ށ. ނަރުދޫ: އެ ރަށު އިންޖީނުގޭގައި ވަނީ އަލިފާން ރޯވެފައި.
03 އެޕްރީލް 2017 - 13:07
ށ. ނަރުދޫ އިންޖީނުގޭގައި އަލިފާން ރޯވެ ރަށުން ކަަރަންޓު ކެނޑިއްޖެ އެވެ.
އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ އަޒްމީ ވިދާޅުވީ އެ އިންޖީނުގޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށާއި ނަމަވެސް އެ އިމާރާތާ ކައިރި ނުވެވޭތީ ލިބުނު ގެއްލުމެއް އަދި ސާފުނުވާ ކަމަށެވެ.
ނަރުދޫ އިންޖީނުގެ ހިންގަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. އަލިފާން ރޯވުމާއެކު އެ ރަށުން ކަރަންޓު ކަނޑައިގެން ގޮސްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. އަދި މީހަކަށް ގެއްލުމެއް ލިބުނު ކަމެއް ވެސް ނުވަތަ ނޫން ކަމެއް އަދި ކަށަވަރު ނުވާ ކަމަށް އަޒްމީ ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިންޖީނުގޭގައި އަލިފާން ރޯވެގެން 12 ޖަހާކަށްހާ އިރު ރިޕޯޓު ކޮށްފައިވާ ކަމަށާއި ފުލުހުންގެ ޓީމެއް އެ ރަށަށް ދިއުމަށް ދަތުުރު ކުރަމުންދާ ކަމަށެވެ.
ނަރުދު އަށް ކަރަންޓު ދޭން ބޭނުންކުރަނީ ދެ ޖަނެރޭޓަރެވެ. އެތަނުން އެއް ޖަނަރޭޓަރަކީ ކުޑަކޮށް ހަލާކުވެފައިވާ އެއްޗެއްކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތެދު
03 April 2017
ވީމާ އަލިފާން ނުހިފާ ގޮތަށް އިންޖިިިިިިނުގެ އަޅާދިނުމަށް ސަރުކާރަށް ޕްރެޝަރު ކުރަން ވީނު.
ގެނޭގެނޭ
03 April 2017
ނަރުދޫ ފަދަ ކުދި ކުދި އާބާދީ ތަކަސް ސަރުކާރުގެ ބަޖެޓުން ކީއްކުރަން ކުރާ ބޭކާރު ޚަރަދެއްތޯ އެވެ. ނަރުދޫ އެންމެން ހުޅުމާލެ އަށް ބަދަލު ކޮށްލާ ނަރުދޫގައި ސައުދީ ކިންގްޑަމް ހޯލްޑިންގް ކުންފުނިން ސިޓީ އެއް ނަރުދޫ ފަޅު ހިއްކައިގެން ތަރައްގީ ކުރީމާ ހުންނާނީ ރަނގަޅަށެވެ. ގެނޭ އެންމެން ގެނޭ ގެނޭ ގެނޭ މިހާރު އެންމެން.
އެކްސްޕާޓް
03 April 2017
ނަރުތައް ގުޅާފައި ހުންނައިރު ލޫސްވާނަމަ ނަރުދޫވާނެ. ނަރުދޫނަމަ އެތަނަކުން ސްޕާކް ވުން ވަރަށް ގާތް. އެހެންވީމާ ބޭރުން ބަލާބެލުމަށްފެންނަނީ ނަރުދޫވެގެން އިންޖީނުގޭގައި ރޯވީކަމަށް.
ހޯސޭ
03 April 2017
ފުލުހުން ގެ ޓީމު ދެން އައި ކޮޅަށް އަނބުރާ ދިއުން މާރަނގަޅުވާނެ
މުސްތޮ
03 April 2017
ބަލާ ނުލެވުނީތާދޯ؟ މާބޮޑަށް ނަރު ދޫވީމާ ތިވަރުގެކަމެއް ހިނގާނީ ކީއްކުރާނީ ދޯ؟