އެމްޕީއެލްގައި ރޭ އަލަށް ބޭނުންކުރަން ފެށި ވެހިކަލަކުން ކޮންޓޭނަރުތަކެއް ގެންދަނީ: ރާއްޖޭގެ މައި ޕޯޓު ހިންގާ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓުން ވަނީ ބޮޑު ހުކުމެއް ކޮށްފައި --ފޮޓޯ:މުހައްމަދު ޝަރުހާން/ މިހާރު
06 އެޕްރީލް 2017 - 13:13
ހުޅުމާލޭގައި ހުންނަ އެމްޕީއެލް އޮފީހުގައި މަސައްކަތް ކުރާ ނުކުޅެދުންތެރިކަން ހުރި ފިރިހެން މުވައްޒަފަަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި އެތަނުގެ ސުޕަވައިޒަރަކު ސަސްޕެންޑްކޮށްފި އެވެ.
އެކަމަކު މި މައްސަލައިގެ އިތުރު ތަފްސީލެއް އެމްޕީއެލް އާއި ފުލުހުން ވެސް ނުދެ އެވެ.
ސިކުނޑީގެ އުނިކަން ހުންނަ މީހަކާ ޖިންސީ ގޮތުން ބެހެފި ނަމަ އެކަން ގާނޫނީ ގޮތުން ބެލެވެނީ ޖިންސީ ގޯނާގެ ގޮތުގަ އެވެ. އެމްޕީއެލްގެ މުވައްޒަފުގެ ނުކުޅެދުންތެރިކަމަކީ ކޮބައިކަމެއް "މިހާރު" އަށް އެނގިފައެއް ނުވެ އެވެ.
ބައެއް މީޑިއާތަކުން ބުނާ ގޮތުގައި އޭނާއާ ޖިންސީ ގޮތުން ބެހުނީ، ބަރަހަނާ އެއްޗެހިތަކެއް ދެއްކުމަށް ފަހު އެވެ. އަދި ގުޅުން ހިންގަމުން ދަނިކޮށް އެތަނުގެ ސީސީޓީވީ އަށް އެ މަންޒަރު އަރާފައިވާ ކަމަށް ވެސް ބައެއް މީޑިއާތަކުން ބުނެ އެވެ.
އެމްޕީއެލްއިން ބުނީ ތަހުގީގު ނިމެންދެން އެ މުވައްޒަފާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި އިތުރު ފިޔަވަޅެއް އަޅަން ޖެހުނަސް، ކުންފުނީގެ ސިޔާސަތާ އެއްގޮތަށް އެކަން ކުރާނެ ކަމަށް ވެސް، އެމްޕީއެލް އިން ބުނެ އެވެ.
ފުލުހުން ބުނީ ނުކުޅެދުންތެރިކަން ހުރި "ކުއްޖަކާ" ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއް އެތަނަށް ލިބިފައިވާ ކަމަށެވެ. އެކަމަކު ތަހުގީގު ކުރިއަށް ދާތީ އިތުރު މައުލޫމާތެއް ދޭން ފުލުހުން ވެސް ބޭނުމެއްނުވެ އެވެ.
އެމްޕީއެލްއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިން ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެއް ތަނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަދިވެސް
06 April 2017
ސްޕަވައިޒަރަކީ ކޮން ޖިންސެއްގެ މީހެއްކަމެއް ނޭނގުން
ޗިކުސް
06 April 2017
ތީ މި ބުނާވާހަޔަކީ ސިޔާސީ މަގާމްތައް ، އެއްވެސް އިލްމެއް ނެތް ބަޔަކައް ދިނީމަ ވާ ގޮތް ތިފެނިގެންދަނީ، . ހިތާމަކުރަން. ނުކުޅެދޭ މީހެއްވީމަ ހިތުހުރިގޮތެއް ނަހަދާ ، ދީނުގަ ހަރާމް ކުރައްވާފައިވާ ކަންތަކުން ދުރުހެލި ވަމާ.
ހުސެން
06 April 2017
އަނެއްކާ އަނެއްކަންތައް، ހުރިހާ އޮފީހެއްގެ އެތެރޭގެ ފާރުތައް ޓްރާންޕޭރެންޓްކޮށް ހަދަންވީ، ކީއްކުރަން ވަކިވަކި ކޮޓަރިހެން ހަދާފަ ބަހައްޓަނީ؟
ނާދިރާ
06 April 2017
ތިޔައީވެސް އަނެއްކާ އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތެއްބާ!