އޭޑީކޭ އާއި އެމްއެންޔޫއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އެއްބަސްވުން ބަދަލުކުރަނީ
09 އެޕްރީލް 2017 - 19:54
އޭޑީކޭގައި އަންނަ ހުކުރުދުވަހު ކުރާ މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކުރާ ގޮތަށް އެ ހޮސްޕިޓަލުން ހަމަޖައްސައިފި އެވެ.
އެމެރިކާގެ ޑޮކްޓަރަކާއި އޭޑީކޭގެ ނިއުރޮ ސާޖަން އަލީ ނިޔާފު ހިމެނޭ ޓީމުން ކުރާ އެ އޮޕަރޭޝަން ލައިވްކުރަނީ އަންނަ ހުކުރާއި ހޮނިހިރުދުވަހު އޭޑީކޭ އިން އިންތިޒާމްކޮށްގެން ބާއްވާ ސްޕައިން ކޮންފަރެންސްގެ ބައެއްގެ ގޮތުގަ އެވެ. މި ކޮންފަރެންސްގައި އެމެރިކާގެ ޚާއްސަ ދެ ޑޮކްޓަރަކާއި ސާކް ގައުމުތަކުގެ ބައެއް ޑޮކްޓަރުން ބައިވެރިވެ އެވެ.
މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)ގައި ބާއްވާ ކޮންފަރެންސާ އެކު އޭޑީކޭ އާއި އެ ޔުނިވަސިޓީއާ ދެމެދު ސިއްހީ ދާއިރާގެ ހޭލުންތެރިކަމަށް މަސައްކަތްކުރުމުގެ އެއްބަސްވުމެއް މިއަދު ވަނީ ގާއިމްކޮށްފަ އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ކަރުގެ ޑިސްކެއް ބަދަލުކުރަން ކުރާ މި އޮޕަރޭޝަނަކީ ރާއްޖޭގައި ކުރާ އެ ޒާތުގެ ފުރަތަމަ އޮޕަރޭޝަން ވެސް މެ އެވެ.
"ޓެކްނޮލޮޖީ މެދުވެރިކޮށް މިކަހަލަ ލައިވް، ބޮޑު ސާޖަރީއެއް ރާއްޖޭގައި ކިޔަވައިދިނުމުގެ މަގުސަދުގައި ހެދިގެންދާ ފުރަތަމަ [ފަހަރު މިއީ]. މައިބަދައިގެ މައްސަލައެއް ހުރި މީހެއްގެ ޑިސްކެއް، ޓޯޓަލް ރިޕްލޭސްމަންޓެއް ހަދާނެ،" އަފްއާލް ވިދާޅުވި އެވެ.
"އެހެންވީމަ މިއީ އާދަޔާ ހިލާފު ބޮޑު ސާޖަރީއެއް."
އޮޕަރޭޝަން ކުރަމުން ދާ އިރު އެ މަންޒަރު، އެމްއެންޔޫގައި ކޮންފަރެންސް އޮންނަ ހޯލުގެ އިތުރުން އޭޑީކޭގެ ސްކޫލް އޮފް ހެލްތު ސައިންސްގެ ކްލާސް ރޫމްގައި ވެސް ވަގުތުން ފެންނާނެ އެވެ. އަދި ދައުވަތު ދީގެން އެ ދެ ތަނުގައި އެވަގުތު ތިބޭ ޑޮކްޓަރުންނާއި ނަރުހުން ނުވަތަ ސިއްހީ ދާއިރާގެ އެހެން މީހުންނަށް ސުވާލުކުރެވޭނެ އެވެ.
"އޮޕަރޭޝަން ކުރާ ޑޮކްޓަރުން ޖަވާބު ވެސް ދޭނެ. އެހެންވެ މިއީ ރާއްޖޭގައި ސިއްހީ ދާއިރާ އިން ކިޔަވައިދިނުމުގެ އެހެން ހަރުފަތަކަށް ގެންދާނެ ކަމެއް،" އެމްއެންޔޫއާ އެކު ހެދި އެއްބަސްވުމަށް ފަހު "މިހާރު"އާ ވާހަކަ ދައްކަވަމުން އަފްއާލް ވިދާޅުވި އެވެ.
"ސިއްހީ ދާއިރާގެ ތަމްރީންތަކަށް ބޭރު ގައުމުތަކުގައި ލައިވްކޮށް މި ކަހަލަ ސާޖަރީތައް ދައްކާނެ. އެ ދައްކާއިރު ޑޮކްޓަރުންނާ ސުވާލުކުރެވި، ވާނުވާ ގޮތް އެނގޭނެ ބަލާ މީހުންނަށް. އަޅުގަނޑު ދަންނަވާނީ މިއީ ރާއްޖޭގައި މި ރޮނގުން އަޅާ ރަނގަޅު ފިޔަވަޅަކަށް ވާނޭ."
މައިބަދައާ ބެހޭ ހާއްސަ ކޮންފަރެންސް ބޭއްވުމުގެ ބޭނުމަކީ، އޭޑީކޭ އިން ބުނި ގޮތުގައި، އެ ދާއިރާގެ މައުލޫމާތު އެއް ބަޔަކު އަނެއް ބައެއްގެ މެދުގައި ބަދަލުކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުނެއުޅޭ
10 April 2017
ސިއްހީކަންކަން އިސްތިހާރުކުރުމަކީ މަނާކަމެއް
ޓޓޓ
09 April 2017
ކަރުގެ ޑީސްކް ބަދަލުކުރާ ފުރަތަމަ ފަހަރޯ ދެލޯފުޅާ. ރަނގަޅަށް ކީޔާފަ ކޮމެންޓު ކުރުން ރަނގަޅު
ކައުންސެލަރު
09 April 2017
ތިކަން ޚާއްސައީ ވަކިމީހަކަށް. އުޅެނީ މައުމޫން ބޮލަށްއެރެންވެގެން. ހޯހޯ އެކަމެއް ނުވާނެ އެކަމް....ވަރަށްސޮރީ
ފައިކުރި
09 April 2017
ގަލޮޅު ދަނޑުގަ ޓިކެޓް ވިއްކައިގެން ތިއޮޕަރޭޝަން ކުރުން ރަގަޅު.
މަގޭ2ލާރި
09 April 2017
އަންނެސެސަރީ ޕްރެޝާއެއް ނޫންތަ ފުރަތަމަ ފަހަރަށް މިހާ ބޮޑު އޮޕަރޭޝަނެއް ކުރާއިރު؟ މަގޭ ހިޔާލު މިއީ، ދެން އެކަމަކު މިކަން ބޮޑަށް ރަނގަޅަށް އެނގޭނީ އެ ޑޮކްޓަރުންނަށް ދޯ.
ޑޮކޓަރ
09 April 2017
ކޮބާ އަންނި
ޢަލީ
09 April 2017
ރަގަޅު މައުލޫމާތެއް ނޫން. 2008 ވަނަ އަހަރު ސާރކް އޯތޯޕީޑިކް އެސޯސިއޭޝަންގެ 6 ވަނަ ކޮންފަރެންސް ރާއްޖޭގައި ބޭެއްވުނު. އެ ކޮންފަރެންސް ގައި އޮތް ވޯކްޝޮޕް ގައި 3 ސާރޖަރީ ތިގޮތަށް ލައިވް ކުރި. ބައިވެރިން ތިއްބެވީ ކޮންފަރެންސް ހޯލުގައި. ކަކުލު ހުޅު ބަދަލު ކުރިމާއި ލުގަމެންޓް ލެއްވުން ދެއްކި. ދެކޮޅުން ވާހަކަ ވެސް ދެއްކި. ކަކޫ ބަދަލްކުރި އެއް ބަލިމީހަކީ އަޅުގަޑުގެ މަންމަ. އެހެން ކަމުން ވަރަށް ރަގަޅަށް ހަދާން އެބަހުރި
ހަސަނު
09 April 2017
ފައިސާ ވައްދަން މާކެޓު ކުރުމަކީ ސިއްހީ ޚިދުމަތްދޭ ތަންތަނުންކޮށްގެންވާނެ ކަމެއް ނޫނެވެ. އަމުދުން އެތިކަލީ ތީކީ ރަނގަޅުކަމެއް ނޫނެވެ.