ދުނިޔެ / އިންޑިގޯ

އިންޑިގޯގެ 1،000 ފްލައިޓް ކެންސަލް، ހައްލެއް ލިބޭނީ މި މަހު 15 ހިސާބުގައި

އިންޑިއާގެ ޗެއްނާއީ އިންޓަނޭޝަނަލް އެއާޕޯޓްގައި، އިންޑިގޯގެ ފަސިންޖަރުން ނުފުރި އެއާޕޯޓްގައި އިއްޔެ ނުރުހުން ފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

05 ޑިސެމްބަރ 2025 - 20:21

އިންޑިއާގެ އެތެރޭގެ އުދުހުންތަކުގެ ތިން ބަައިކުޅަ ދެ ބައި ހިއްސާކުރާ، އެ ގައުމުގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ އިންޑިގޯއިން މިއަދު އެކަނި 1،000 ފްލައިޓް ކެންސަކޮށްފައިވާ ކަމަށް އެ އެއާލައިންގެ ސީއީއޯ ޕިއޭޓާ އެލްބާސް ވިދާޅުވެއްޖެ އެވެ.

މީގެ ހަތަރު ދުވަސް ކުރިން ފެށިގެން އިންޑިގޯގެ ފްލައިޓްތައް ކެންސަލްވެ އަދި ޑިލޭވުމުގެ މައްސަލަ ބޮޑުވެ އިންޑިއާގެ ތާރީހުގައި ވެސް ވައިގެ ދަތުރުފަތުރުގައި ދިމާވި އެންމެ ބޮޑު ހާސްކަން މިހާރު ވަނީ ކުރިމަތިވެފަ އެވެ.

ފްލައިޓް ޑިއުޓީ ޓައިމް ލިމިޓޭޝަން (އެފްޑީޓީއެލް) ނުވަތަ ޕައިލެޓުންނަށް އެންމެ ގިނައިރު ޑިއުޓީ އަދާކުރެވޭނެ ވަގުތާއި އަރާމުކުރަން ޖެހޭ ވަގުތު ކަނޑައެޅުމުގެ އާ އުސޫލަށް އަމަލުކުރުމުގައި އިންޑިއޯ ވަނީ ފެއިލްވެފަ އެވެ. އެއީ އާ އުސޫލަށް އަަމަލުކުރަން ފެށި އިރު ވެސް، ދަތުރުތަކަށް ހުއްޓުމެއް ނާންނާނެ ގޮތަށް ޑިއުޓީތައް ހެދުމާއި އެ ޑިއުޓީތަކަށް އެކަށީގެންވާ ވަރަށް މުވައްޒަފުން ހޯދާފައި ނެތުމުންނެވެ.

މި މައްސަލަ ބޮޑުވެ އިންޑިއާގައި އިންޑިގޯއާ މެދު ރުޅިވެރިކަން އުފެދި އެއާޕޯޓްތަކުގައި ފަސިންޖަރުން ރުޅިގަދަވެ ހަމަނުޖެހުން ވެސް ހިންގަމުން ދަނިކޮށް އެއާލައިންގެ ސީއީއޯ މިއަދު ދެއްކެވި ވާހަކަ އަކީ އަދި މިހާތަނަށް އެއާލައިން ރަސްމީކޮށް މި ކަމުގައި ތަފްސީލެއް ދިން ފަހަރެވެ.

ސީއީއޯ އެލްބާސް ވިދާޅުވީ އާ އުސޫލަށް އަމަލުކުރަން ފެށުމާ އެކު އޮޕަރޭޝަންތަކަށް ވަރަށް ބޮޑަށް ބުރޫ އަރާފައިވާ ކަމަށާއި މިއަދަކީ އެ މައްސަލަތައް އެންމެ ބޮޑުވި ދުވަސް ކަމަށެވެ.

"އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުން، ފާއިތުވެދިޔަ ދުވަސްތަކުގައި އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި އޮޕަރޭޝަނަލް ހުރަސްތަކެއް ކުރިމަތިވެފައިވޭ. އޭގެ ފަހުން ހާލަތު އިތުރަށް ގޯސްވަމުން ގޮސް މިއަދަކީ، ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު ކެންސަލްކުރި އަދަދު ހާހަކަށް ވުރެ މަތި. މިއީ އަޅުގަނޑުމެން ކޮންމެ ދުވަހަކު ކުރާ ދަތުރުތަކުގެ ދެ ބައިކުޅަ އެއްބައި،" އެލްބާސް ވިދާޅުވި އެވެ.

އިންޑިގޯ އިން ބުނީ ފްލައިޓް ކެންސަލް ވިޔަސް ބައެއް ފަސިންޖަރުން އެއާޕޯޓަށް ދާ ކަމަށާއި އެއާޕޯޓްތަކުގައި އިތުރަށް ތޮއްޖެހި މައްސަލަ ބޮޑުވާނެތީ އެގޮތަށް ކަންތައް ނުކުރުމަށް އެދޭ ކަމަށެވެ.

އެއާލައިންގެ ސީއީއޯ ވިދާޅުވީ މިހާރު ދިމާވެގެން އުޅޭ މައްސަލަތައް ހައްލުކޮށް، އާންމު ހާލަތުގައި ދަތުރުތައް ފަށަން އަދި ފަސް ވަރަކަށް ދުވަސް ވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އުންމީދަކީ މި މަހުގެ 15 ގައި އަލުން ހިދުމަތް ފުރިހަމައަށް ފެށުން ކަމަށާއި ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލްކުރަން ޖެހުނީ ވެސް ވީހާވެސް އަވަހަކަށް ހިދުމަތް ހަމަޔަކަށް އަޅުވަން "އާ ފެށުމަކުން ފަށަން" ކަމަށެވެ.

ސީއީއޯ ވަނީ މިހާރު ދިމާވެފައިވާ ބޮޑު މައްސަލައިގެ ސަބަބުން އުނދަގޫތައް ކުރިމަތިވި އެންމެންގެ ކިބައިން މާފަށް އެދިވަޑައިގެންފަ އެވެ.

މިކަން ގައުމީ މައްސަލައަކަށް ވެފައި ވާއިރު ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ވަނީ މައްސަލަ ތަހުގީގުކުރުމަށް ވެސް އަންގައިފަ އެވެ.

ޑީޖީސީއޭ އިން ބުނީ ފެޓީގް މެނޭޖްމަންޓް ރެގިއުލޭޝަންތައް އަޕްޑޭޓް ކުރުމަށް ފުރިހަމަ ޕްލޭނެއް އެކުލަވާލައި ތައްޔާރުވާން އިންޑިގޯ އަށް ތަކުރާރުކޮށް ހަނދާންކޮށްދީފައި ވާނެ ކަމަށާއި ނަމަވެސް، ކްރޫއިން ލިބޭނެ އަދަދު ރަނގަޅަށް އަންދާޒާކޮށް އެކަމަށް ބޭނުންވާ ތަމްރީނުތައް ދިނުމުގައި އިންޑިގޯ ފެއިލް ވެފައިވާ ކަމަށެވެ. އެ އިދާރާއިން ބުނީ ކޮންމެ ދުވަހަކު އެތައް ސަތޭކަ ފްލައިޓެއް ކެންސަލްކުރަން ޖެހުނީ މި ހާލަތަށް ތައްޔާރު ނުވުމުން ކަމަށެެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454