ގަވައިދާ ހިލާފަށް ޕާކު ކޮށްފައި ހުރި އުޅަނދުތައް ފުލުހުން ނަގަނީ.-- ފޮޓޯ: ޕޮލިސް
04 ޑިސެމްބަރ 2025 - 13:47
މާލޭގެ މަގުމަތީގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ ޒިބްރާ ކްރޮސްގައި ލައިން ދަމާފައިވާ ސަރަހައްދުތަކާއި ގޯޅިކަންމަތީގައި އާންމު ދަތުރުފަތުރަށް ދަތިވާ ގޮތަށް ޕާކު ކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން މާލޭގައި މިއަދު ކުރަމުން އަންނަ ކަމަށެވެ.
އެފަދަ އުޅަނދުތައް ޓޯ ކޮށް ފުލުހުން ކަނޑައަޅާ ތަންތަނަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
ގަވައިދާ ހިލާފަށް ޕާކު ކޮށްފައި ހުރި އުޅަނދުތައް ފުލުހުން ނަގަނީ.-- ފޮޓޯ: ޕޮލިސް
ލައިން ދަމާފައިވާ ސަރަހައްދުތަކާއި ގޯޅިކަންމަތީގައި ޕާކްކުރުމުގެ ބަދަލުގައި ޕާކްކުރުމަށްޓަކައި ހާއްސަ ކޮށްފައިވާ ޒޯންތަކުގައި ޕާކްކުރެއްވުމަށް ފުލުހުން ވަނީ އެދިފަ އެވެ.
އެގޮތަށް ގެންދާ އުޅަނދުތައް ގެންދިއުމުގަ އާއި އެ އުޅަނދެއް ގެންދިއުމަށް ކަނޑައަޅާފައިވާ ތަނެއްގައި ބަހައްޓާފައި ހުންނަ ހުރުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް ފުލުހުން ޒިންމާ ނުވާނެ ކަމަށް ވެސް ބުންޏެވެ. އަދި ޓޯ ކުރާ އުޅަނދުތައް ޓޯ ކުރުމަށް ފަހު، ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިއުމުގެ ޒިންމާ އުފުލަންޖެހޭނީ އެ އުޅަނދެއްގެ ވެރިފަރާތުން ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ ބުދަ ދުވަހު ފުލުހުން ވަނީ ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި ވެހިކަލްތައް ޓޯކުރަން ފަށައިފަ އެވެ.
ގަވައިދާ ހިލާފަށް ޕާކު ކޮށްފައި ހުރި އުޅަނދުތައް ފުލުހުން ނަގަނީ.-- ފޮޓޯ: ޕޮލިސް
މާލެ ސަރަހައްދުގައި ނުގަވައިދުން ޕާކު ކުރާ މައްސަލަ ބޮޑުވެ ފުލުހުން ދޭތެރެއިން އުޅަނދުތައް ޓޯކުރެ އެވެ.
އެއްގަމު އުޅަނދު ޕާކްކުރުމުގެ 14 ވަނަ މާއްދާގެ ށ. ގައި ބުނީ ގަވައިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދެއްގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހާ ހާލަތްތައް ފިޔަވައި، އެ ގަވާއިދާ ހިލާފުވާ މީހުން 750ރ. އިން ޖޫރިމަނާކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދެއުޅި
05 December 2025
ކާރު ޒޯންއެއްގައި ޕާރކް ކޮށްފައި އޮއްވާ ފުލުހުންނަށް ގުޅައިގެން ނުފޫޒު ބޭނުން ކޮށްގެން ކާރު އެބަ ނަގުވާ މިއީ ފުލުހުން ކުރާ ޤަވާއިދާ ޙިލާފުކަމެއް. އެންމެ ބޮޑު އެއް ޒޯން އެއީ ޓްރެކް ދަނޑުގެ ހުޅަނގު ފަޅި މަގުގައި އޮންނަ ޒޯން. އެތާގައި އުޅޭ ބައެއް މީހުންނަށް ހީވަނީ އެއީ އަމިއްލަ ބިމެއް ހެން މަގުގައި ކުރަހާފައި އޮންނަ ޒޯންވެސް. މިގޮތަށް ކަން ކުރަންޏާ ކާކަށް ކޮން އިންސާފެއްތޯ ތި ހޯދަދެނީ؟ ޤާނޫނު ހިގަނީ ވަކި އާދައިގެ ރައްޔިތު މީހާއަށް އެކަނިތޯ؟
ޕާްކިން
05 December 2025
ޕާރކް ކުރާ އިމާރާތެއް ހަދަން ހަދަން، ކުރިން ބެހެއްޓި ޕާރކިން ސިސްޓަމް ބާދަގަޑަށް. ހައްލަކީ ޓޯ ކުރުމެއް ނޫން، ނުކަތާ ވަރަށަ ރަޖިސްޓްރީ ކޮށްފައި މިކިޔަނީ ޤަވާއިދާ ޙިލާފުވަނީއޭ، ދެކަންވެސް ކުރަނީ ސަރުކާރުގެ ދެ މުއައްސަސާއިން. ޖާމިނުވާން ޖެހެނީ އާންމު ރައްޔިތުން. ދެއުޅިއެއް ދިމާ ނުވާ ގޮތަށް ކަންކޮށްފައި ސަރުކާރުން ޒިންމާތަކުން ބޯދަމައިގަންނަނީ. އިމާރާތް ކުރުމުގެ ޤަވާއިދުގައި ޕާރކިން އޮތް ޖާގަ އެހެން ގޮތަކަށް ގޭގައި ބޭނުން ކުރިޔަސް އެކަމެއް ނުފެނޭ.
ކޮރަލް
04 December 2025
މާލެ އާ ހުޅުމާލޭ ހައިވޭ ތަކުގަ 4 ފުރޮޅު އުޅަނދު ޕާކް ކޮށް ފުރާލާ ފަ އެވެ . ލޮލަށް ފެންނަނޭ އެވެ . ސައިކަލް ދުއްވާ ލައިން 4 ފުރޮޅި ލީ އުޅަނދުން ޕާކް ކޮށް ފުރާލާފަ އެވެ .
ޒޯން
04 December 2025
މައްސަލައަކީ ޓޯވެސް ކުރަނީ ބޮޑެތި މަގުތަކުގައި އެކަނި، އެތެރެ މަގުތަކުގައި ސައިކަލްތައް ވެސް ކަންމައްޗަށް ޕާކުކޮށް ހީވާނީ ކޭކެއް ވަށާ އައިސިންޖަހާފައި ހުންނަހެން
ސައު
04 December 2025
ސައިކަލް ޕާކިންގ ޒޯންއެއްގައި ކާރެއް ޕާކުކުރިޔަސް. ޓޯއެއްނުކުރޭ އެކަމަކު ސައިކަލް ޒޯންގައި ކާރުޕާކުރިއަސް އަޅައެއްނުލާ
ކަނު
05 December 2025
ކީކޭތޯ ތިކިޔަނީ؟
ޖަމަލު
04 December 2025
ފުރަތަމަ 1 އަހަރުވެ ފައިވާ ކޯންތަށް ނަގާބަލަ! ފުލުހުންނަކީ މިއަދު ކަންނެތް ބައެއް!
ހަމަދު ސަލީމް
04 December 2025
ގަވައިދާ ޚިލާފަށް ޕާރކް ކޮއްފަ އޮވެއްޖެނަމަ ޓޯ ކުރެވިދާނެ، އެކަމަކު ޓޯކުރުމުގަ ވެހިކަލަށް ލިބޭ ގެއްލުމުގެ ޒިންމާ ފުރިހަމަޔަށް ފުލުހުން ނަގަންޖެހޭނެ. ފުލުހުންނެއްކަމަކު ތިބެންޖެހޭނީ ގާނޫނުގެ ތެރޭގަ. މީހުންގެމުދަލަށް ގެއްލުމެއް ނުދެވޭނެ. ފުލުހުން ޒިންމާ ނުނަގާނަމޭ ބުނުމަކުން ބޯދަމައެއް ނުގަނެވޭނެ. ޝަރުއީ ކޯޓަކަށް މައްސަލަ ހުށައަޅައިފިނަމަ ވީ ގެއްލުމުގެ ބަދަލް ލިބޭނެ. އެއްވެސް މީހަކު މިކަހަލަ މައްސަލަތަށް ޝަރީއަތަށް ހުށަނާޅާތީ ފުލުހުން ފުއްޕަނީ.
ސަޅި
04 December 2025
މީ ފައިސާހޯދުމަށް ހިންގާ ހަރަކާތެއްކަމަށް ފެންނަނީ.ޓްރެފިކު މައްސަލަ ހައްލުކުރުމުގެ ޤާބިލްކަން ފުލުހުންގެ ކިބައިގައިނެތް.
މަގޭ
04 December 2025
މަގޭ ޕާރކް ކުރާނެ ތަނެންނުދަންކައި އެއްވެސް ވެހިކަލެއްގައި ސްޓިކާ ނުޖަހާނަން ! ސްޓިކާޖެހުން ނިމުމަކަށް މިއައީ ! ފަހަރެއްގައިވެސް ފޭލިވެފައިވާ ސިޔާސަތުތަކުން ފައިސާހޯދުމަށް ދުރާލައި ރާވައި ޓޯކު ކުރުމުގެ އުސޫލުއަށް މަގޭ ދުވަހަކުވެސް އަމަލުނުކުރާނަން ! މަށަށް ވޯޓުދީ 2023 ހުސް ގޮނޑި .
ޕާންކުޑޭ
04 December 2025
މި އަހަރު އެޗީވްކުރަން ޖެހޭ ބަޖެޓަށް ރީޗު ވެއްޖެތަ. ރިސެޓުކުރާވާހަކަ ދެއްކީއްސުރެ އަދި މައިތިރިއެއް ނުވޭ. ދެން ސްޓިކާ ޖަހަންފަށާ ބަލަ. ވަރަށް ލާރި ލިބޭނެ.