ދުނިޔެ / އިންޑިގޯ

އިންޑިގޯގެ ފްލައިޓްތައް ކެންސަލްކުރާތާ ހަފްތާއެއް

އިންޑިގޯގެ ފްލައިޓެއް އިންޑިއާގެ އެއާޕޯޓަކުން ފުރައިގެން ދަނީ: މިއަދުވެސް އިންޑިގޯގެ 250 އަށް ވުރެ ގިނަ ފްލައިޓް ވަނީ ކެންސަލްކޮށްފައި. -- ފޮޓޯ: އޭއެފްޕީ

08 ޑިސެމްބަރ 2025 - 12:47

އިންޑިއާގެ އެންމެ ބޮޑު އެއާލައިން، އިންޑިގޯގެ އެތައް ސަތޭކަ ފްލައިޓެއް ކެންސަލްކުރަމުން އަންނަތާ މިއަދަށް ހަފްތާއެއް ވީއިރު މިއަދު ވެސް 250 އަށް ވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފި އެވެ.

ހައިދަރުއާބާދުގެ ރަޖީވް ގާންދީ އިންޓަނޭޝަނަލް އެއާޕޯޓް (އާރްޖީއައިއޭ) ގެ އޮފިޝަލަކު ބުނީ އިންޑިގޯގެ 77 ފްލައިޓެއް އެ އެއާޕޯޓުން އެކަނި ވެސް ކެންސަލްކޮށްފައިވާ ކަމަށެވެ. އެއީ 38 އެރައިވަލް އާއި 39 ޑިޕާޗާ އެވެ.

މުމްބާއީގެ ޗަތުރަޕަތީ ޝިވާޖީ މަހާރާޖް އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް އިންޑިގޯގެ އޮޕަރޭޝަނަށް ވަނީ ބުރޫ އަރައިފަ އެވެ.

އިންޑިއާގައި މިހާތަނަށް ކުރިމަތިވި ދަތުރުފަތުގެ އެންމެ ބޮޑު މައްސަލައާ އެކު އޭވިއޭޝަން ރެގިއުލޭޓަރު ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ވަނީ އިންޑިގޯގެ ސީއީއޯ ޕީޓާ އެލްބާސް އާއި ސީއޯއޯ-އެކައުންޓަބަލް މެނޭޖަރު އިސިޑްރޯ ޕޯރްކެރަސް އަށް ޝޯކޯޒް ނޯޓިސް ފޮނުވައިފަ އެވެ. މި މައްސަލަ ދިމާވި ސަބަބުތައް މިއަދު 6:00 ގެ ކުރިން ދިނުމަށް ވަނީ އަންގައިފަ އެވެ.

ޑީޖީސީއޭ އިން ނެރުނު ނޯޓިސްގައި ބުނެފައި ވަނީ އިންޑިގޯގެ ޕްލޭނިން އާއި އޯވަސައިޓް އަދި ރިސޯސް މެނޭޖްމަންޓުގައި ބޮޑެތި މައްސަލަތައް އެބަހުރި ކަމަށާއި މައްސަލަ ދިމާވެގެން އުޅެނީ އެހެންވެ ކަމަށެވެ. އެ އެއާލައިނުން ބުނަމުންދަނީ މި މައްސަލައިގެ އަސްލަކީ ޕައިލެޓުންގެ ފްލައިޓް ޑިއުޓީ ޓައިމް ލިމިޓް (އެފްޑީޓީއެލް) އަށް ގެނައި ބަދަލުތައް ކަމަށެވެ.

އެފްޑީޓީއެލް ނުވަތަ ޕައިލެޓުންނަށް އެންމެ ގިނައިރު ޑިއުޓީ އަދާކުރެވޭނެ ވަގުތާއި އަރާމުކުރަން ޖެހޭ ވަގުތު ކަނޑައެޅުމުގެ އާ އުސޫލަށް އަމަލުކުރުމުގައި އިންޑިއޯ ވަނީ ފެއިލްވެފަ އެވެ. އެއީ އާ އުސޫލަށް އަަމަލުކުރަން ފެށި އިރު ވެސް، ދަތުރުތަކަށް ހުއްޓުމެއް ނާންނާނެ ގޮތަށް ޑިއުޓީތައް ހެދުމާއި އެ ޑިއުޓީތަކަށް އެކަށީގެންވާ ވަރަށް މުވައްޒަފުން ހޯދިފައެއް ނުވެ އެވެ.

ޑީޖީސީއޭ އިން ވަނީ އާ އުސޫލަށް އަމަލުކުރުން ފަސްކޮށްދީ އިންޑިގޯ އިން މި މައްސަލައިން އަރައިގަތުމަށް މަސައްކަތް ކުރަމުން އަންނައިރު ޕައިލެޓް އޯގަނައިޒޭޝަންތަކުން ވެސް އެއްބާރުލުން ދިނުމަށް އެދިފަ އެވެ.

ޑީޖީސީއޭ އިން ބުނީ މޫސުމަށް އަންނަ ކުއްލި ބަދަލުތަކާއި، ޗުއްޓީ ދުވަސްވަރާ ދިމާވެ ފަސިންޖަރުންގެ އަދަދު އިތުރުވުމުގެ ސަބަބުން އެއާލައިންގެ އޮޕަރޭޝަންތަކަށް ޕްރެޝަރު ބޮޑުވެފައިވާ ކަމަށެވެ. މި ދުވަސްވަރު ޖައްވު ނުސާފުވުން ފަދަ ކަންކަމާ ހެދި މައްސަލަ އިތުރަށް ގޯސްވެދާނެ ކަމަށެވެ.

އެއާލައިންގެ ސީއީއޯ ވިދާޅުވީ މިހާރު ދިމާވެގެން އުޅޭ މައްސަލަތައް ހައްލުކޮށް، އާންމު ހާލަތުގައި ދަތުރުތައް ފަށަން އަދި ފަސް ވަރަކަށް ދުވަސް ވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އުންމީދަކީ މި މަހުގެ 15 ގައި އަލުން ހިދުމަތް ފުރިހަމައަށް ފެށުން ކަމަށާއި ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލްކުރަން ޖެހުނީ ވެސް ވީހާވެސް އަވަހަކަށް ހިދުމަތް ހަމަޔަކަށް އަޅުވަން "އާ ފެށުމަކުން ފަށަން" ކަމަށެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454