ސީޝެލްސްގެ ކުރީގެ ރައީސް ވަވެލް ރަމްކަލާވަން: ގަތަރު ބަޔަކަށް ރަށެއް ދިން މައްސަލައިގައި އޭނާގެ މައްސަލަ ބަލަން ވަނީ ނިންމާފައި.
12 ޑިސެމްބަރ 2025 - 20:54
ސީޝެލްގެ ކުރީގެ ރައީސް ވަވެލް ރަމްކަލާވަން 2023 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުގައި ގަތަރުގެ ބަޔަކާ ބައްދަލުކުރައްވައި ސީޝެލްގެ "އެސޮމްޕްޝަން އައިލެންޑް" ވިއްކާލުމަށް ހެދި ކަމަށް ބުނާ ޑީލެއްގެ މައްސަލަ ބަލަން އިންކުއަރީ ކޮމިޝަނެއް ހަދައިފި އެވެ.
އިންކުއަރީ ކޮމިޝަން ހެދުމާ ގުޅިގެން ރަމްކަލަވަން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ ކޮމިޝަނަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. ހާމަކަން ބޮޑު ގޮތެއްގައި، އާންމުންނަށް ވަގުތުން ފެންނަ ގޮތަށް އިންކުއަރީގެ ތަހުގީގުތަކަށް ހާޒިރުވެ ވަޑައިގެން ޖަވާބުދާރީ ވުމުގެ ފުރުސަތު ދެއްވުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
ރަމްކަލާވަން ވިދާޅުވީ އޭނާ 2023 ވަނަ އަހަރުގެ ޖޫން 11-14 އަށް ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުގައި ގަތަރުގެ އިންވެސްޓަރުންނާ ބައްދަލުކުރައްވައި ރަށުގެ ކަންކަމުގައި މަޝްވަރާކުރެއްވި ކަމަށް އޮތް ތުހުމަތު ވެސް ކޮމިޝަނުން ބަލަން ނިންމާފައި ވާތީ އެކަމުގެ ތަފްސީލް ވެސް ދެއްވާނެ ކަމަށެވެ. އެ ދަތުރާ ބެހޭ ހުރިހާ މައުލޫމާތެއް ހާމަކުރައްވާނެ ކަމަށާއި އެކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީގައި ހުރި މައުލޫމާތު ވެސް ހާމަކޮށް އެ މިނިސްޓްރީން ވެސް އެއްބާރުލުން ދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ސީޝެލްސްގެ ރައީސް ޕެޓްރިކް ހާމިނީ: އެސޮމްޕްޝަން އައިލެންޑުގެ މައްސަލަ ބަލަން ނިންމައި އެކަމަށް ވަނީ ކޮމިޝަނެއް އެކުލަވާލައްވާފައި.
ނާޒުކު ތިމާވެއްޓެއް އޮންނަ އަދި ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ނުފެންނަ އެތައް ދިރުމެއް ފެންނަ ރަށުގައި މަތީ ފެންވަރުގެ ރިސޯޓެއް ތަރައްގީކުރުމުގެ މައްސަލަ އަކީ މިދިޔަ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު ވެރިކަމާ ހަވާލުވެ ވަޑައިގަތް ޕެޓްރިކް ހާމިނީ އިންތިހާބަށް ކެމްޕެއިން ކުރެއްވި އިރު އެންމެ ބޮޑަށް ނެންގެވި އެއް މައްސަލަ އެވެ. ކުރީގެ ރައީސް ރަމްކަލަވަންގެ މައްޗަށް ދެ ވަނަ ބުރުގައި 52.7 ޕަސެންޓުގެ ވޯޓުން ކާމިޔާބު ހޯއްދެވުމުގައި ހާމިނީގެ އެންމެ ވަރުގަދަ އެއް ހަތިޔާރަކަށް ހެއްދެވީ ވެސް މި ރަށުގެ މައްސަލަ އެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި އެ ރަށުގެ ޑީލުން ސީޝެލްއަށް ލިބުނީ "ޕީނަސްޓް" އެވެ. އިންތިހާބު ކާމިޔާބުކުރައްވައި ވެރިކަމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ވެސް އޭނާ ވަނީ ޕްރޮޖެކްޓް ހުއްޓުވާނެ ކަމަށް ވިދާޅުވެފަ އެވެ.
ސީޝެލްސްގެ އަލްޑަބްރާ އަތޮޅުގައި އޮންނަ އެސޮމްޕްޝަން އައިލެންޑަކީ ދުނިޔޭގެ އެއްވެސް ހިސާބަކުން ނުފެންނަ 400 އަށް ވުރެ ގިނަ ދިރުމުގެ މަންޒިލެކެވެ.
ސީޝެލްސްގެ އެސޮމްޕްޝަން އައިލެންޑް
މެދުއިރުމަތީގެ އިންވެސްޓްމަންޓް ކުންފުންޏެއް ކަމަށްވާ އެސެޓްސް ގްރޫޕް މެދުވެރިކޮށް ގަތަރުން ދަނީ ސީޝެލްސްގެ މައި ރަށް މާހޭގެ ހުޅަނގު ދެކުނުން 1،140 ކިލޯމީޓަރު ދުރުގައި އޮންނަ އެސޮމްޕްޝަން އައިލެންޑްގައި 40 ލަގްޒަރީ ވިލާ އިމާރާތް ކުރަމުންނެވެ. އަދި އެގްޒެކެޓިވް ޖެޓްތައް ބެހެއްޓުމަށް އެއާ ސްޓްރިޕް ވެސް ވަނީ އަލުން ހަދައިފަ އެވެ.
ރަމްކަލާވަން ވަނީ މިއީ ސީޝެލްސްއަށް ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމުން މުހިންމުވެފައި ވާތީ ގައުމުގެ މަންފާއަށް ހެއްދެވި ޑީލެއް ކަމަށް ވިދާޅުވެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ. މި އެއްބަސްވުމުގެ ދަށުން ގަތަރުގެ ކުންފުންޏަށް އެ ރަށް 70 އަހަރަށް ކުއްޔަށް ދޫކޮށްފައިވަނީ 20 މިލިއަން ޑޮލަރު (15 މިލިއަން ޕައުންޑް) ގެ ޑައުންޕޭމަންޓާ އެކު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނާހަމަތެދެއްތަ
14 December 2025
އިބުރާހީމު ހެދިކަހަލަ ޑީލެއް ދޯ. އަދިކިރިޔާ ރޭކާލީ؟
ބަހަބޯތަކުރުގެއަލިފުޅުބޭ
13 December 2025
މިކަހަލަ ކޮރޮޕްސަނެއް ފަސާދައެއް ޑީލެއް ހިންގަން ވެއްޖެނަމަ ދުނިޔޭގެ ކޮންމެދިމާލަކުން ކޮންމަފަދަ މީހަކުވެސް ބުއްރޫސްއަޅާފަ މިއަންނަނީ ރާއްޖެއަށް. ރާއްޖޭގައި މިކަމުގެ ހުނަރާއި ތަޖުރިބާ ހުރިވަރު ތަސައްވަރު އެބަކުރެވޭތާ.
އަބްޑޫޅް +
14 December 2025
ލަނޑާޔާ ވާނީ ލަނޑާ. ހުއިފިލަނޑާޔާ ވާނީ ހުއިފިލަނޑާ.
މާކޮސް
13 December 2025
އަންނަނީ ކުރަން ވިއްޔަ ދެން އެންމެ ފަސޭހައިން އެއްމެ އަވަހަށް ކުރެވޭނީ އެއްމެ ފައިދާ ބޮޑު ވީހާވެސް ރަނގަޅަކަށް ކުރަން އެނގި ދަސްވެފައިވާ ކަމެއްތާއެވެ. ސިޔާސީންގެ ސިޔާސި ދިވެހިންނަށް މާ ބޮޑަށްވެސް އެނގޭނެއެވެ
ހަނދަން
13 December 2025
ސީސެލް އާއި ފޯޅަވެއްސަކީ ސީދާ ދެވެހިރާއްޖޭގެ ރަށްތަށް. ރައީސް ޑރ.މުއީޒް ވެރިކަމަށް ވަޑައިގަތީ އަނބުރާ މިރަށްތަށް ހޯދަދޭނެ ކަމުގަ ވައުދުފުޅުގެ މައްޗަށް. އުންމީދު ކުރަން އެމަނިކްފާންގެ ދައުރު ނިމުމުގެ ކުރިން ފޯޅަވައްސާ ސީސެލް ރާއްޖޭގެ އިހްތިސޯސް ތެރެއަށް ރުޖޫއްއަކުރަށްވާނެކަމަށް.
ޑެބީ
14 December 2025
އިންޑިއާ އަދި ލަންކާވެސް
މަލިކުކުއްޖާ
14 December 2025
ނަސީބެއް މަލިކު ގެ ވާހަކަ ނެތްކަން. އެއީ ގައިމު ދިވެހި ބަހުން ލިޔެ ކިޔާ އަދި ވާހަކަ ދައްކާ މީހުން އުޅޭ ރަށެއް. ދިވެހި އާއިލާތައް ވެސް އޮވޭމެ. އެކަމަކު ނަމަނަމަ މަލިކު ހޯދާ ވާހަކަ ނުދައްކާތި.
މަބުނީ
12 December 2025
20މލިއަނަށް ތިޔައީ ހަމަ ހިލޭ ދިނުން.
ޑީލްބޭ
13 December 2025
ދިވެހިރާއްޖޭގައި ތިން ހަތަރު މިލިއަަނަށް 99 އަހަރަށް ދެނީ. 20 މިލިއަން ވީމަ ބޮޑު ތަނުންވެސް ރަގަޅު.
ޙަބީބު.
13 December 2025
ކޮއްކޯ ޑައުންޕޭމަންޓް ވިހިމިލިޔަން ޑޮލަރު
ޤަބޯން
14 December 2025
ޑައުންޕޭމަންޓް ކުޑަވީމަ އެހެން ޕޭމަންޓްތައްވެސް ނިސްބަތުން ވާނީ ހަމަ ކުޑަ.
ފުއްޕާހަން
12 December 2025
ސީސެލްސް ހީވަނީ ހަމަ އަހަރެމެންގެ ސީސޯހެން. ދެން ސުވާލަކީ އަހަރެމެންގެ ވެރިން މިކަހަލަ ކިތައްކިތައް ޖަރީމާ ހިންގާފައި އޮންނާނެބަައޭ.