އައިޕީޔޫގެ ބައްދަލުވުމެއްގައި ރިފާއު ބައިވެރިވެވަޑައިގަންނަވަނީ
02 އެޕްރީލް 2017 - 14:00
އިންޓަ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ ޒުވާނުންގެ ބޯޑު މެމްބަރު ކަމަށް މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ހޮވިވަޑައިގެންފި އެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ތިއްބެވި 45 އަހަރުން ދަށުގެ މެމްބަރުންނަށް ވާދަކުރެވޭ ބޯޑަށް ރިފާއު ހޮވިވަޑައިގެންނެވީ ވޯޓުގައި ބައިވެރިވި 18 ގައުމުގެ ތެރެއިން 12 ގައުމުގެ ވޯޓާ އެކުގަ އެވެ. ބަންގްލަދޭޝްގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި ރިފާއު މި ބޯޑަށް އިންތިހާބުވެވަޑައިގެންނެވީ ދެ އަހަރުގެ މުއްދަތަކަށެވެ.
ރިފާއުއާ ވާދަކުރެއްވީ އިރާނާއި މޮންގޯލިއާގެ ކެންޑިޑޭޓުންނެވެ. މިއީ ރާއްޖޭގެ މަޖިލިހުގެ މެމްބަރަކު އައިޕީޔޫގެ ބޯޑު މެމްބަރަކަށް އިންތިހާބުވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
އަށް މެމްބަރުން ތިއްބަވާ އައިޕީޔޫގެ ޒުވާން ބޯޑަށް ރިފާއުގެ އިތުރުން މިފަހަރު އިންޑޮނޭޝިއާގެ މެމްބަރަކު ވެސް އިންތިހާބުވެވަޑައިގެންނެވި އެވެ.
މީގެ ކުރިން، 2014 ގައި މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އެ ބޯޑު މެމްބަރު ކަމަށް ވާދަކުރެއްވި އެވެ. ނަމަވެސް ހޮވިވަޑައެއް ނުގެންނެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީވަހީދު
03 April 2017
ޕީޕީއެމް މެންބަރު ރިފާއު (ބޮޗޭ) ތިހޯއްދެވިކާމިޔާބަށް ފަށްފަށުން ސުކުރުދަންނަވަން ރިފާއުގެ ތިދެއަހަރުގެ ދައުރުގައި ދިވެހިރާއްޖެއަށް ކުރިއެރުމާއި ކުރިއެރުން ހޯއްދަވައި ދެއްވުންއެދެން ސުކުރިއްޔާ ރިފާއު
ރަދީފް
03 April 2017
މީހަކަށް ލިބޭ ކުރިއެރުމަށް ހަސަދަވެރިނުވުމަށް ހުރިހާ ބޭފުޅުންނަށް ނަސޭހަތްތެރިވަން. ބޮޗޭގެ ކާމިޔާބީއަށް މަރުހަބާ.
ދޮން އާމިރު
03 April 2017
ތީދެން އެއްވެސް ބައެއްނޫނެވެ..
ޗޮކޯ
03 April 2017
ތިފަދަ ގޮނޑިން ުގެނެންވީ ދަރުސު. ހިއްސާބާޒާރުފަދައިން ޕާޓީ ޓިކެޓުގަ ހޮވޭ މެމބަރުން ވިކޭތޯ...!.
ގަމާރު
03 April 2017
ކީކޭ ބާ ބުނަން ތި އުޅަނީ؟
Mishy
03 April 2017
އައި ނޯ ހިމް...
ދޮންބެ
03 April 2017
ސާބަސް!
ޗިކުސް
02 April 2017
މަރްހަބާ. މަހްލޫފް އާއި މާރިޔާ އަށް ނުދެވުނު ހިސާބަކަށް ދެވުނީމަ ވަރަށް ބޮޑު ކުރި އެރުމެއްތީ. ދެންވެސް ބައެއްމީހުންނަށް ސަނާ ނުކިޔާ ، ރައްޔިތުންނަށް ލާބަޔާ މަންފާޔަށް މަސައްކައްކުރަމާ މުސްތަގްބަލްގަ ތި އައްވުރެ ކުރި އައްދެވޭނެ ކަމާމެދު އެއްވެސް ޝައްކެތް ނުކުރަން.
ހާސަރު
02 April 2017
މަރްހަބާ ބޮޗޭ. ދެންވެސް މިހާރު ތިއުޅޭ ޑިމޮކްރެސީ އާއި ބީރައްޓެހި ގޮތް ދޫކޮށް ގައުމުއިސްކޮށްބަލަ. ތިޔައީ ޒުވާނެއް ތިޔަފަދަ ޒުވާނުންގެ ކިބައިން ގައުމު އެދެނީ އަމިއްލަ އެދުން ދޫކޮށް އެންމެހާ ޒުވާނުންނަށް ގައުމުން ލާބައާއި މަންފާލިބޭގޮތްވުން.
ބޮޗޭ22
02 April 2017
މާލޭ މުނިސިޕަލްޓީ ދަފްތަރުގައި ތިބި މާފައްނު ދެކުނު އަވަށުގައި ދިރިއުޅޭ ރާއްޖެތެރޭ މީހުން ރިފާއު އަށް ވޯޓްދިނީ ސޯޝަލް ހައުސިން ސްކީމުން އެމީހުންނަށް ހައުސިން ގެ ފިރުސަތު އަވަސް މުއްދަތެއްގެ ތެރޭގައި ހަމަޖައްސަވާނެކަމަށް ވައުދުވުމުން. އެކަމަކު މީހާރު ތިވިދާޅުވަނީ ފްލެޓް ޖެހޭނީ ގައްނަންށޭ.އެހެންވީމާ ތިކަހަލަ ދޮގު ނުހަދާ އިސްތިއުފާ ދިނުމަށް ގޮވާލަން.
އޯއޭ
02 April 2017
އައިޕޫގެ ކުޑަކުދިންގެ ގޮފީގެ މެންބަރަކަށް ހޮވުނުކަމަށްޓަކާއި ބޮޗޭއަށް މަރުހަބާ
ހުސެން
02 April 2017
ބޮޗޭ އަށް ހޫނު މަރުޚަބާ އެއް. ޔޫ ޑިޒާވް އިޓް ވެލް. އަދި ޢަބްދުލްޙަމީދު ޒަކަރިއްޔާ ތިޔަ ކޮށްދެއްވި މަސައްކަތްޕުޅަށްޓަކާ ވެސް ޙަމީދަށް ޝުކުރިއްޔާ!