އައްޑޫގައި އެންމެ ފަހުން ބޭއްވި ވޯޓު ގުނުމުގެ މަސައްކަތް އީސީގެ އޮފިޝަލުން ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
07 ޑިސެމްބަރ 2025 - 13:53
އަންނަ އަހަރުގެ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތިލާ މީހުންގެ ކުށުގެ ރެކޯޑު ވަގުތު އޮއްވައި ސާފުކުރަން (އީސީ) އިން އެދިއްޖެ އެވެ.
އެ ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ، ދެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް ފަސޭހަކުރުމުގެ ގޮތުން، އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ޑޮކިއުމަންޓުތަކުގެ ތެރޭގައި ހިމެނޭ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފުރުސަތު ދުރާލާ ދޭން ބޭނުންވާ ކަމަށެވެ.
ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑު ސާފުކުރަން ޖެހެނީ އީސީގެ އިއުލާނުގައިވާ ގޮތުން، މި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް މެދުވެރިކޮށް ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑު ސާފުކުރި ފޯމު މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ބަލައިގަންނަ ކަމަށް އީސީން ބުންޏެވެ.
- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ records.judiciary.gov.mv ޕޯޓަލް އިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ބޭނުމަށް އުމުރަށް ނަގާފައިވާ ކުށާއި ދަރަނީގެ ރެކޯޑު.
- އިންތިހާބަށް ކުރިމަތިލާ މީހާގެ ކުށުގެ ރެކޯޑު ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް ސާފުކުރިކަން އަންގައިދޭ ފޯމު.
- މީރާ އަށް ފައިސާ ދެއްކުމަށް ކޯޓަކުން ހުކުމެއް ކޮށްފައިވާ ނަމަ އެ އޮތޯރިޓީން ސާފުކޮށްފައިވާ ދަރަނީގެ ރިކޯޑު.
އީސީން ބުނި ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބުގައި 226 ދާއިރާއަކުން ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށް މީހުން އިންތިހާބު ކުރާނެ އެވެ.
މި ފަހަރުގެ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ 7,000 އަށް ވުރެ ގިނަ އޮފިޝަލުން ހޯދަން އީސީން މިހާރު ވަނީ އިއުލާނު ކޮށްފަ އެވެ.
މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް 80 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އީސީން ކުރިން ވަނީ ލަފާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތަމެންދޯ
07 December 2025
ކުށުގެ ރިކޯރޑް ސާފުކުރާ ގޮތަށް ސާފުކުރަން ޖެހޭނެއޭ ތައްލީމީ ފެންވަރު އަދި އެމީހާ އަކީ ފުދިގެން އުޅޭ މީހަކަށް ވާން ޖެހޭނެއޭ ބަނޑުއަކިރިން ކައުންސިލަރުންނަށް އަތުވެއްޖެނަމަ ސަރުކާރުގެ މާލިއްޔާ އިން ކުރަނީ ވައްކަމޭ ތަމެން ޖެހޭތޭ ރަށް ޕްރޮމޯޓް ކުރަން ނަމުގައި ރާއްޖޭން ބޭރަށް ދާން މީ ބޮޑެތި ވަގުން ކުރާ ކަންކަމޭ ފުރަތަމަ ކަމަކީ ފޭސްބުކް އިންސްޓަގްރާމް އަދި ޔޫޓިއުބް ގައި ތަމެންގެ ކައްޕަޅި ރަށްތައް ޕްރޮމޯޓް ކޮށްބަލަ ރާއްޖެތެރޭ މަގުމަތީގައި ގޭ އެނދުވެސް