ޝިދާތާ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. އޭނާގެ ޕާސްޕޯޓް ހިފެހެއްޓީ މިދިޔަ ޖެނުއަރީ 26 ގައި. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
15 މެއި 2017 - 19:22
އަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމެޓީގެ ރައީސް ޝިދާތާ ޝަރީފްގެ ޕާސްޕޯޓް އަދިވެސް ހިފަހައްޓާފައިވާ ކަމަށާއި އެކަމަކު ތުހުމަތުކުރާ މައްސަލާގައި މިހާތަނަށް އެއްވެސް ސުވާލެއް ކޮށްފައި ނެތް ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އަމިއްލަ ދަތުރެއްގައި އިންޑިއާ އާއި ސްރީ ލަންކާ އަށް ވަޑައިގަތުމަށް ފަހު، އެނބުރި ރާއްޖެ ވަޑައިގަތުމާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޝިދާތާގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ.
އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓްގެ ހެލްތު މިނިސްޓަރު ޝިދާތާ "މިހާރު" އަށް ވިދާޅުވި ގޮތުގައި އޭނާގެ ޕާސްޕޯޓު ހިފެހެއްޓީ، އަނިޔާ ތަހައްމަލް ކުރާތާ އެތައް ދުވަހެއް ފަހުން މުހައްމަދު އިބްތިހާލް މަރުވި މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކުރާ ތަހުގީގާ ގުޅިގެންނެވެ.
އެކަމަކު، މިހާތަނަށް އައިއިރު، އެއްވެސް އިދާރާއަކަށް ހާޒިރުކޮށް، ސުވާލުކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިދާތާ ވިދާޅުވި ގޮތުގައި ޕާސްޕޯޓު ހިފެހެއްޓި ސަބަބު ވެސް އެނގިވަޑައިގަތީ ކަމާ ބެހޭ އިދާރާތަކަށް އެތައް ފަހަރެއްގެ މަތިން ސިޓީއެއް ހުށަހަޅައިގެންނެވެ. އަދި ޝިދާތާގެ އެއްވެސް މައްސަލައެއް ފުލުހުން ނުބަލާ ކަން ސިޓީއަކުން މޯލްޑިވްސް ޕޮލިސް ސާވިސް އިން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޯޓު އަމުރުތަކުގައި އޮންނަނީ އިބްތިހާލުގެ މަރުގެ މައްސަލާގައި ތަހުގީގަށް ކަމަށް. ހަތަރު މަސް ވާއިރު ވެސް ތަހުގީގަށް ހާޒިރެއް ނުކުރޭ،" ޝިދާތާ ވިދާޅުވި އެވެ.
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ޕާސްޕޯޓް ހިފަހައްޓާފައި އޮތީ ސިޔާސީ ބޭނުމެއްގަ އެވެ. ދެ ތިން ފަހަރެއްގެ މަތިން ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން މަސައްކަތް ކުރެއްވި ނަމަވެސް، އެކަން ކާމިޔާބު ނުވި ކަމަށް ވެސް ޝިދާތާ ވިދާޅުވި އެވެ.
ޝިދާތާ ފުލުހަށް ހާޒިރުކޮށް، ފޯނު ވެސް ކުރިން އަތުލި އެވެ. އެއީ މުޒާހަރާތަކާއި އެއްވުންތަކުން ހައްޔަރުކުރާ މީހުންނަށާއި އެ މީހުންގެ އާއިލާތަކަށް އެހީދޭން އެ އިއްތިހާދުން އުފެއްދި ފަންޑާ ގުޅޭ މައްސަލައެއްގަ އެވެ.
ވ. ރަކީދޫގައި އަނިޔާކޮށް މަރާލި މުހައްމަދު އިބްތިހާލަށް އަނިޔާ ލިބުނުކަން އެނގޭއިރު، އެކަމަށް ފިޔަވަޅު ނޭޅި ކަމަށް ބުނެ، ވ. އަތޮޅުގެ އޭރުގެ އެކްޓިން ކޮމާންޑަރު ލިސާން އަބޫބަކުރާއި ޖެންޑާ މިނިސްޓްރީގެ އޭރުގެ ދެ މުވައްޒަފަކާއި ވ. އަތޮޅު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓްގެ ދެ މުވައްޒަފަކަށް ވެސް ވަނީ އިހުމާލުގެ ދައުވާކޮށްފަ އެވެ. އިބްތިހާލް މަރާލި މައްސަލާގައި އޭނާގެ މަންމަ އާފިޔާގެ މައްޗަށް ދައުވާކޮށް، ޝަރީއަތް ދަނީ ހިނގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
20 July 2017
ކޮމެންޓް ތަކަށް ލައިކް ދޭ އަދަދަށް ބެލިޔަސް މި އޮތީ ސާފުކޮށް ފެއްނަން، ސަރުކާރަށް ތާއީދު ނެއްކަން
މަންޖެ
01 July 2017
ސިދާތާ ނޭޅޭނެ ބްރިޖް ފެނޭތަ؟؟
ހިނާޖް ޝަރީފް
13 June 2017
މީނަ މީ ދެން އުޅެން ނޭނގިގެން އުޅޭ މީހެއް ދޯ؟ ކުރާނެ ކަމެއް ނޭނގިގެން. ބޯ ހަލާކު! ގޭގަ މަޑުން އިނިއްޔާ ވަނީ ކީއްބާ ދޯ؟
އައިސާފުޅު
05 June 2017
ސަހަރޯ އޭ ހިތަށްއަރާ މި ސިދާތާ އުޅުއްވާ ގޮތަކުން. ކޯއްޗެއް ނުލިބިގެން ބަސްނާހާ އުޅުއްވާ ބޭކަނބަލެއް ބާއޭ ހިތަށް އަރާ. ބަސްނާހާ ކުދިންގެ ޕާސްޕޯޓް ވެސް ހިފަހައްޓާނެ. އަދި ކީއްތޯ ފޮށި ތަންމަތިވެސް ހިފަހައްޓާނެ. އަޅުގަނޑުވެސް އުޅެ މިބޮޑޮވީ މި ދިވެހިރާއްޖޭގައި. އެކަމަކު އެއްވެސް ސަރުކާރަކަުން އަޅުގަނޑެއް އަންނައުނެއް ނުވަތަ ޕާސްޕޯޓެއް ނުހިފަހައްޓާ. އުޅެވޭ ގޮތް ވިސްނާލުން ރަގަޅު.
ގުނބޯ
16 May 2017
ވެރިމީހާ އިރުއިރުކޮޅާ ވިދާޅުވަނީ ކޮންމެ މީހަކާވެސް ގާނޫން އަރާ ހަމަކުރާނޯ ތިމަންނަގެ އެއްވެސް ނުފޫޒެއް ނޯންނާނޯ.....ސިދާތާ ކުރިކުށެއް ނޭގެ އެއްވެސް ތާކުން ސިދާތާގެ އެއްވެސް މައްސަލައެއް ނުބަލާ އެކަމަކު ޕާސްޕޯރޓް ހިފަހައްޓައިފަ މީދެން ކޮންފަދަ އަޖައިބެއް
ގޯނިބެ
16 May 2017
ސިދާތާ އިހުމާލުވޭތަ އިބްތިހާލައްލިބުނު އަނިޔާގަ އަދި މަރުގަ؟
ރިހާކުރު
15 May 2017
ޕާސްޕޯޓު ތަކުގައި ރިހަ ކައްކަށް ވީނުންދޯ؟ މި އީ ރައްޔިތުންގެ ޝުޢޫރާއި ވިއްދާއި އިހުސާސްތައް ކުޑަކޮށްވެސް ދަންނަބައެއްނޫން.
ދިވެހި ދަރިއެއް
15 May 2017
ތިމާމެންގެ ހައްގުތަކަށް އަރައިގަންނަ ވާހަކަ ދައްކާއިރު ތިމާޔަށް ސާބިތު ކޮށްނުދެވޭ ދޮގު ވާހަކަތައް ސައްލާކުރުމާއި ޕޯޑިއަމްތަކުގައި އަދި ނޫސްކޮންފަރެންސް ހަދައިގެންފަތުރާއިރު ހަމަހީހީފައި މަލާމާތާއި ފުރައްސާރައިގެގޮތުގައި ބޭނުން ކުރާއިރު ތިމާޔަށް ތިމާގަބޫލު ނުކުރާ ޒާތުގެ ކަންކަން ލައިގަންނާނެކަން އެންމެ ފަހަރަކު ހިތައްއެރިތަ ނާރާއުތަ އަބަދުވެސް ތިމާބޭނުންވާގޮތް ތިމާގެރައްޓެހިން ބޭނުންވާގޮތް ހޯދަންއުޅެނީ ގައުމަކަށް ރައްޔިތުންނަކަށް ބެލުމެއް ނެތް އެހެންވެ ވާނެތިޔަހެން ހަޖަމް ކޮއްލުންވެސް އޮވޭއުތަ
ޙަސަންދީ
16 May 2017
އަމިއްލަ އެދުމުން ތިމާގެ ހިތް ފޯވީމަ ދެން އަމިއްލަ ދުލުންބޭރު ކުރެވޭ އެއްވެސް ވާހަކައެއް ނޭގޭނެ، މިއަދު ސިދާތާގެ މަޤާމުގައި ހުރި ނަމަ ބުނާނެ ޤާނޫނުން ބޭރު އެއްވެސް ރަށްޔިތަކައް އަދަބެއް ނުދެވޭނެޔޭ ...
އަހުމަދު
15 May 2017
މިއީ އަޅެފަހެ ކޮންކަަލަ މބައެއްތަ.
ރަދީފް އެންޑް ރަފައިދާ
15 May 2017
ޕާްޕޯޓު ހިފަހައްޓާހާ ޑޭންޖަރަސް ބޭކަނބަލެއްތަ ސިދާތާއަކީ.