ސޮބާހް: ކަރެކްޝަންސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް އޭނާ ވަނީ އައްޔަން ކުރައްވާފައި --- ފޮޓޯ/ކަރެކްޝަންސް
09 ޑިސެމްބަރ 2025 - 21:13
ކަރެކްޝަނަލް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް އާ ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.
ކަރެކްޝަންސްއިން ބުނީ އެ އިދާރާގެ ޑެޕިއުޓީ ސުޕްރިޓެންޑެންޓް އޮފް ޕްރިޒަންސްގެ މަގާމުގައި ހުންނެވި އަހުމަދު ސޮބާހު ޑެޕިއުޓީ ކޮމިޝަނަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ ކަމަށެވެ.
ސޮބާހު ވަނީ ކަރެކްޝަނަލް ސާވިސް އަށް 21 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިފަ އެވެ.
ޖަލުތައް ބަލަހައްޓާ އެ އިދާރާގެ ޑެޕިއުޓީ ކޮމިޝަނަރަކަށް އެންމެ ފަހުން ހުންނެވީ އިބްރާހިމް މުހައްމަދު ދީދީ އެވެ. ނަމަވެސް ކަރެކްޝަންސް އަށް ވިއްސަކަށް އަހަރު ހިދުމަތް ކުރެއްވުމަށްފަހު، މިދިޔަ މަހުގެ 26 ގައި އޭނާ ވަނީ އެ މަގާމުން ރިޓަޔާ ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިބްރާހިމްދީދީ
10 December 2025
އުޅެން ދަސްކޮށްފަހުރި ސޮރެއް މީ. އެމްޑީޕީ ސަރުކާރުގެ އެމީހުންނަށް ސަނާކިޔާފަ، ޔާމީނު ސަރުކާރުގަ ޕީޕީއެމް އަށް، މިހާރު މުޢިއްޒުއަށް. ހަމަ ފައްކާ ބޯވައެއް. ކަރެކްޝަންގެ ޒަމާން ދިޔައީތިޔަ. އެތަށް މުވައްޒަފަކަށް އަނިޔާ ދީފަ އަދި ދެމުންދާ މީހަކު ލައިގެން ވަކި ހެވެއް ވާނެ؟ މިސޮރަށް އޮފިސަރުން ކިޔާ ނަމެެއްވެސް އޮވޭ، އައްމައްޗީ…ޗީ…
ލުޤްމާން
10 December 2025
ކީއްކުރާނީ. ދައކްވަން ހުރިތަނެއް ދައްކަބާފަ ގެންދަވާނީ. މގަމުތަކަށް މީހުން އައްޔަންކުރުމުގެ ކުރިން އެމީހުންގެ އިންޓެގުރިޓީ އަދި ގުޅުންހުރި މައްސަލަތަށް ބަލާލާނަމަ ދޯ
ނަޒީން
10 December 2025
ތިމަރަ މުސްތަފާ ވަރަށް އުފާވާނެ! މުސްތޮ ކޮއްކޮއަށް މިވަރު މަގާމު ދިނުމުން
ޅިޔަނުބެ
09 December 2025
ތިނޫން މީހަކު ސަރުކާރަށް ނުފެނުނީތަ ފަހެ. ދެންހުރިވާހަކަ މަށެއް ނުދައްކާނަން