ވިޔަފާރި / އެމްޓީޑީސީ

ފަހު ކުއާޓަރުގައި އެމްޓީޑީސީއަށް ބޮޑު ފައިދާއެއް!

އެމްޓީޑީސީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ބޯޑު މެމްބަރުންތަކެއް

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ބޮޑު ފައިދާއެއް ލިބިއްޖެ އެވެ.

ގިނަ ދުވަސްތަކަކަށް ފަހު އެމްޓީޑީސީން ނެރުނު މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ރިޕޯޓުގައިވާ ގޮތުން ސާފު ފައިދާގެ ގޮތުގައި 5.8 މިލިއަން ޑޮލަރު (89.4 ރުފިޔާ) ލިބިފައިވެ އެވެ. އެ ކުންފުންޏަށް އޭގެ ކުރީ ކުއާޓަރުގައި ލިބިފައި ވަނީ 2.8 މިލިއަން ޑޮލަރެވެ.

ޓޫރިޒަމްގެ ވިޔަފާރިކުރުމަށް ސަރުކާރުން އުފެއްދި ކުންފުނީގެ ހިސާބުތައް ދައްކާ ގޮތުން އާމްދަނީގެ ގޮތުގައި ހަތަރު މިލިއަން ޑޮލަރު ލިބުނެވެ. އަދި ޖުމްލަ ފައިދާގެ ގޮތުގައި ލިބުނީ ތިން މިލިއަން ޑޮލަރެވެ.

އެ ރިޕޯޓުގައިވާ ގޮތުން އެ ކުންފުންޏަށް 3.9 މިލިއަން ޑޮލަރު ބަދަލެއްގެ ގޮތުގައި ލިބިފައިވެ އެވެ. ނަމަވެސް އެއީ ކޮން ކަމަކާ ގުޅިގެން ލިބުނު ފައިސާއެއް ކަމެއް އެ ރިޕޯޓުގައި އެނގޭކަށް ނެތެވެ.

އެމްޓީޑީސީގެ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގެ ރިޕޯޓްގައިވާ ގޮތުން އާމްދަނީގެ ގޮތުގައި އެއް މިލިއަން ޑޮލަރު ލިބުނު އިރު ނިޔާމަ ރިސޯޓް ވިއްކާލުމުން ފައިދާގެ ގޮތުގައި 4.6 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ނިޔާމަ މޯލްޑިވްސްގެ ނަމުގައި ދ. އެނބޫދޫފުއްޓާއި އޮޅުވެލީގައި ހިންގާ ރިސޯޓު، އެ ރަށް ހިންގާ އޯ ޕްލަސް އީ ހޮލްޑިން އަށް 23.3 މިލިއަން ޑޮލަރު (359.2 މިލިއަން ރުފިޔާ) އަށް ވިއްކާލަން އެމްޓީޑީސީން ނިންމީ މިދިޔަ އޯގަސްޓް 16 ގަ އެވެ.

7 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 7%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހަންމަދު

26 April 2017

ސަރުކާރުގެ ހުރިހާކުންފުންޏަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ ފަހުކުއޯޓަރުގަ ބޮޑެތިފައިދާ ދައްކާކަން އަބަދުވެސް ފާހަގަކުރެވެއެވެ. އެކަމަކު އެބަޔަކުދޭ ޚިދުމަތް އެއްދުވަހަކަށްވުރެ އަނެއްދުވަސް ދަށަށްދަމުންގޮސް ހުއްޓޭހިސާބަށް ދަނީ މަދެއްކޮށްނޫނެވެ. ފެނަކައަށް ބަލައިފިނަމަ، އިހައްދުވަހު ތެލާއިބެހީގޮތުން ދެއްކިވާހަކައާއި، އެކި ރަށްރަށުގެ ޖަނަރޭޓަރުތަކުގެޙާލު ހުރިގޮތާއިމެދު ދެއްކިވާހަކައިން ފިތްކަނޑައިގެންދާވަރުވެއެވެ. އެކަމަކު ފެނަކަގެ ފަހުކުއޯޓަރުގެ ހިސާބުބަލާއިރު ވަރަށްވެސް ރީތިވާނެއެވެ. ޙާލަތު ކޮންމެގޮތަކަށްއޮތަސް ފަލަސުރުޚީގައި އެކިކުއޯޓަރުގެ ފައިދާ ބޮޑުވާހަކަ ދެއްކުމަށްޓަކައި ލިޔެލެވިދާނެއެވެ. އެކަމަކު ކަންއޮތްގޮތުގެ ޙަޤީޤަތް އެނގި ސާފުވާނީ ބެލީމައެވެ.

The name is already taken The name is available. Register?

ތަކުރުފާނު

25 April 2017

ބޮޑު ފައިދާއެއް ވިޔޭތޯއެވެ. އަޖައިބު ހައިރާންވެއްޖެއެވެ. އެއްފަހަރާ ހުރިހާ އެސެޓެއް ވިއްކާލީމާ އަދި މާ ފައިދާ ބޮޑުވާނެއެވެ. ރަށެއް ވިއްކާލީމާ ލިބޭ ލާރިކޮޅަކީ ފައިދާ ހެއްޔެވެ؟

The name is already taken The name is available. Register?

ހިއްސާދާރު

25 April 2017

ރައްޔިތުންނަށް ޓޫރިޒަމްގެ ފައިދާ ހޯދައިދޭން މައުމޫނުގެ ވެރިކަމުގައި ހެދި އެމްޓީޑީސީ އަކީ ވަރަށް ފުރިހަމަ ކޮންސެޕްޓެކެވެ. ހިތާމައަކީ 15 ފަޅުރަށް ބިޑަކާނުލާ ކުންފުންޏަށް ހަވާލުކުރުމުން ހިންދެމި ނުލެވުނު ކަމެވެ. މެނޭޖިން ޑައިރެކްޓަރަކަށް ޕައްލަންބެ ހުއްޓަސް 15 ފަޅުރަށާއެކު ޓޫރިޒަމް ހިންގަން ހަވާލު ކޮށްފިއްޔާ ކާމިޔާބު ކުރާނެއެވެ. މިހާރު ދެން ކޮންމެ ކުއާޓާއަކު ރިސޯޓެއް ވިއްކާލާފައި ސާފުފައިދާ 3.4 މިލިޔަން ޑޮލަރޭ ބުނީމާ ހަދާއެތި ގޯނިބެއަށްވެސް އެނގޭނެ އެވެ. އިހްލާސްތެރިކަމެއް ނެތުމުގެ ހިތިރަހަ ފެންނަނީ މިފަދަ ކަންކަމުން ނެވެ.

The name is already taken The name is available. Register?

GAN Island

25 April 2017

ޔާމީން އަބުދުލް ޤައްޔޫމް ގެ ސަރުކާރުން ދައުލަތުގެ ހުރިހާ ކުންފުނިތަކަކީ Maldives Marketing & Public Relations Corporation ފަދަ ކުންފުނިތަކެއްކަމަށް ދެޭނަމަ ކުންފުނީގެ ހިއްސާދާރުންނަށް ބަހަންލިބޭނީ ދަރަނީގެ ތެރެއިން ނިސްބަތުން އެމީހަކަށް ޖެހޭ މިންވަރު. ފައިދާ އަކީ އެހެންބައެއްގެ އެއްޗެއް.

The name is already taken The name is available. Register?

އަހުމަދުބެ

25 April 2017

ކައިފަ ބާކީ ވެއްޖެނަމަ ބާކީ ވާ އެއްޗެއް ހިއްސާ ދާރުންނަށް ލިބޭނެއެވެ. އެނޫން ގޮތެއް ބޭނުންނަމަ ހިއްސާދާރުން ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ.

The name is already taken The name is available. Register?

އުމަރު

25 April 2017

އެސެޓްތަށް ވިއްކަމުންދަނީ ޤާނޫނާ ހިލާފަތް، އެމްޓީޑީސީގެ އެއްވެސް އެސެޓެއް ވިއްކައެއްނުލެވޭވެ ހިއްސާދާރުން ފާސްކޮށްގެންނޫނީ، އަދި ހެއްވާކަމަކީ އެސެޓް ވިއްކާލައިގެން ލިބޭހާ ފައިސާ ވަންނަ ދިމަލެއް ނެއެނގޭކަން، 23 މިލިއަން ޑޮލަރަށް އެސެޓެއް ވިއްކައިފިއްޔާ ފައިދާވަނީ 4 މިލިއަން ޑޮލަރު، ތިޔަކުންފުނިން ކުރާ ވިޔަފާރިއެއްނެއެނގޭ، އެކަމަކު ބޮޑު ބޯޑެއް އޮވެފައި މުސާއެބަދޭ އަދި ބޮޑު އޮފީހެއް ހުރެފައި ހަރަދުތަކެއް އެބަހިންގާ، ހަގީގަތުގައި ތިޔަކުންފުންޏަށް ލިބުނު ފައިސާ ގެންދިޔައީ ސަރުކާރުން އެއީ ޖުރިމައިނާކޮށްގެން އެހެންކަމުން ސަރުކާރުން އެފައިސާ 22 ހާސް ހިއްސާދާރުންނަށް ދޭންޖެހޭނެ

The name is already taken The name is available. Register?

އަހުމަދު

25 April 2017

ތިޔަ ކުންފުނިން ހިއްސާދާރަކަށް އެއްވެސް ފައިދާއެއް ނުކުރާނެ.. ފައިދާ ވިއޭ ބުނާއިރު ގޮތް ނޭންގޭ ފައިސާ އާއި ތަންތަން ވިއްކައިގެން ލިބުނު ފައިސާ.. ވިޔަފާރި ފައިދާއެއް ނެތެއްނު.. ވިއްކާނެ ތަންތަން ހުސްވުމުން ލިބިފައިވާ ފައިސާ ހިންގުމުގެ ހަރަދޭބުނެ ނިންމާލާ.. މިހާރުވެސް ކުންފުނީގެ ވެރިން އުޅުއްވަނީ އަގުބޮޑު ބޭރުގައުމުތަކުގައި ވާކަމެއް ހަރާމް..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454