަރިޒަމަށް ޑިޕެންޑްވެފަ. ޓުއަރިޒަމް އަކީ ކަނޑު ފަޅު. މިގައުމަކީ ޕްރޮޑަކުޓް އުފައްދައިގެން އެކްސްޕޯޓް ކުރެވޭވަރަށް ތައްޔާރުވެފައިވާ ގައުމެއްނޫން. އެހެންނޫނަސް ކަނޑު ފަޅު ހަލާކުރުމުގެ ހައްގު އެއްވެސް ރައްޔިތަކަށް އޮވެގެން ނުވާނެ. އަންނަން އޮތް ޖީލަށް ފެންނާނީ އެހެން ގައުމެއް. ޕްލާސްޓިކް ފުޅިއެއީ ކުޑަ މިންވަރެއް.
ަސަލާމ
03 December 2025
ކުދިފެންފުޅިމަނާކުރީމާވިޔަފާރިތަކައްއަދިފެންއުފައްދާކުންފުނިތަކައްފައިދާވެފާ އިސްރާފުވަރައްބޮޑުވާނެއެއީމިހާރުވެސްމިސްކިއްތަކުންދޭކުޑަފެންފުޅިވެސްއެހުންނަނީއެތިކޮޅެއްބޯލާފާކުޑަދޮރުމަތީބަހައްޓާފާއެދަނީ
ހަސަނުލްކޮސްގޮވިވްސްކީ
03 December 2025
ބްރަހ. ސްޕޭސް ބާ އިސް ރައިޓް އޯވަރ ދެއަރ.
އޮނަރަބްލް އަފީފު ދީދީ
03 December 2025
ކޮކަކޯލާ އާއި، އައިލެންޑް ބެވަރޭޖް އަދި އެމްޑަބްލިއު އެސްސީ އާއި ދެކޮޅަށް ތިޔަ ޤާނޫނު ތަންފީޒު ކުރުމަކީ ކުރެވޭނެ ކަމެއްނޫން. އެންމެ ރަނގަޅު ވާނީ ތިޔަ ޤާނޫނު އުވާލިއްޔާ.
ޑރ ވާންޗޯ
02 December 2025
އަދިވެސް އިތުރަށް 20 ފަހަރަށްވެސް ޖެހޭނީ ފަސްކުރަން، ބަދަލުގަ ބޭނުންކުރެވޭނެ އެއްޗެއް ނުދެއްކޭހާލު ކޮން ޗަރުކޭހެއްކުޅޭކަށް.
ބީވާ
02 December 2025
އަމަލު ކުރުން ފަސްކުރަންވީ ކުދި ފުޅީގެ ތައްޔާރީ ބުއިން އެތެރެ ކުރުން. މިހާރު ކުޑަ ކުދިންނަށް 500 އެމްއެލް އަށްވުރެ ކުޑަ ހަކުރު ބުއިން ފުޅިއެއް ގަންނަން ނުލިބޭ! އެންމެ ގިނައިން ޕޮލިއުޓު ކުރަނީ ފެންފުޅިން، އެކަމަކު އެ މަނާނުކޮށް މަނާ ކުރީ ކުޑަދަރިންނަށް ގެއްލުން ކިރިޔާވެސް ކުޑަވާނެ ކުދި ހަކުރުފުޅި! ގޮތެއްފޮތެއް ނެތް ބައެއް!
ޣފދދސ
02 December 2025
މި ދެން ކޮން ސަކަރާތެއް. އަވީގަ ފެންފުޅި ބެހެއްޓުން މަނާކޮށްބަލަ