ނަރުދޫއަށް ކަރަންޓް ދިނުމަށް ޖަނަރޭޓަރު ބެހެއްޓުމުގެ މަސައްކަތް ފެނަކައިން ކުރަނީ.-ފޮޓޯ: ފެނަކަ ކޯޕަރޭޝަން
03 އެޕްރީލް 2017 - 22:22
ށ. ނަރުދޫ އަށް ޖަނަރޭޓަރެއް ގެންގޮސް އެ ރަށަށް ކަރަންޓް ދީފި އެވެ.
މިއަދު މެންދުރު 12 ޖަހާކަށް ހާއިރު ނަރުދޫގެ އިންޖީނުގޭގައި ރޯވެ، މުޅި ރަށުން ވަނީ ކަރަންޓު ކެނޑުނެވެ.
އިންޖީނުގޭގައި ރޯވީ ކަރަންޓް ދިނުމަށް ބޭނުން ކުރަމުން އައި 80 ކިލޯގެ ޖަނަރޭޓަރުގައި ބާރުގަދަ އަޑެއް ގޮވުމަށް ފަހުގަ އެވެ. އިންޖީނުގޭގައި ބޭނުންކުރަމުުން އައި 50 ކިލޯވޮޓްގެ ދެ ވަނަ ޖަނަރޭޓަރު ވެސް މި ހާދިސާގައި އެއްކޮށް ވަނީ ހަލާކުވެފަ އެވެ.
ފެނަކައިން ބުނީ ށ. ފޭދޫ އިން 128 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެންގޮސް މިއަދު ހަވީރު 5:40 ގައި އެ ރަށަށް ކަރަންޓް ދީފައިވާ ކަމަށެވެ. މިއީ ވަގުތީ ޖަނެރޭޓަރެކެވެ.
އަލިފާނުގެ ހާދިސާ ތަހުގީގުކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ ކުންފުނީގެ ފަރާތުން ވެސް އެކަން ބަލަމުން އަންނަ ކަމަށް ފެނަކަ އިން ބުންޏެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށށށށށށށށށށށށށ
04 April 2017
ށ. ފުނަދޫ ނޫނީ ލ. އަތޮޅު ގަމަށް ބަދަލު ކުރަންވީ...... މުސްތަޤުބަލައްޓަކައި ހުރިހާރައްޔިތުން ވިސްނާ....
ބަލާތި
03 April 2017
ތިޔާ ށަވިޔަނި ނަރުދޫ އަށް އިންޖީނެއް ގެންގޮސްގެން ކަރަންޓް ދިނުން ތިޔާއީ ފޫނެތް ފަޔަށް ފެން ފުރުން ފަދަ ކަމެކެވެ. ހަމަ މިހާރުން މިހާރަށް ނަރުދޫ އެންމެން ނަށް ހުޅުމާލޭން ފްލެޓްސް ތައް ދިނުމުގެ ސްކީމެއް ރާވާ އެ އެންމެން ހުޅުމާލެ އަށް ބަދަލު ކޮށްލަންވީ ފްލެޓްސް ތަކުގެ އަގު 100 އަހަރުން ދައްކާ ގޮތަށް %25 އިންޓަރެސްޓާއި އެކު. އެއިރަށް ދެން ތިޔާ ޒާތުގެ ރަށްރަށުން ކަރަންޓް ކެނޑިގެން އުޅެން ނުޖެހޭނެ ނޫންތޭ.
އާނިޔާ
04 April 2017
ބެއްޔާ މިރަށައް އަންނަންވީ އެއްނޫން.!!! ބެއްޔާމެން ކަހަ ދުރުވިސްނޭ މީހުން އުޅެންވާނީ އެކަހެރި ތަންތަނުގައި. މަމެން މިރަށުގެ އެއްމެން ބެއްޔާގެ ތިޔަ ފިނޮޅުގައި އުޅެފާނަން...