ޚަބަރު / ދިވެހިރާއްޖެ-އޮސްޓްރޭލިއާ

އޮސްޓްރޭލިއާ ސަރުކާރުގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެ އަށް ދެމުން އަންނަ ސްކޮލަޝިޕްގެ ތެރެއިން މިއަހަރު އެ ފުރުސަތު ލިބުނު ދަރިވަރުންނާއެކު އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އަދި އޮސްޓްރޭލިއާއިން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހުޗެސަން ފޮޓޯއަކަށް ހުއްޓިލައިގެން: އަންނަ އަހަރުގެ ސްކޮލަޝިޕަށް ކުރިމަތިލާން ވަނީ ހުޅުވާލައިފަ.-- ފޮޓޯ: ނިޝާން އަލީީ/ މިހާރު

ރާއްޖެ އަށް އޮސްޓްރޭލިއާ ސަރުކާރުން ދެމުން އަންނަ ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ހުކުރުދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ކުރިން ހަމަޖައްސާފައި އޮތް ގޮތުން ނަމަ މި ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މިއަދެވެ. ނަމަވެސް އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަޝިޕަށް ކުރިމަތިލާ އޮންލައިން ސިސްޓަމަށް އިއްޔެ ދިމާވި މައްސަލައަކާ ގުޅިގެން ވަނީ، އަންނަ ހުކުރުދުވަހުގެ ހަވީރު ފަހެއް ޖަހަންދެން މުއްދަތު އިތުރުކޮށްފަ އެވެ.

މި ސްކޮލަޝިޕް ލިބޭ ދަރިވަރުން ކިޔަވަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހު އެވެ.

މާސްޓާސް ފެންވަރަށް ކިޔަވަން ހުޅުވައިލި މި ސްކޮލަޝިޕް ދިނުމުގައި އިސްކަންދެނީ މައިގަނޑު ހަތަރު ދާއިރާއަކަށެވެ. އެއީ އިގުތިސާދާއި ތިމާވެއްޓާއި ތައުލީމު އަދި ގުޑް ގަވަނެންސްގެ ދާއިރާ އެވެ.

އޮސްޓްރޭލިއާ އެވޯޑްސް އިން ވަނީ ޑިގްރީ އަދި ޕީއެޗްޑީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ވެސް މީގެ ކުރިން ދީފަ އެވެ. ނަމަވެސް މިދިޔަ އަހަރާއި މި އަހަރު ޚާއްސަ ކޮށްފައި ވަނީ ހަމައެކަނި މާސްޓާސް ޕްރޮގްރާމްތަކަށެވެ.

ސްކޮލަޝިޕަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން 50 ޕަސެންޓް ހާއްސަ ކޮށްފައި ވަނީ އަންހެނުންނަށް ކަމަށް އޮސްޓްރޭލިއާ އެވޯޑްސްގެ ވެބްސައިޓުގައި ވެ އެވެ. އަދި ހޮވޭ ދަރިވަރުންނަށް ކިޔެވުމުގެ ހުރިހާ ޚަރަދެއްގެ އިތުރުން އޮސްޓްރޭލިއާ އަށް ދިއުމުގެ ދެކޮޅު ޓިކެޓާއި މެޑިކަލް އިންޝުއަރެންސް އާއި އެހެނިހެން އިނާޔަތްތައް ވެސް ދޭނެ އެވެ.

އޮސްޓްރޭލިއާގެ ސަރުކާރުން މި އަހަރު ވެސް ދިވެހި 16 ދަރިވަރަކަށް ސްކޮލަޝިޕް ދީފައި ވެ އެވެ.

3 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 63%
icon sad icon sad 13%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޯމޭން

30 April 2017

އޮސޭ އިން ކިޔަވާ ކުދިން އެހާ މޮޅެއް ނޫން ދޯ. ދެން މުޅިން ވެސް އޮސޭ އިން ކިޔަވައިގެން އަންނަނީ ފަހާ ފޮށީގެ ތިނޯހަށް ރޮދިލައްވާ މީހުންނެވެ. ތިޔާ ކިޔާ އިލް ނޮއިސް ވެސް އެއީ ކޮޕީ ޕޭސްޓެއް ދޯ. އެޒާތަށް ޔާރާ ދިލްދާރާ އުފައްދާނަން މަމެން ވެސް ދޯ. މަމެން ވެސް މައިކަލް ނަށާ ގޮތަށް މޫން ވޯކް ޖައްސަން. އެކަމަކު މަމެންނަށް ވެސް ނޭގެނީ އާ ނެށުމެއް އުފައްދަންއޭ. އޯ މޭން..

The name is already taken The name is available. Register?

GAN Island

30 April 2017

ރާއްޖެއިން ''ޖާހިލުކަން ނައްތާލެއްވެުމަށް'' އޮސްޓްރޭލިއާ ސަރުކާރާއި އޮސްޓްރޭލިއާ އިން ރާއްޖެއަށް ކަޑައަޅުއްވާފައި ހުންނެވި އެމްބެސެޑަރ HE Mr.Bryce Hutchesson ކޮށްދެއްވާ މަސައްކަތް އަހަރުމެން ދިވެހިން ބަލައިގަންނަން. . . . ރާއްޖެގައި ތިއްބެވި އިލްމުވެރިންނަށް ފަހަކަށް އައިސް ނުރައްކާވެ އޭގެ ތެރެއިން އެތައްބަޔަކު ( ޑރ Afrasheem Ali އާއި Software Engineer ޔާމީން ރަޝީދު އަދި ޒުވާން ނޫސްވެރިޔާ Ahmed Rilwan) ފަދަ ބޭފުޅުން ޤަތުލު ކޮށްފައިވާ އިރު އެކަންކުރިމީހުން ހޯދުމަށް ދިވެހި ފުލުހުން ވަނީ ނުކުޅެދިފަ. . . . އެހެން ކަމުން ކުރިއަޔް އޮތް ތަނުގައި ފުލުހުންގެ ތެރެއަށް ނުވަދެ ތިބި ޤައުމަތް ތެދުވެރި ވަފާތެރި ކިޔަވާ ކުދިންގެ ތެރެއިން ނެގޭ ކުދިން ކޮޅަކަށް މިފަދަ ތަޙްޤީގު ކުރުމުގެ މަތީ ތައުލީމް ހޯދާދިނުމަކީ އަހަރުމެންކޮންމެހެން އެދޭ ކަމެއް. 2019 ވަނަ އަހަރު އޮސްޓްރޭލިޔާގެ އެހީގައި ތަމްރީނުދެވެ ހުރިހާ ކުދިންނަށް މިދެންނެވި ރޮގުން ކުރިއަށް ދިއުމަށް ފުރުސަތު ހުޅުވާލާނެ ކަމަށް ހީކުރަން.

The name is already taken The name is available. Register?

ސޫޖީ

30 April 2017

ސްކޮލާޝިޕް ލިބޭ ކުދިން އަނބުރާ މިގައުމަށް ނާންނާތި. މިގައުމަކު ނެތް މިހާރު ކިޔަވައިގެން ތިބި މީހުންނަކަށް ފުރުސަތެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454