ދުނިޔެ / އެމެރިކާ

އެމެރިކާގައި މަރުގެ އަދަބު ދިން މީހެއްގެ ޕޯސްޓްމޯޓަމް ހަދަން ކޯޓުން އަންގައިފި

އާކަންސާގައި އެންމެ ފަހުން މަރުގެ އަދަބު ދިން މީހާ މަރުވި ގޮތާ މެދު ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފައި.

އާކަންސާ (އެޕްރީލް 30) - އެމެރިކާގެ އާކަންސާ ސްޓޭޓުގައި އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދިން މީހެއްގެ ޕޯސްޓް-މޯޓަމް ހަދަން ފަނޑިޔާރަކު އަންގައިފި އެވެ.

ޑިސްޓްރިކްޓް ޖަޖް ކްރިސްޓީން ބޭކާގެ މި އަމުރު އައިސްފައި ވަނީ އާކަންސާގައި މިދިޔަ ހުކުރު ދުވަހު މަރުގެ އަދަބު ދިން ކެނެތު ވިލިއަމްސް ކިޔާ މީހަކު މަރުވަމުން ދިޔަ އިރު ވަރަށް ވޭން އެޅި ކަމަށް ބައެއް މީހުން ބުނެފައި ވަނިކޮށެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި އިންޖެކްޝަން ޖެހި ފަހުން އޭނާ ވަރަށް ބޮޑަށް ތެޅި އަދި އަޑުލައްވަމުން ދިޔަ ކަމަށެވެ. ކެނެތު ވިލިއަމްސް އަކީ އާކަންސާގައި ހަފުތާއެއްހާ ދުވަހު ތެރޭ މަރުގެ އަދަބު ދިން ހަތަރު ވަނަ މީހާ އެވެ. އޭނާގެ ވަކީލް އެ މަރު ސިފަކޮށްފައި ވަނީ "ބިރުވެރިކަމެއްގެ" ގޮތުގަ އެވެ.

ކެނެތު ވިލިއަމްގެ ޕޯސްޓް-މޯޓަމް ހެދުމުގެ އިތުރުން އޭނާގެ ލެ އާއި ޓިޝޫ ސާމްޕަލް ޕްރިޒާވް ކުރުމަށް ވެސް ފަނޑިޔާރު ބޭކާ ވަނީ އަންގައިފަ އެވެ. ފަނޑިޔާރު މި އަމުރު ނެރެފައި ވަނީ ކެނެތު ވިލިއަމްއާ އެކު މަރުގެ އަދަބު ދިނުމަށް ހަމަޖެހިފައިވާ މީހެއްގެ ފަރާތުން ކޯޓަށް ހުށަހެޅި ކުއްލި މައްސަލައަކާ ގުޅިގެންނެވެ.

ފަނޑިޔާރު މި އަމުރު ނެރެފައި ވަނީ ކެނެތު ވިލިއަމުގެ މަރުގެ އަދަބު އިތުރަށް ތަހުގީގު ނުކުރާނެ ކަމަށް ސްޓޭޓުގެ ގަވަރުނަރު ވިދާޅުވެފައި ވަނިކޮށެވެ. އެ ސްޓޭޓުގައި 12 އަހަރު ތެރޭ ފުރަތަމަ ފަހަރަށް މަރުގެ އަދަބު ތަންފީޒު ކުރީ މިދިޔަ ހަފުތާގަ އެވެ. މަރުގެ އަދަބު ދީފައި ވަނީ 1993 ވަނަ އަހަރު މީހަކު މެރިކަމަށް ސާބިތުވި މީހަކަށެވެ. އޭނާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްފައި ވަނީ ހުކުމް އިއްވިތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.

އެ ސްޓޭޓުގައި ވަނީ 11 ދުވަސްތެރޭ އަށް މީހަކަށް މަރުގެ އަދަބު ދޭން ނިންމައިފަ އެވެ. އެއީ މަރުގެ އަދަބު ދޭން ޖަހާ އިންޖެކްޝަނުގެ މުއްދަތު މި މަސް ނިމޭއިރު ހަމަވާތީ އެވެ.

އާކަންސާގައި އެންމެ ފަހުން މަރުގެ އަދަބު ދީފައި ވަނީ 2005 ވަނަ އަހަރު އެވެ.

4 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 43%
icon sad icon sad 38%
icon angry icon angry 19%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބްރާހިމް

01 May 2017

އިސްލާމް ދީނުގައި ﷲތަޢާލާ އަންގަވާފައިވާގޮތަށް މަރުގެ އަދަބުދިނުމަށް ދިވެހި ސަރުކާރަށް އިލްތިމާސްކުރަން.

The name is already taken The name is available. Register?

އެދުރު

02 May 2017

ﷲ ތަޢަލާ ޤުރުއާނުގައި މަރުގެ އަދަބު ބަޔާންކޮށްފައިވާ ސޫރަތް އަދި އާޔަތް ނަންބަރު ބުނެދެއްވާ!

The name is already taken The name is available. Register?

މެކުސް

30 April 2017

ދީނުގެ ހުކުންތަކާ ދެކޮޅައް މަހުޝަރް މައިދާންގަ ވެސް ކަލޭމެން ޕިންކީއޭ 2018އޭ ޔާމީނޭ ކިޔާ ހަޅޭށްލަވާ ދެކޮޅައް ދުވާނެ

The name is already taken The name is available. Register?

މީީނަ

30 April 2017

މިއީ އަހަރެމެން ޕިންކީން ބުނާ ވާހަކަައަކީ، ކޮބާތައް އެއްކަލަ ޓުވީޓަރުތައް؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454