ރިޔާޒް: އިތުރު ދެ މައްސަލައެއްގައި އޭނާ އަށް ދައުވާކުރަން ފޮނުވާފައިވާ ކަމަށް ފުލުހުން އެންގި ކަމަށް ރިޔާޒް ވިދާޅުވި - ފޮޓޯ: މަޖިލިސް
16 މެއި 2017 - 20:40
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒަށް އިތުރު ދެ މައްސަލައެއްގައި ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ރިޔާޒަށް ފުލުހުން އެންގިޔަސް ރިޔާޒްގެ އިތުރު މައްސަލައެއް ޕީޖީ އޮފީހުގައި ނެތް ކަމަށް އެ އޮފީހުން މިރޭ ބުނެފި އެވެ.
ފުލުހުންގެ ތަހުގީގެއްގައި ކޯޓު އަމުރެއްގެ ދަށުން ރިޔާޒްގެ ފޯނު ހިފަހައްޓައި، ފޯނު ހުޅުވަން އެންގުމުން އެކަން ނުކުރި ކަމަށް ރިޔާޒުގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިންގަމުން ދަނިކޮށް ރިޔާޒް މިއަދު ވިދާޅުވީ އިތުރު ދެ މައްސަލައެއްގައި އޭނާ އަށް ދައުވާކުރަން ޕީޖީ އަށް ފޮނުވާފައިވާ ކަމަށް ފުލުހުން އޭނާ އަށް އަންގާފައިވާ ކަމަށެވެ.
އެކަމަކު ޕީޖީ އޮފީހުގެ އޮފިޝަލަކު މިރޭ ވިދާޅުވީ ރިޔާޒްގެ އިތުރު އެއްވެސް މައްސަލައެއް އެ އޮފީހަށް ލިބިފައި ނެތް ކަމަށެވެ.
"ރިޔާޒްގެ މައްޗަށް މިހާރު ދައުވާ އުފުލާފައިވާ މައްސަލަ ފިޔަވައި ރިޔާޒްގެ އެހެން މައްސަލައެއް މި އޮފީހަކު ނެތް،" އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ އެކަމުގައި ފުލުހުންގެ ބަހެއް ނުލިބެ އެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒް ވިދާޅުވާ ގޮތުން އިތުރު ދެ މައްސަލައެއް ޕީޖީ އަށް ފޮނުވިކަން ފުލުހުން އެންގީ އޭނާގެ ކުށުގެ ރެކޯޑް ސާފުކުރަން ފުލުހަށް ހުށަހެޅުމުންނެވެ. ރިޔާޒަށް ފުލުހުން ދީފައިވާ ކުށުގެ ރެކޯޑް ފޯމް ބުނާގޮތުން ރިޔާޒަށް ދައުވާކުރަން ފޮނުވި އިތުރު ދެ މައްސަލައަކީ ފިތުނަ އުފެއްދުމުގެ ދެ މައްސަލަ އެކެވެ.
ރިޔާޒްގެ މައްޗަށް ދައުވާކުރާ މައްސަލައިގެ ޝަރީއަތް މިހާރު އޮތީ ހުކުމް އިއްވާ މަރުހަލާގަ އެވެ. އެ ހިސާބަށް މައްސަލަ ގޮސްފައި ވަނިކޮށް ރިޔާޒް ވަނީ އިތުރު ފުރުސަތު ޕްރޮގްރާމްގެ ދަށުން އެ ދައުވާ އަނބުރާ ގެންދަން ޕީޖީ އޮފީހުގައި މިއަދު އެދިވަޑައިގެންފަ އެވެ. އެކަމުގައި ޕީޖީން އަދި ގޮތެއް ނުނިންމަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏަސީމް
17 May 2017
ޚުށެއްއޮވެގެންތަ މީހުން ގެންގޮސް ހައްޔަރު ތިކުރަނީ ބުނީމަ ކުއް ހއްތަހާވެސް..
ޖަން
16 May 2017
ކުށުގެ ރެކޯޑް ސާފުކުރިއިރު 2 ކުށް ކޮށްފި ކަމަގެ ތުހުމަތު އެއްބަޔަކު ކުރާއިރު ކުށެއް ކުރި ކަން އިގެން ނެތް ކަމަށް އަނެއް ބަޔަކު ބުނާ ކަމަށް ރިޔާޒް ބުނޭ. މިހެން ލިޔުނުނަމަ