ސޯނޫ ނިގަމް ބޯ ބާލާފައި
19 އެޕްރީލް 2017 - 20:20
ފަތިސް ނަމާދު ބަންގީގެ އަޑަށް ހޭލެވޭތީ އެކަމާ ރުޅި އައިސްގެން ކުރި ޓުވީޓްތަކާ އެކު ދީނީ ބޮޑު ބަހުސެއް ފެށި ހޫނު ފެނަށް ވެއްޓުނު އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް އެކަމާ ގުޅުވައިގެން ބޯ ބާލައި، މުސްލިމުންނާ ދެކޮޅު ނޫން ކަމަށް ބުނެފި އެވެ.
މައްސަލަ ބޮޑުވީ ބަންގީގެ އަޑު އެންމެންނަށް އިއްވުމަކީ ވަކި ދީނެއްގެ ކަންކަން، އެ ދީނަކަށް ނޫޅޭ މީހުންނަށް ވެސް މަޖުބޫރު ކުރުން ކަމަށް ބުނެ ކުރި ޓްވީޓްތަކަކާ އެކުގަ އެވެ.
މި ވާހަކަތަކާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދިނުމަށް ސޯނޫ މިއަދު އޭނާގެ ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ އޭނާ ބުނީ ވަރަށް އާދައިގެ ވާހަކައެއް ކަމަށާއި މިއީ މިހާ ބޮޑު މައްސަލައަކަށް ވާނެ ކަމަށް ހީނުކުރާ ކަމަށެވެ. ލަވަކިޔުމުގައި ނަމޫނާއަކަށް ބަލަނީ މުސްލިމެއް ކަމަށްވާ މުހައްމަދު ރަފީ ކަމަށާއި އަމިއްލަ ޑްރައިވަރެއްގެ ގޮތުގައި ވެސް ގެންގުޅެނީ މުސްލިމެއް ކަމަށް ސޯނޫ ބުންޏެވެ.
"ކޮންމެ ބަޔަކު ވެސް އަނެއް ބަޔަކާ މެދު ވިސްނާލަން ވާނެ،" ބަންގީގެ ވާހަކަ ދެއްކީ ދީނީ ކަމެއްގެ ގޮތުގައި ނޫން ކަމަށާއި އިޖުތިމާއީ ކަމެއްގެ ގޮތުގައި ދެކިގެން ކަމަށް ފާހަގަކޮށް ސޯނޫ ބުންޏެވެ.
ސޯނޫ މިހެން ވާހަކަ ދެއްކި ނަމަވެސް މިއަދުވެސް ބުނީ ބަންގީގެ އަޑާ ހެދި އޭނާއަށް އުނދަގޫވާ ކަމަށެވެ. އެކަމަކު ބުނީ މިއީ ދީނަކަށް ފުރައްސާރަކުރުން ނޫން ކަމަށެވެ.
ސޯނޫ ނިގަމް
އެއްވެސް ދީނެއް ގަބޫލު ނުކުރާ ކަމަށް ބުނާ ސޯނޫ މިއަދު އޭނާގެ ބޯ ވެސް ބޭލީ ނޫސްވެރިން ތިއްބަ އެވެ. އޭނާ މިކަން ކުރީ ބަންގީގެ އަޑާ ހެދި އުނދަގޫވެގެން ސޯނޫ ދެއްކި ވާހަކަޔާ މެދު ހިތްހަމަނުޖެހުނު މުސްލިމުންގެ ލީޑަރަކު، ސޯނޫގެ ބޯ ބޭލި މީހަކަށް 10 ލައްކަ ރުޕީސް ދޭނެ ކަމަށް ބުނެފައި ވާތީ އެވެ. ސޯނޫ ބުނީ އޭނާގެ ހެއާ ސްޓައިލިސްޓަކީ ވެސް މުސްލިމެއް ކަމަށާއި ބޯ ބޭލީ ރަމްޒީ ކަމެއްގެ ގޮތުގައި ކަމަށެވެ.
ބަންގީގެ މައްސަލާގައި ފާޑު ކީ ބައެއް މީހުން ވަނީ، ހިންދޫން ގެރީގެ ހިމާޔަތަށް އިންސާނުން މަރާތީ އާއި ގެރިމަސް ކެއުން އެންމެންނަށް މަނާކުރާތީ އެއީ ވެސް ދީނީ ކަމެއް މަޖުބޫރުކުރުން ނޫންތޯ ސުވާލުކޮށްފަ އެވެ.
މި ބަހުސްގެ ތެރޭގައި، ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ މީގެ ކުރިން ބަންގިއާ ބެހޭ ގޮތުން ދައްކާފައިވާ ވާހަކަތެއްގެ ވީޑޯއެއް ވަނީ ދައުރުވާން ފަށައިފަ އެވެ.
ޕްރިޔަންކާ ބުނަނީ ފަތިހު ބަންގީގެ އަޑު އަހަން އޭނާ ވަރަށް ޝައުގުވެރިވާ ކަމަށާއި އެއީ ވަރަށް ގަޔާވާ އަޑެއް ކަމަށެވެ.
ޕްރިޔަންކާގެ މި އިންޓަވިއު އަކީ މިދިޔަ އަހަރު އޭނާ އިންޑިއާގެ ބޯޕާލްގެ "ގަންގާޖަލް 2" ޝޫޓިންގައި އުޅުނުއިރުގެ ވީޑިއޯ އެކެވެ.
When I am talking about Loudspeakers, I did mention Temples and Gurudwaras too. Is it that hard to comprehend? Loosen up guys.
— Sonu Nigam (@sonunigam) April 18, 2017
މައްސަލަ ހޫނުވުމުން ސޯނޫ ކުރި ޓުވީޓެއް
ތާޅަފިލިން ބަންގި ގޮވާ އަޑު މާ ބާރަށް އިވޭތީ ސޯނޫ ހިތްހަމަނުޖެހިގެން ކުރި ޓުވީޓާ ދެކޮޅަށް އެންމެ ފުރަތަމަ ޖަވާބު ދީ ޓުވީޓް ކުރީ ކުރިން ވަރަށް މަޝްހޫރުވި ބަތަލާ ޕޫޖާ ބަޓް އެވެ. ޕޫޖާ ބުނި ގޮތުގައި ބަންގީގެ އަޑަކީ އޭނާގެ ހިތަށް ވަރަށް ހަމަޖެހުން ގެނުވާ އަޑެކެވެ.
ސޯނޫގެ ޓުވީޓްތަކާ ހެދި މީހުންތައް ކެކި އަރަން ފެށުމުން އޭނާ ފަހުން ކުރި ޓުވީޓެއްގައި ބުނީ އޭނާގެ މައްސަލައަކީ ލައުޑްސްކީޕަރުތައް ކަމަށެވެ. ސޯނޫ ބުނީ މައްސަލައަކީ ހަމައެކަނި ބަންގީގެ އަޑު ނޫން ކަމަށާއި ފައްޅިތަކާއި އެނޫން ވެސް އެކި ދީންތަކުގެ މީހުން އަޅުކަންކުރާ ތަންތަނުން އިވޭ ރަނގަބީލާއި ތަފާތު ގޮވެލިތަކުގެ އަޑު ކަމަށެވެ. އަދި އޭނާ ޓްވީޓްކުރީ އިސްލާމްދީނާ ދެކޮޅަށް ނޫން ކަމަށް ވެސް ފަހުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮމެންޓޭ
21 April 2017
ބަލަ ސޯނޫ ބަންގި މައްސަލައަކަށް ހަދައިގެން ކަލޭ ނޫޅެއްޗޭ.އެހެން ނޫނީ ކަލޭއަށް ވާނީ ވެލެޒިނީއަށް ވީވަރު.
ގަމާރު
21 April 2017
ފަހުދުވަހުވެސް ބަންގި ގޮވާނެ.... އުނދަގޫވާ މީހުން ތެޅިފޮޅޭނެތާ. މަޖާވާނެ.
އަލީ
20 April 2017
ސޯނޫއަށް ލިބިފައިވާ ބާރު މާބޮޑު ލަވަ އަޑުއަހަނީ އަހަން މަޖުބޫރުވާވަރަށް އެގެނެސްދީފައިވާތީ!ހިތާކުޅެ ލާކަހަލަ މޮޅު ލަވައެއް ވެއްޖިއްޔާ ހަަމަ ޖެހޭނީ އަޑު އަހަން.މިހާރު ފުއްޕަން މާދީނީވެގެން އުޅުނަސް އަސްލު ކަލޭމެންގެ އަޤީދާ ހަރާބުވެފާވާވަރު ވަރަށް ސާފު
އަބްދުﷲ ޔާމީނު އަބްދުﷲ ގައްޔޫމް
20 April 2017
ސޯނޫ ރަނގަޅު!
ހޯރަ
20 April 2017
މީނަގެ މަޝްހޫރުކަން ކުޑަވާންފެށީމަ ދީން ހަތިޔާރަކަށް ހަދާފަ މަޝްހޫރުވާން އުޅުނީމަ ލިބުނީ އެތައްބައެއްގެ ނަފްރަތު .
މުހައްމަދު ތަކުރުފާނު
20 April 2017
މަގޭ ހިތަކަށް ކެތެއް ނުވޭ ބަންގި ނީވުނީމަ. ކަންފަތަށް ޝައިތޯނު ހީސްލީމާ ކެތެއް ނުވާނެ ބަންގި އަޑުއަހަން.
ދީމާ
20 April 2017
ކަލޭމެން ފައްޅިތައް ހަދާގެން އެތާތެރޭގައި ބެރުޖަހާ އަޑުގަދަ ކުރަމުން ދާއިރު ހިތަކަށް ނާރާތަ އެހެންމީހުންނަށް އުދަގޫ ވާނެކޭ. ފުރިހަމަ އެންމެ ކަލާގެއެއް ހުރީ، އެކަން ގަބޫލު ނުކުރަންތައް.
ރަންބުސްތާނު
20 April 2017
ތީނާ އަށް ރުޅިނާންނާތި، އެކަމަކު މިކަމުގައި އިސްކުރަންވީ މަސްލަހަތު. އިސްލާމް ދީނަކީ މަސްލަހަތުގެ ދީން.
މަ
20 April 2017
ދީނީ ބަހުސަކަށް ދާކަށް ނެތިން. އެކަމަކު މަވެސް ބުނާނީ އުސޫލެއްގެ ގޮތުން ނަމާދަށް ދާންޖެހެނީ ބަންގީގެ އަޑު "އިވިގެނެއް" ނޫން. ވަގުތު ޖެހުނީމަ އެވީ ދާން. އެގޮތަށް ބަލާއިރު ނުޖެހޭ ކޮންމެހެން ކަންފަތް ފަޅައިގެންދާވަރަށް އަޑު ބާރުކުރާކަށް. މިސްކިތާއި ކައިރި ގެތަކުގައި މުސްކުޅިންނާއި، ކުޑަކުދިންނާއި، ބަލިމީހުންނާއި، ވަރަށް ބުރަކޮށް ވަރުބަލި ކަންމަތީ ނިދަންއޮޔް މީހުންވެސް ތިބެދާނެ. ބަންގީގެ މަގްސްދަކީ އެންމެނަށް އަޑު އިއްވުމެއް ނޫން، އަދި އެންމެން ނިދިން ހޭލެއްވުމެއްވެސް ނޫން. ރާއްޖެ ކަހަލަ "100%" މުސްލިމުން އުޅެގައުމެއްގަ މިފަދަ ދީނާއި ގުޅިފައިވާ ކަމަކުން އެހެންމީހުނަށް ވެދާނެ އުނދަގުލާއިމެދު ވިސްނާލަން އުނދަގޫ ވެދާނެ. މިސާލަކަށް ނަމާދު ވަގުތު މިސްކޮތް ދޮށުގައި އެގޮތް މިގޮތަށް ޕާކްކޮށް ދުއްވާމީހުންނަށް އުނދަގޫވާގޮތަށް އޮތުން އަހަރެމެންނަށް މާބޮޑު ކަމަކަށް ނުވާނެ، އެކަމަކު އެހެންގައުމެއްގަ، އެހެން ދީނެއްގެ މީހަކު ހިތަށް އަރާފާނެ ދޮ ، މުސްލިމުންވެސް ތަންކޮށް ތަރުތީބުކޮށް އުޅޭނެ ނަމައޭ، ވަގުތު އޮއްވައި މިސްކިތަށް އައިސް ތަންއޮތްތާ ޕާކްކުރާނެ ނަމައޭ!!
ކުޑަކުއްޖާ!
20 April 2017
ކަލޭމެންގެ ކަންފަތެއް ފަޅައިގެނެއް ނުދާނެ ހެޑްފޯނުން ގުއްކިޔާފަ ލަވަ ޖެހީމަކާއި. ވަރުބަލިވެފަ ހުންނަ މީހާ ވެސް ޖެހޭ ނަމާދު ކުރަން! 10މިނެޓު ނަގާނީ. ހިތާނުކުރާގޭތެރޭ ނުދޭތަ ކަންފައި ފަޅައިން؟ ޖެހިގެން ހުންނަ ގޭ މީހުނަށް ނުވޭތަ އުނދަގޫ؟ ބަންގީގެ އަޑު އިވިގެން ނަމާދުގަޑިކަން ހަނދާންވެގެން ކުރާފަހަރުވެސ އަންނާނެ ބުރަކޮށް އުޅޭ މީހުން. މަހަމަ ޔަގީންކުރަން ކުޑަކުދިންނަކަށް ނުވޭ އުނދަގުލެއް.
ރަންބުސްތާނު
20 April 2017
މިއީ އެބުނާ މެދު މިންގަނޑަކީ، އިސްލާމިކް ވިސްނުމަކީ. ޙައްދުން ފަހަނަ އަޅާ ނުދަމާ ދެއްތޮ.
ހަސަން.
20 April 2017
ބަލަ ބަންގި އަކީ އިސްލާމި ޝިޢާރެއް .
ނަތަންޔާހޫ
20 April 2017
ބަންގިޔަކީ ނަމާދަށް ގޮވައިލުން، ބިލާލުގެފާނު ބަންގި ގޮވާއިރު މަށްކާގެ އެއްބިތުން އަނެއް ބިތަށް އަޑުއިވޭކަމަށްވަނީ، އެއިގެ މާނަޔަކީ އެހާވެސް އަޑުގަދައޭ، ހަނދާންވޭ މައުމޫނުގެ އަމުރަށް ފަތިސްނަމާދު ބަންގި ތާލަފިލިން ނުުގޮވާގޮތަށް މާލޭގައި ހަމަޖެހުނު!
ސމ
20 April 2017
ދީން ނޭންގި ދީނުގެ ވާހަކަ ނުދައްކާ
ގަމާރު
21 April 2017
ބަންގިޔަކީ މަށާ ކަލެޔާ ބޭނުންވެގެން ގޮވާ އެއްޗެއްބާ؟ ކަލެޔައް ހެޔޮވިސްނުން ދެއްވާށި.
މުހަންމަދު
20 April 2017
މިމީސްމީހުންގެ ފައްޅިތަކުގައި އެޖަހާބެރުތަކާއި ޑަނޑޫރާތަކުގެއަޑުގަދަވެ ކައިރީގައުޅޭ އެންމެނަށް ކިތަންމެއުނދަގުލެއްވީނަމަވެސް މައްސަލައެއްނެތް! ރަނގަޅަށްވިއްޔާ ތިސޯނޫގެ ލަވަރޯލުތަކާއި ސީޑީ އެންމެގިނައިން ގަންނާނީ މުސްލިމުން! ތިޢަމަލުން ދައްކަނީ ސޯނޫގެ އަރުތެރޭގައި ރަހައެއް ލައިފިކަން!
666
20 April 2017
އެއްކަލަ އާރޓިކަލް ނުކިޔާ ކޮމެެންޓް ކުރާ މީހާ
ރަންބުސްތާނު
20 April 2017
ޙަބަރު ނުކިޔާކަމަށް ވަރަށް ފާހަގަ ކުރެވޭ! ސޯނޫ އެއީ ދީން ގަބޫލު ނުކުރާ މީހެކޯލަ!
ނަސީމާ
20 April 2017
މީނަގެ ދުލުން ބުނެވުނު ބަހަކުން މާތް ﷲ މީނަގެ ބުއްދި ގުޑުވާލާފި. އެކަލާނގެއީ ކުޅަދުންވަންތަ ކަލާނގެ ކޮންމެ ކަމެއްވެސް އެންމެ މޮޅައް ދެނެވޮޑިގެންވާ ކަލާނގެ. މީނަޔައްވެސް ހެޔޮވިސްނުން ދެއްވާށި.