ޚަބަރު / އެލްޖީއޭ

ރައީސަށް ބާރު ލިބޭ ގޮތަށް އެލްޖީއޭ އަށް ބަދަލު ގެންނަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވަނީ

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު އެކުލަވާލުމުގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާ އަށް ލިބޭ ގޮތަށް ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

އުނގޫފާރު ދާއިރާގެ ޕީޕީއެމް މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި އިސްލާހު މަޖިލިހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ ވޯޓުންނެވެ. އިސްލާހާ ދެކޮޅަށް 17 މެމްބަރަކު ވޯޓު ދެއްވި އެވެ.

އެ ބިލް ފާސްކުރީ ގާނޫނު ތަސްދީގުކޮށް، އަމަލްކުރަން ފެށުމާ އެކު މިހާރުގެ އެލްޖީއޭ ބޯޑު އުވޭ ގޮތަށެވެ. އަދި ބިލްގައި ބުނެފައި ވަނީ ތަސްދީގުކޮށް، ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެން އެއަށް އަމަލްކުރާ ގޮތަށެވެ.

މިހާރު އޮތް ގޮތުން އެލްޖީއޭގައި، ހަ ކައުންސިލަރުންނާ އެކު، ނުވަ މެމްބަރުން ތިބެ އެވެ. އެކަމަކު އާ އިސްލާހުގައި އެ އަދަދު ވަނީ ފަހަކަށް ބަދަލުކޮށް، އެ ހުރިހާ އެންމެންނަކީ ވެސް ރައީސް އައްޔަންކުރާ ބަޔަކަށް ހަދައިފަ އެވެ.

ކުރިން ނަމަ އަތޮޅު ކައުންސިލްތަކުން ހަތަރު ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކުން ދެ ކައުންސިލަރަކު، ކައުންސިލަރުންގެ ވޯޓުން އިންތިޚާބުކުރެ އެވެ. އާ ބިލާ އެކު އެލްޖީއޭ ބޯޑުގައި އެއްވެސް ކައުންސިލަަރަކު ނުހިމެނޭނެ އެވެ.

އިސްލާހުގައިވާ ގޮތުން އެލްޖީއޭގެ ބޯޑުގައި ދެން ތިބޭނީ ރައީސް އައްޔަންކުރައްވާ ވަޒީރަކާއި ޖެންޑާ އިކުއަލިޓީގެ ދާއިރާގެ އަންހެން ތަޖުރިބާކާރަކާއި މަދަނީ ޖަމިއްޔާގެ މެމްބަރަކާއި ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން ތަޖުރިބާ ލިބިފައިވާ މީހެއްގެ އިތުރުން ޗީފް އެގްޒެކްޓިވް އޮފިސަރެވެ.

މި ފަސް މީހުން އަައްޔަންކުރެއްވުމަށް ފަހު ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދަން ފޮނުއްވަން ޖެހެ އެވެ. އެކަމަކު މިހާރު އޮތީ ސަރުކާރުން ކޮންޓްރޯލްކުރާ މަޖިލިހަކަށް ވެފައި، މިހާތަނަށް ސަރުކާރުން ފޮނުވި އެއްވެސް ކަމެއް ފޭލްވެފައި ނުވާތީ، ރައީސް އަބްދުﷲ ޔާމީން ފޮނުއްވާ ކޮންމެ ނަމެއް އުނދަގުލެއް ނެތި ފާސްވާނެ ކަމަށް ބެލެވެ އެވެ.

ބޯޑުގެ މެމްބަރުންނަށް ލިބޭ އިނާޔަތްތައް ކަނޑައަޅުއްވާނީ ވެސް، ބިލް ބުނާ ގޮތުން، ރައީސެވެ. މެންބަރުންގެ މުއްދަތަކީ ފަސް އަހަރެވެ.

ލާމަރުކަޒީ ގާނޫނުގައި މިހާރު އޮތް ގޮތުން އެލްޖީއޭގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނީ އެލްޖީއޭގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އެކަމަކު އަލަށް ގެންނަ އިސްލާހުގައި ބުނަނީ އެލްޖީއޭގެ ރައީސް ވެސް އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އެކަމަކު އެލްޖީއޭގެ ނައިބު ރައީސް އިންތިޚާބު ކުރާނީ ކޮމިޓީގައި ހިމެނޭ، ޗީފް އެގްޒެކްޓިވް ފިޔަވައި، އެހެން މެމްބަރުން ވޯޓު ލައިގެންނެވެ.

ލޯކަލް އިންތިޚާބު ކުރިމަތީގައި އޮއްވާ މި ގެނައި ބަދަލަކީ، އިދިކޮޅު ބޭފުޅުން ވިދާޅުވާ ގޮތުގައި، ރައްޔިތުން އިތުރަށް އަޅުވެތިކުރުމެވެ.

14 ކޮމެންޓް, 59 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 10%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ާަ

12 April 2017

ހެޔޮ ނުވާނެ ހުރިހާ ބާރެއް ރައީސް އަށް ދިީބަލަ އެވަރުން ވެސް ހިތް ފުރޭތޯ

The name is already taken The name is available. Register?

ސަހުލ

12 April 2017

ރާއްޖޭގައި މިސްކިތްތައް ވަރަށް ގިނަ އެހެންވީވާ މިސްކިތްތަކަށް މުދިމުން ލުމުގެ ބާރުވެސް މަޖިލީހުން ސީދާ ރައީސަށް ދެއްވަން އެބަޖެހޭ.

The name is already taken The name is available. Register?

ކޮށް

12 April 2017

މިއީ އިންތިޚާބުން ކުރިލިބޭނެކަމުގެ ގެރެންޓީ ނެތީމަ އެމީހުން އަތްދަށުގައި ބޭތިއްބުމުގެ ބޭނުމުގައި ކުރިކަމެއް. ވީނު ދެން ކައުންސެލަރުން "އަޅުން" ގެ ނަމަށް ބަދަލުކޮށްފަ ޢައްޔަންކުރަން.

The name is already taken The name is available. Register?

އޮގަރު

12 April 2017

ރައީސަށް ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރުމުގެ ބާރު މަޖުލީހުން އަދި ދޭނެ

The name is already taken The name is available. Register?

އަހުމަދު

12 April 2017

ވަރަށްފައްކާ. ދެންހަދަންވީ ގޮތަކީ ރަށްރަށުގެ ކައުންސިލަރުން ވެސް ރައީސް އައްޔަންކުރާގޮތަށްހަދަންވީ . އެއިރުން ޚަރަދުވެސް ވަރަށްކުޑަވާނެއެއްނު..

The name is already taken The name is available. Register?

ޙަމީދު

12 April 2017

ތަރައްްޤީ އަށްޓަކައި އެޅުނު ހަރުދަނާ ފިޔަވަޅެއް. މިގައުމުގައި އޮތީ ޔުނިޓަރީ ދައުލަތެއް. ޚޮންމެ އަތޮޅަކަށް، ކޮންމެ ރަށަކަށް އަދި ކިންމެ ގެއަކަށް ސަރުކާރެއް ހަދައިގެން މި ކުޑަކުޑަ ގައުމު ވަނީ ހަލާކު. ރައީސް ޔާމީން އަށް އައްސަރިބަހާ ސާބަސް ރައްދުކުރަން.

The name is already taken The name is available. Register?

ޖީބު

12 April 2017

އެލްޖީއޭގެ ރައީސް އައްޔަންކުރާ ގޮތަށް. ނައިބު ރައީސް އިންތިޚާބުކުރާ ގޮތަށް. ފުދޭވަރަކަށް ރަނގަޅު ދޯ.

The name is already taken The name is available. Register?

GAN Island

12 April 2017

ދައުލަތުގެ ބާރުތަކަށް ވެރިވެގަތުމަށްފަހު ''ޤާނޫނު އަސާސީ ކޮށާލާ'' އެވަރުންވެސް ''ރައްޔިތުން ތިމާމެންނާއި އެކުގައި ނެތްކަން އެގުމުން'' އެންމެފަހުން ސީދާ ރައްޔިތުންނާއި ދިމާލަށް މިސްރާބު ބަދަލުކޮށްލެއްވީތޯ ؟؟ . . . ހީއެއްނުވޭ ތިކަން ކާމިޔާބު ވާނެހެނެއް. އަހަރުމެންނާއި އަހަރުމެންގެ ފިކުރި ކަތީބު ކުޑަކަތީބުގެ ޒަމާނަށް ދެން ވައްޓާނުލެވޭނެ. އެކަން ކުރަން އުޅޭ މީހަކު ނަގާ އެއްލާލަމް އަހަރުމެން ތައްޔާރު

The name is already taken The name is available. Register?

ދަރުބާރު ފެކްޝަން

12 April 2017

ތަރައްގީ އަޅުވެތިކަމާއި ދިމާލަށް ހަލުވިކަމާއެކު ޔަގީން

The name is already taken The name is available. Register?

އާދަނު

12 April 2017

60 އިން 48 އިން 46 އިން 44 އަށް. ވެއްޓެނީ!!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454