އިމާރާތެއް ހެދުމުގެ މަސައްކަތުގައި ބިދޭސީން ހަރަކާތްތެރިވަނީ: ބިދޭސީން ކޮންމެ އަހަރަކު ވެސް ރާއްޖެއިން ގިނަ އަދަދެއްގެ ބޭރު ފައިސާ ގައުމަށް ފޮނުވާ.
02 މެއި 2017 - 11:28
ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތް ދޭ ކުންފުނިތައް މެދުވެރިކޮށް މިދިޔަ އަހަރު 108.7 މިލިއަން ޑޮލަރު (1.6 ބިލިއަން ރުފިޔާ) ފޮނުވާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
މަރުކަޒީ ބޭންކުން އިއްޔެ ނެރުނު އަހަރީ ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ އަހަރު ރާއްޖެ އިން ބޭރަށް ފޮނުވި ފައިސާގެ މިންވަރު 2015 ވަނަ އަހަރަށް ވުރެ 13 ޕަސެންޓް ދަށެވެ. އަދި މިދިޔަ އަހަރު ފޮނުވި ފައިސާގެ ތެރެއިން 83 ޕަސެންޓަކީ ބިދޭސީން ފޮނުވި ފައިސާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި އޭގެ ތެރެއިން 17 ޕަަސެންޓަކީ ދިވެހިން ފޮނުވި ފައިސާ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ އަހަރު ކޮންމެ މަހަކު ދިވެހިން ފޮނުވި ފައިސާ އެއް ހަމައެއްގައި ހިފެހެއްޓިފައިވާ އިރު ބިދޭސީން ފޮނުވި އަދަދު ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި ރެމިޓެންސް ޓެކްސް ނަގަން ފެށުމާއެކު ބިދޭސީން ފޮނުވާ ފައިސާގެ އަދަދު ދަށްވެފައިވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ.
އެމްއެމްއޭގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ބޭރަށް ފޮނުވި ފައިސާގެ ތެރެއިން 64 ޕަސެންޓް ފައިސާ ފޮނުވާފައި ވަނީ ބަނގްލަދޭޝް އަށެވެ.
އެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ރާއްޖެ އަށް ބޭރުގެ އެކި ގައުމުތަކުން ފޮނުވި ފައިސާގެ އަދަދު ވެސް ވަނީ 13 ޕަސެންޓް ދަށްވެފަ އެވެ. މިދިޔަ އަހަރު އެކި ގައުމުތަކުން ރާއްޖެ އަށް ފޮނުވި އަދަދު ވަނީ 4.6 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ.
މަރުކަޒީ ބޭންކުން ބުނި ގޮތުގައި ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތް ދިނުމަށް މިދިޔަ އަހަރު ރާއްޖޭގައި ހަ ކުންފުންޏެއް ހަރަކާތްތެރިވެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިސްވޭ
02 May 2017
މިދިޔަ އަހަރު 108.7 މިލިއަން ޑޮލަރު ބޭރަށް ފޮނުވި ކަމަށް އެމްއެމްއޭ އިން ހާމަ ކުރާނަމަ ތީގެއިން ބޮޑު އަދަދަކީ އެއީ މާލެ ސަރަހައްދުގައި ހުރި އިމާރާތް ތައް ކުއްޔަށް ދީގެން ލިބޭ ފައިސާ ޑޮލަރަށް ބަދަލު ކޮށްގެން ފޮނުވި ފައިސާ އެވެ. ތިހުރިހާ ފައިސާ އެއް ސަރުކާރަށް ލިބޭނަމަ ދައުލަތުގެ ބަޖެޓް އަރަނި ވެގެން ދާނެއެވެ. ކަން މިހެން ހުރުމުން ރާއްޖޭގެ އިގްތިސާދީ ލޭންޑް ސްކޭޕް ބަދަލު ކޮށްލުމަށް ޓަކައި ސަރުކާރުން އެގްރެސިވް ކޮށް މާލެ ސަރަހައްދުގައި 2018 ގެ ނޮވެމްބަރު މަސް އައުމުގެ ކުރިން ނިންމަން އަމާޒު ހިފަންވީ 2 ކޮޓަރީގެ 70 ހާސް އެޕާރޓްމެންޓްސް ހިމެނޭ ފްލެޓްސް ތައް މާލެ ވިލިގިލި އާއި އަދި ހުޅުމާލޭގައި. އަދި މާލެ އާއި ވިލިގިލި އާއި ދޭތެރޭގައި ބްރިޖް އަޅާލަންވީ މާލޭގެ ގިރާވަރު އިރުން އޮތް ފަޅު ވެސް ހިއްކާލައިގެން އެއީ ނިއުމާލެ ގޮތުގައި ހަދައިގެން. މިނޫން ގޮތަކަށް މިކަން ކާމިޔާބު ނުވާނެއެވެ. މާލެ ސަރަހައްދުގައި ރާއްޖޭގެ އާބާދީގެ %95 އަމިއްލަ ބޯހިޔާ ވަހިކަމުގެ ދަށުގައި ދިރިއުޅޭނަމަ މިފައސާ ހުންނާނީ ރާއްޖޭގައި ހިފެހެއްޓިފައެވެ. އައި ވޯންޓް އިޓް ދެޓްވޭ.