08 މެއި 2017 - 10:22
އިސްލާމްއާބާދު (މެއި 8) - ޕާކިސްތާނުގެ އިސްލާމްއާބާދުން ލަންޑަނަށް ދަތުރު ކުރި މަތިންދާ ބޯޓުގައި ތިބި 305 ޕަސިންޖަރުން ނުރައްކަލުގެ ހާލަތަކަށް ދާފަދަ ގޮތަކަށް ދަތުރު މަތީގައި ދެގަޑިއިރަށް ވުރެ ގިނަ އިރު ނިދި ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ގެ ސީނިއާ ޕައިލެޓެއްގެ މައްސަލަ ބަލަން ފަށައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ވަޒީފާ އިން މިހާރު ސަސްޕެންޑްކޮށްފައިވާ ޕައިލެޓް އާމިރު އަޚްތަރު ހާޝްމީ ވަނީ ޓްރެއިނީ ޕައިލެޓަކަށް ބޯޓު ހަވާލު ކުރުމަށް ފަހު ބިޒްނަސް ކްލާހުގެ ގޮނޑިއެއްގައި އޮށޯތުމަށް ފަހު ދެގަޑި ބަޔަށް ވުރެ ގިނަ އިރު ނިދައިފަ އެވެ. ބޯޓުގައި ޕައިލެޓް ނިދަން އޮތް މަންޒަރު ޕަސިންޖަރަކު ފޮޓޯ ނަގާ ސޯޝަލް މީޑިއާގައި ވަނީ އާއްމުކޮށްފަ އެވެ.
ޑޯން ނޫހުން ބުނީ ޕާކިސްތާން އެއާ ލައިންސް ޕައިލެޓްސް އެސޯސިއޭޝަންގެ ކުރީގެ ރައީސް ހާޝްމީގެ މައްސަލަ ބަލަން ޕީއައިއޭ ކުރިން ފުރަތަމަ ދެކޮޅު ހެދި ކަމަށެވެ. ނަމަވެސް ޕީއައިއޭގެ ތަރުޖަމާނަކު ފަހުން ބުނެފައި ވަނީ ހާޝްމީ ވަޒީފާ އިން ސަސްޕެންޑް ކުރުމަށް ފަހު ދަތުރުމަތީގައި އޭނާ ނިދި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.
މިދިޔަ މަހު 26 ވަނަ ދުވަހު ލަންޑަނަށް ދަތުރުކުރި ބޯޓުގެ އިން-ޗާޖަކީ ހާޝްމީ އެވެ. ބޯޓު ދުއްވަން ދެން ތިބީ ފަސްޓް އޮފިސަރަކާއި ޓްރެއިނީ ޕައިލެޓެކެވެ. ޓްރައިނީ ޕައިލެޓް ޓްރޭން ކުރަން ހަވާލުވެފައި ވަނީ ވެސް ބޯޓުގައި ނިދި ޕައިލެޓް ހާޝްމީ އެވެ. ޕައިލެޓުން ޓްރޭން ކުރާތީ ވެސް އޭނާ އަށް ކޮންމެ މަހަކު ބޮޑު މުސާރައެއް ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފޯރި
09 May 2017
ޓްރޭނީ އަކާ ހަވާލުކޮށްފަ ނިދުމުން، އަހަންނަށް ދޭހަވަނީ އެކުއްޖާ އެހުރި ހަމަ ރަނަގަޅަށްވެސް ޓްރޭން ވެފަކަން ...
ހެހެހެ
08 May 2017
ތިޔައީ އަހަރެމެންގެ މި ދިވެހި ރާއްޖޭގެ ޕައިލެޓުންނަށް އާކަމަކަށް ނުވާނެ. އައިޕެޑުން ފިލްމު ބަލަން އެބަތިބޭ ދިވެހި ގައުމީ އެއާލައިންގެ ޕައިލެޓުން....
ސސ
08 May 2017
ނިދުމަކީ އިންސާނާގެ ޒަރޫރީކަމެއް ނިދިއައުމުން ހަމަ ވަގުތުން ކޮންމެ މީހަކުވެސް ނިދަންވާނެ އެހެންނޫނީ އިންސާނާ ހަލާކުވެދާނެ!
ސަރުކާނު
08 May 2017
އެއީވެސް ޓްޜޭނިންގ ގެ ބަޔެކޭ. ކަމެއް ދިމާވެއްޖެނަމަ ޕައިލެތަށް ގޮވުމަކީވެސް ދަސްކޮށްދޭ ކަމެކޭ. އަދި ބިޒިނަސްކުލާހުގައި ވީމަ އޭނަވެސް ތަކުލީފް އުފުލަންޖެހޭނެ. ވަގުތާ ހާލަތާ މީގެން އެ ދަސްކޮދެނީ. އަނެއްކާ ދެމީހުން އެބަތިބި ކޮކްޕިތްގަ.
އަހުމަދު
08 May 2017
ބިސްނަސް ކްލާހުގެ ސީޓުގައި ނިދަން ދަަސްކޮަށްދީގެން ޓްރެއިނިންގ ދެނީ ކަންނޭނގެ އެންނު!