ވާރޭވެހި ފެންބޮޑުވެފައި އޮތް ހިތަދޫ މަގަކުން ކާރެއް ދުއްވާފައި ދަނީ: މިރޭ އެރަށް ވަނީ ނަގޫރޯޅިއެއް އަރާފައި.
17 މެއި 2017 - 22:46
އައްޑު އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހިތަދު އަށް މިރޭ ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. އެކަމަކު މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.
ފުލުހުން ބުނީ ހިތަދޫގެ ދެކުނު ސަރަހައްދަށް އެރި ނަގޫރޯޅީގައި 12 ގެއެއްގެ ފުރާޅު އެއްލާލައި، އެ ގެތަކުގައި މީހުން ދިރިނޫޅެވޭ ވަރަށް ގެއްލުންވެފައިވާ ކަމަށެވެ.
ހިތަދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ނަގޫރޯޅި އެރީ މިރޭ 10 ޖަހާކަންހައިރެވެ. މި ނަގޫރޯޅީގެ ސަބަބުން ހިތަދޫގެ ބޮޑުމަގުގެ ބައެއް ގެތަކަށް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ.
އެގޮތުން ގެތަކެއްގެ ފުރާޅު އެއްލާލައި، ފާރުތައް ބިމާ ހަމަވެ، ގެއެއްގެ ގޯތިތެރޭގައި ހުރި ބޮޑު ގަހެއް ވެސް ވެއްޓި ގެއްލުންތަކެއްވެފައިވާ ކަމަށް އޭނާ ބުންޏެވެ.
އެނގިފައިވާ ގޮތުގައި ނަގޫރޯޅި އެރި ސަރަހައްދުގެ ގެތަކުން މިހާރު ވަނީ ވަގުތީ ގޮތުން ރަށްކަލަކަށްޓަކައި ކަރަންޓް ވެސް ކަނޑާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗިކުސް
18 May 2017
މާލެ އާއި އެއްގޮތައް ރާއްޖެތެރޭގެ ވެސް އެބަޖެހޭ ޕަންޕު ބަހައްޓަން. ކޮންމެ ރަށެއްގަވެސް ފެންހިންދާ ނިޒާމް ގާއިމް ކުރުން ވަރަށް މުހިންމު.
އަލީ
18 May 2017
ދައުލަތަކަށް ރައްޔިތުން ޓެކްސް ދައްކައިގެން އިންތިޚާބުކޮށްގެން ގެންގުޅެނީ މިފަދަ ހިތާމަވެރި ކަންކަން ދިމާވީމާ ދައުލަތުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ ކުރިން އޮތް ހާލަތައް ދިރިއުޅުން ރުޖޫއަކޮށްދިނުމަށް އެހީ ވެދިނުމަށް. އެކަން އެގޮތަށް ކުރައްވާނެ ކަމަށް އުއްމީދުކުރަން.
ރަދީފް
18 May 2017
އައްޑޫ ހިތަދޫ ، ހާދަ ރީތި މަގެއް.
ކާލާބައިސާ
18 May 2017
އެކަމަކު ރާއްޖޭގެ މޫސުމާބެހޭ އިދާރާ އިން ހާމަކުރި މިފަހަރުގެ ހުޅަނގު މޫސުމަކީ އާދައިގެ މޫސުމެކޭ. އެކަމަކު ފުރަތަމަ ކޮޅިގަނޑާއެކުވެސް މި އިވުނީ ހިތާމަވެރި ހާދިސާއެއްގެ އަޑު. ތިޔަ ހާދިސާއިން ގެއްލުންވި އާއިލާތަކަށް ހެޔޮއެދުމާ ހަމްދަރުދީ ރައްދުކުރަން.
ދދ
18 May 2017
ޔާ ﷲ އަޅަމެން ނަގޫ ރޯޅި ޔާއި ނަގޫ ނެތ ރޯޅިޔާއި އެންމެހައި ނުރައްކަލުުން ސަލާމަތް ކުރަށްވާށި! ޢާމީން!
ޢަހަރެން
18 May 2017
ކޮބާ ޑިޒާސްޓަރ މެނޭޖްމަންޓް
މޮހޮނު
18 May 2017
އެވެރިން ނިދާފަ