ހުޅުމާލޭގައި ހަދަމުން އަންނަ ރާއްޖޭގައި އަމިއްލަ ފަރާތަކުން ހަދާ އެންމެ ބޮޑު ހޮސްޕިޓަލް، ޓްރީ ޓޮޕް ހޮސްޕިޓަލް: މިތަން މިއަހަރުގެ އޮގަސްޓް މަހު ހުޅުވަން ދަނީ މަސައްކަތްކުރަމުން---ފޮޓޯ: ހުސައިން ވަހީދު/މިހާރު
02 އެޕްރީލް 2017 - 21:26
ހުޅުމާލޭގައި އަލަށް ހަދާ އެންމެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލުގެ މަސައްކަތް ކުރިޔަށްދާ ސްޕީޑް ލަސް ކަމަށާއި އެހެންވެ ކުރިން ލަފާކުރި މުއްދަތަށް ވުރެ ހުޅުވުން ތިން މަހެއްހާ ދުވަސް ލަސްވެދާނެ ކަމަށް ޓްރީ ޓޮޕް އިންވެސްޓްމަންޓުން މިއަދު ބުނެފި އެވެ.
ޓްރީޓޮޕް އިންވެސްޓްމަންޓުން ކުރިން ބުނެފައި ވަނީ މި އަހަރުގެ މެދެއްހާ ތަނުގައި އެ ހޮސްޕިޓަލުގެ ހިދުމަތް ދޭން ފެށޭވަރުވާނެ ކަމަށެވެ. ނަމަވެސް މިހާރު އެ ކުންފުނިން ލަފާކުރަނީ ހޮސްޕިޓަލް ހުޅުވޭވަރުވާނީ އަންނަ އޯގަސްޓް މަހުގެ ތެރޭގައި ކަމަށެވެ.
ހޮސްޕިޓަލްގެ މަސައްކަތް ކުރިޔަށްދާ ގޮތް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމަށް ދައްކާލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އެ ކުންފުނީގެ ޑިރެކްޓަރު އަހުމަދު ސަލީމް ވިދާޅުވީ އެ ކުންފުނީގެ ބޭނުމަކީ ސިންގަޕޫރުގައި ހުރި ހޮސްޕިޓަލްތަކަށް ވުރެ ވެސް ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ތަރައްގީކޮށް، ހިދުމަތް ދިނުން ކަމަށެވެ.
ހުޅުމާލޭގައި ހަދާ ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށް ދާގޮތް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ބައްލަވާލައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
"އަޅުގަނޑުމެން ޔަގީންކޮށްދޭން ބޭނުން ވަނީ އަޅުގަނޑުމެން ހުޅުވާއިރު މިއީ ސައުތު އީސްޓް އޭޝިއާއެއް ނޫން އީސްޓް އޭޝިއާގައި ވެސް އެގްޒާމްޕަލް ހޮސްޕިޓަލަކަށް ވާނެ ފެސިލިޓީގެ ގޮތުން. އެއީ އަޅުގަނޑުމެންގެ ކުންފުނިން ކުރާ ވަރަށް ބޮޑު އުއްމީދެއް. ރައްޔިތުންނަށް ވަރަށް ބޮޑު ހެޔޮކަމެއް ލިބޭނެ ކަމަށް އުއްމީދުކޮށްގެން ކުރާ މަސައްކަތެއް މިއީ،" ހޮސްޕިޓަލްގައި ހުންނަވައިގެން ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހޮސްޕިޓަލްގެ މަސައްކަތް ނިންމައި ހަވާލުކުރެވޭނެ ދުވަހެއް ކަނޑައަޅަން ކޮންޓްރެކްޓަރު، ތުރުކީގެ ޓާމާކްސްއާ މިހާރު މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި އެތަން މެނޭޖްކުރާ ކުންފުންޏާ ހަވާލުކުރެވޭނީ މަސައްކަތް ނިންމާތާ ތިން މަހެއްހާ ދުވަހުގެ ތެރޭގައި ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
"މެނޭޖްމަންޓް ކުންފުނިން ބޭނުންވާނެ މިތަނުގައި ހުރި ސިސްޓަމްތައް ޗެކްކޮށް ރަނގަޅަށް މަސައްކަތްކުރޭތޯ ބަލަން. އެހެންވެ ލަފާކުރަނީ އޯގަސްޓް ހިސާބުގައި ހުޅުވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ އެ ހޮސްޕިޓަލަށް ބޭނުންވާ ޑޮކްޓަރުންނާއި އެހެނިހެން މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުމެއް ނުވޭ ސަރުކާރުގެ އެއްވެސް ހޮސްޕިޓަލަކުން މުވައްޒަފުން ގެންނާކަށް. އެހެން ހަދައިފި ނަމަ ސަރުކާރުގެ ހޮސްޕިޓަލްތަކުގެ ފެންވަރު ދަށްވެގެންދާނީ. އެހެންވެ މިހާރު ރެކްރޫޓްކުރަން ފަށައިފިން،" ސަލީމް ވިދާޅުވި އެވެ.
ހުޅުމާލޭގައި ބިނާކުރެވޭ ޓްރީ ޓޮޕް ހޮސްޕިޓަލްގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައި..---ފޮޓޯ: ހުސައިން ވަހީދު/މިހާރު
އޭނާ ވިދާޅުވީ އެ ހޮސްޕިޓަލުގައި ބައިޕާސް އޮޕަރޭޝަން ހެދުމަށް މިހާރު އޮސްޓްރިއާގެ ތަޖުރިބާކާރު ޑޮކްޓަރަކު ވެސް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެއީ ހޯދަން އެންމެ އުނދަގޫވި އެއް ޑޮކްޓަރުކަން ވެސް ސަލީމް ފާހަގަކުރެއްވި އެވެ.
"އަންނަ ހަފުތާގައި އޭނާ ރާއްޖެ އަންނާނެ. އެހެންވީމަ އެއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް،" އޭނާ ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ އެ ކުންފުނިން މަސައްކަތްކުރަނީ އެ ހޮސްޕިޓަލް ހިންގައިގެން ފައިދާ ހޯދަން ނޫން ކަމަށެވެ. އެހެންވެ ރައްޔިތުންނަށް ދޭ ހަދިޔާއެއްގެ ގޮތުގައި އެކަަށީގެންވާ ރަނގަޅު އަގުތަކެއްގައި ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހޮސްޕިޓަލްގައި މިހާރު ކުރަމުން އަންނަ މަސައްކަތްތައް ބައްލަވާލެއްވުމަށް ފަހު ހެލްތު މިނިސްޓަރު ވިދާޅުވީ އެ ހޮސްޕިޓަލް ވެގެންދާނީ ރާއްޖޭގެ ސިއްހީ ނިޒާމަށް ވަރަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ތަނަކަށް ކަމަށެވެ. އަދި އެތަން ބައްލަވާލެއްވުމުން ފެނިވަޑައިގެންނެވީ ވަރަށް އުފާވެރި މަންޒަރުތަކެއް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
"އެންމެ ޒަމާނީ ޓެކްނޮލޮޖީ ގާއިމުވެފައި ހުރި އެންމެ ފަހުގެ މެޝިނަރީޒްތައް ގެނެވިފައި ހުރި ހޮސްޕިޓަލެއް ނިމިގެންދާތަން އަޅުގަނޑަށް ފެނުނީ. ވަރަށް ހިތްގައިމު،" މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
GAN Island
03 April 2017
ތިޔަ ކުންފުނީގެ ޑިރެކްޓަރ ބޯޑް މެންބަރަކަށް އިންނެވި ބޭންކަކުންތޯ ހޮސްޕިޓަލް އިމާރާތް ކުރެއްވުމަށް 40 މިލިޔަން ޑޮލަރުގެ ލޯން ދޫކޮށްފައިވަނީ ؟؟ !!
ގަޅި އައިލެންޑު
03 April 2017
ލޯނަކީ ކިހިނަކުން ކާކު ދޫކުރާ އެއްޗެއްކަން އެނގޭތަ އަޅެ ފަހެ؟ ކޮމެންޓު ކޮށްގެން ތިމާގެ ގަޅިކަން މުޅި ދުނިޔެއަށް ހާމަ ނުވެގެން އުޅޭހެން ހީވާކަހަލަ.
ޚިޔާލް123
03 April 2017
ތިޔަވިދާޅުވާ ގޮތަށް ތިޔަތަން އޮޕަރޭޓް ކުރެވިއްޖިއްޔާ ކިތަންމެހައިވެސް ރަގަނޅު، މިވީހައި ތަނަށް ހުޅުވިތަންތަނަށް ވީގޮތަކީ، ހުޅުވައި ދުވަސްކޮޅަކުން ސަރވިސްތަށް ހަމަ އެންމެ އައިދައިގެ ތަންތަނަށް ވެގެންދަނީ، ދެންބުނަނީ ޑިމާންޑާ އެއްވަރަށޭ ކަންކަން ކުރެވޭނީ ހަމަ އެއުސޫލުން ޓްރީތޮޕަށްވެސް ވަނީ މިހެންކަންނޭގެ،
ބޮޑު މޮޔަ
03 April 2017
މި ޤައުމުގަ ހުޅުވަން އޮންނަ ދުވަހަށް ތަންތަން ނުހުޅުވުން އެއި ޢާއްމު ކަމެއް ހަދާ ނިމިފައިހުރި އެތަށް ފްލެޓެއް ރައްޔިތުންނާ ޙަވާލުނުކޮށް ހިރަފުސް އަރުވަން ބެހެއްޓުން ފަދަ އެތަށް ކަމެއް މިޤައުމުގަ ހިނގާ
ހުސޭނުބެ
03 April 2017
މައިތިރިވޭ!! ކަލޯ!!
މެންޓަލް ކޭސް
03 April 2017
މިހާރު ދެން ގާތްގަޑަކަށް ލިޓްލް ސިންގަޕޯރއަށް މިވީ، މައުންޓް އެލިޒަބެތު ހޮސްޕިޓަލަށް ވުރެވެސް ފެންވަރު ރަންގަޅު ވާނެކަމަށް އުއްމީދު މިކުރަނީ، އެއީ ވަރަށް ގިނަ ދިވެހި މަހުޖަނުން ބޭސްކުރަން ދާ ހޮސްޕިޓަލެއް، ދިސް އިސް ޖަސްޓް އައުސަމް ނިއުސް، ވީ ހޭވް ބީން ވެއިޓިންގް ފޯ ދިސް ފޯ އަ ލޯންގް ޓައިމް
Mishy
03 April 2017
މާލެ ސަރަހައްދު ތޮއްޖެއްސުމުގެ އާ ބާބެއް...އަޅެ ތި މީހުން ބިރުގަންނަނީތަ ބޮޑެތި ބިންއޮތް ރަށްރަށުގައި ތި ފަދަ މަޝްރޫއުތައް ހިންގަން...
ޢަލީ
03 April 2017
ދޮންކަލޯ ވިޔަފާރިއަކީ އެ ވިޔަފާރި ކުރެވެން އޮތްތަނެއްގައި ކުރުން. ލ.ގަމުގަ ތި ހޮސްޕިޓަލު އަޅައިގެން ކޮންބައެއް ދާނީ. އެންމެ ފުރަތަމަ ލިންކް ރޯޑެއް ތަރައްޤި ކުރެވުނީ އައްޑޫގަ. އެންމެދެރަވެގެން އެއަތޮޅު މީހުންވެސް މިތިބީ މާލޭގަ. އެމަގު ހަލާކުވެދަނީ. މިއިން ބޭފުޅަކު އެރަށު މަގުގަ ދުއްވިކަމެއް ނޭނގޭ. އެއީ ދުނިޔޭގެ އާދަ. ދެރަނުވޭ. މިތަން ފުރިގެން ދެންއޮތްފަޅުވެސް ހިއްކާނެ އެތަން ފުރިގެން މަޑުމަޑުން މީހުންތައް ދާނެ. ތި ރަށްރަށް ހިމެނޭނީ ރިސޯޓްތަކުގެ ގޮތުގަ.
ހަދިޔާ
03 April 2017
ސަލީމް ވިދާޅުވީ އެ ކުންފުނިން މަސައްކަތްކުރަނީ އެ ހޮސްޕިޓަލް ހިންގައިގެން ފައިދާ ހޯދަން ނޫން ކަމަށެވެ. އެހެންވެ ރައްޔިތުންނަށް ދޭ ހަދިޔާއެއްގެ ގޮތުގައި އެކަަށީގެންވާ ރަނގަޅު އަގުތަކެއްގައި ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ފެނަކައިން ކަރަންޓުގެ ހިދުމަތްވެސް ފައިދާ ނުހޯދާ ރައްޔިތުންނަށް ދޭ ހަދިޔާއެއްގެ ގޮތުގައި ބޮޑުއަގުގައި ފޯރުކޮށްދޭ
އަހުމަދު
03 April 2017
މި ހޮސްޕިޓަލަކީ ބޭންކް އޮފް މޯލްޑިވްސްއިން ބޮޑު ލޯނެއް ނަގައިގެން ކުރާ މަސައްކަތެކެވެ، މި ލޯނުގެ ސަބަބުން ރައްޔިތުންނަ ލިބޭންވާ ލޯނަށް އުދަގޫ ތަކެއް އެބަވެއެވެ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މަދުވެގެން 1 ބިލިއަން ދިވެހި ރުފިޔާ ލޯނެކެވެ. ބޭރުގެ އިންވެސްޓަރުން ގެނާ ފައިސާ ކޮބައި ތޯ ؟؟؟ މިގައުމަށް ބޭނުންވަނީ ބޭރުން ފައިސާ ހޯދުމެވެ. މިގައުމުގެ ނިކަމެތި ރައްޔިތުންނަ ދޭން ހުރި ފައިސާކޮޅު ނުނަގާށެވެ. މީ ވެސް ބޭރުގެ އިންވެސްޓްމަންޓް އެއްތޯ ؟
އެހާރާއި މިހާރު
03 April 2017
ގައުމަށް ބޭރުން ފައިސާ ބޭނުންވާ ނަމަ ބޭރުން ގެންނަ އިންވެސްޓަރުންނަށް ބިރުދައްކާ ފޮނުވައެއް ނުލާނެ. މިދައްކަނީ ދެ ސަރުކާރުގެ ވެސް ވާހަކަ. ދެޕާޓީގެ ވެސް ވާހަކަ
މިލިޓަރީ
03 April 2017
ޔާމިންގެ ޕުލޭން ވަރައް ސާފު.
ސޮކްތެރެޕީ
03 April 2017
ޔާމިންބުނި މިރާއްޖޭގެ ސިހްހީދާއިރާ ރަގަޅު ކުރާނަމޭ މިފެންނަނީ މިކަމުގެ ހެއްކެއް.
ނާޒިމް
02 April 2017
3 މަސް ދުވަހުގެ ލަސްވުމެއް މައްސަލައެއްނެތެވެ. ހުޅުމާލޭ ހޮސްޕިޓަލް ގައި 6 މަސްދުވަހު ތެރޭގައި ރާއްޖޭގެ ނެތްވަރުގެ ލެބޯރަޓަރީއެއް ހަދާ ހިދުމަތް ލިބޭނެ ވާހަޔާއި، އެތައް އެތައް ރައްޔިތުން ސިއްސައިގެންދާ ވަރުގެ ހިދުމަތްތަކެއް ދޭނެ ވާހަކަ ނޫސްތަކުން ކިއީމެވެ. އަހަރު ވެގެން ދިޔައިރުވެސް އަދި އެބުނި ހިދުމަތެއް ލިބުނު މީހަކު މިރާޖެއަކު ނެތް
އަލީ
03 April 2017
ހޮސްޕިޓަލްގެ ބޯޑެއް ޖަހާފަ ބަދިގެޔެއް ހަވާލު ކުރީމަ އަދި ވެސް ވަގުތު ނަގާނެ.. މިނިސްޓީރީގެ ބައެއް ބޭފުޅުން ހީފުޅު ކުރައްވަނީ ބޯޑު އެޅުވީމަ ހޮސްޕިޓަލް އަކަށްވާކަމަށޤ