17 މެއި 2017 - 10:42
މެޑްރިޑް (މެއި 17) - މޮނާކޯ އަށް ކުޅޭ ފްރާންސްގެ އުއްމީދީ ފޯވާޑް ކިލިއަން އެމްބާޕޭ ގަތުމަށް ރެއާލް މެޑްރިޑުން އެ ޓީމަށް ކުޅޭ ކޮލަމްބިއާގެ މިޑްފީލްޑަރު ޖޭމްސް ރޮޑްރިގޭޒް ވިއްކާލަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 18 އަހަރުގެ އެމްބާޕޭ ވަނީ ފްރާންސް ލީގުގައި މިހާތަނަށް 14 ލަނޑު ޖަހައި އަށް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. މޮނާކޯ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ގެންގޮސްދިނުމުގައި އެމްބާޕޭގެ ދައުރު ބޮޑެވެ. އަދި އެ ޓީމު މި ފަހަރު ފްރާންސް ލީގުގެ ހޯދުމުގެ ފުރުސަތު ބޮޑު ކޮށްފައިވާއިރު، ލީގުގައި ވެސް އެމްބާޕޭ އަންނަނީ ތަފާތު ދައްކަމުންނެވެ.
ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ވަނީ ދާދި ފަހުން އެމްބާޕޭ އަށް ތައުރީފްކޮށް ވާހަކަ ދައްކައިފަ އެވެ. އަދި ރެއާލުން އަބަދުވެސް މޮޅެތި ކުޅުންތެރިންނަށް ފާރަލާނެ ކަމަށާއި އެމްބާޕޭ އަކީ ވެސް ތަފާތު ކުޅުންތެރިއެއް ކަމަށް ވަނީ ބުނެފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ރެއާލުން ވަނީ އެމްބާޕޭ އަށް 84 މިލިއަން ޕައުންޑްގެ ބިޑެއް ކުރުމަށް ނިންމައިފަ އެވެ. އަދި އެމްބާޕޭ އަށް ޖާގަ ދިނުމުގެ ގޮތުން ރެއާލުން ވަނީ ޖޭމްސް ވިއްކާލަން ނިންމައިފަ އެވެ.
ރެއާލުގެ ކޯޗުކަމާ މިދިޔަ އަހަރު ޖެނުއަރީ މަހު ޒިދާން ހަވާލުވި ފަހުން ޖޭމްސް އަށް އެ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބެނީ މަދު ފަހަރަކު އެވެ. ޖޭމްސްގެ ބަދަލުގައި މި ސީޒަނުގައި ޓީމުގެ ފުރަތަމަ އެގާރައިން ގިނައިން ފުރުސަތު ދީފައިވަނީ އިސްކޯ އާއި މާކޯ އަސެންސިއޯ އަށެވެ.
ކޮލަމްބިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޖޭމްސް ވަނީ މި ސީޒަން ނިމުމާ އެކު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން ނިންމައިފަ އެވެ. އެހެން ނަމަވެސް ރެއާލްގެ ކޯޗު ޒިދާން ވަނީ އެކަން ދޮގުކޮށްފަ އެވެ.
ޖޭމްސް ހޯދަން އިޓަލީގެ ޔުވެންޓަސް އާއި ފްރާންސްގެ ޕީއެސްޖީ އަދި އިނގިރޭސި ދެ ކްލަބް ކަމަށްވާ ޗެލްސީ އާއި ލިވަޕޫލުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެންދެމޭ ބޭބެ
17 May 2017
އޭނައަށް ކިޔަނީ ހަމޭސް އިނގޭތޯ. ހަމަ އެނގޭތީ ބުނެލީ
ޟިހަރު
17 May 2017
އަދި ރަނގަޅުވާނެ
ލޮލް
17 May 2017
ޖޭމްސް އޭ؟؟ ކޮން ޖޭމްސް އެއް؟ ރަނގަޅު ގޮތަކީ ހަމޭސް ރޮޑްރިގޭޒް..ލޮލް
ޖޭމްސް
17 May 2017
މާ ޖޭމްސް ވެގެން އުޅެފަ އެންމެ ފަހުން ކެހި ދެނީ.
ޒިދާނު
17 May 2017
އެކަމަކު އަދިވެސް ހަމެސް އަކީ މި ސީޒަނުގައި ސްޕޭންގައި ގޯލްސް+އެސިސްޓް އެންމެ ގިނަ މިޑްފިލްޑަރ! އިސްކޯ އަރުވަނީ ބޭލް އިންޖަރީ ވީމަ!
އެސް.އެޗް.އެން
17 May 2017
މޮޅު މަޝްހޫރު ކުޅުންތެރިއެއް ވިއްކާލަން ނިންމުމުން އަބަދުވެސް ބަޔަކަށް ކޯޗު ކަމުނުދާނެ. އެކަމަކު ވިސްނާލަމާ ހިނގާ. މި ސީޒަންގައި މިހާތަނަށް ޖޭމްސްއަށް ފުރަތަމަ 11 އިން ޖާގަ ހައްޤުވާނަމަ ހަމަ އިސްކޯ އާއި އެސެންސިއޯ އަށްވެސް ހައްޤު. އެއް ޕޮޒިޝަނަކަށް ކުޅޭ މިޑްފީލްޑަރުން ގިނައިރު ޖޭމްސް ހުންނަނީ ކުޅެންލިބޭ ވަގުތު މަދުވެގެން ހިންހަމަ ނުޖެހިފަ. އެހެންވީމާ ރިއަލްއަށް އަދި ޖޭމްސް އަށްވެސް ރަނގަޅުވާނީ މިގޮތް