ހިތަދު އަށް ރޭ އެރި ނަގޫރޯޅީގައި ގެއެއްގެ ފުރާޅު އެއްލާލާފައި.
18 މެއި 2017 - 16:10
އައްޑޫ ހިތަދު އަށް ރޭ ނަގޫރޯޅިއެއް އަރައި، ބޮޑެތި ގެއްލުންތައް ލިބުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ފަންޑެއް ގާއިމުކޮށްފި އެވެ.
ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ފަންޑަށް އެހީތެރިކަން ފޯރުކޮށް ދޭން ބޭނުންވާ ހުރިހާ އެންމެންނަށް އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. އެގޮތުން ފައިސާ އާއި ތަކެތީގެ ގޮތުން ވެސް ފަންޑަށް އެހީތެރިކަން ފޯރުކޮށް ދެވޭނެ ކަމަށް ބުންޏެވެ.
ކައުންސިލުން ބުނީ ފައިސާގެ ގޮތުން އެހިވާން ބޭނުންވާ މީހުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިތަދޫ ބްރާންޗްގައި ހުޅުވާފައިވާ އައްޑޫ ސިޓީ ކައުންސިލްގެ އެކައުންޓް ނަމްބަރު 004-700341-7708 އަށް ފައިސާ ޖަމާ ކުރުމަށް ފަހު، ކައުންސިލްގެ ހޮޓްލައިން ނަމްބަރު 7905003 އަށް އެސްއެމްއެސްއަކުން އެންގުމަށް އެދޭ ކަމަށެވެ.
ކައުންސިލުން ބުނީ ތަކެތީގެ ގޮތުން ވެސް އެހީތެރިކަން ފޯރުކޮށް ދެވިދާނެ ކަމަށެވެ. އެހެންވެ އެކަން ވެސް އެސްއެމްއެސްއަކުން އެންގުމުން ތަކެތި ފޯރުކޮށް ދިނުމުގެ އިންތިޒާމް ހަމަޖެހޭނެ ކަމަށް ބުންޏެވެ.
ހިތަދު އަށް ރޭ އެރި ނަގޫރޯޅީގައި އެ އަވަށުގެ 13 ގެއަކަށް ބޮޑެތި ގެއްލުންތަކެއްވެފައިވެ އެވެ. ހާއްސަކޮށް ގިނަ ގޭގޭގެ ފުރާޅު އެއްލާލައި، ގެއަށް ގެއްލުންވެފައިވެ އެވެ.
ހިތަދު އަށް ރޭ އެރި ނަގޫރޯޅީގައި ގެއެެއްގެ ގޯތި ތެރޭގައި ހުރި ގަހެއް ވެއްޓި ގެއްލުންވެފައި.
މިކަމާ ގުޅިގެން ހުޅުވި ފަންޑަށް ފައިސާ އާއި ތަކެތި ހަދިޔާ ކުރަން ވަކި މުއްދަތެއް އަދި ކަނޑައަޅާފައެއް ނެތެވެ.
ދެހާސް ފަނަރަ ވަނަ އަހަރު ފޭދު އާއި މަރަދޫފޭދު އަށް ބޯކޮށް ވާރޭ ވެހި، ލިބުނު ގެއްލުންތަތަކާ ގުޅިގެން ވެސް ކައުންސިލުން ވަނީ ފަންޑެއް ގުޅުވައި ގެއްލުންވި ގެތަކަށް ފައިސާގެ އެހީ ދީފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރީ
19 May 2017
ސަުރުކާރަށް ބިލިއަނުން ބިލިއަނުން މިވަންނަ ޓެކްސް ފައިސާއިން މިކަހަލަ ކަންތައްތަކަށް ރައްޔިތުންނަށް އެހީ ނުދެވެނީ ކީއްވެގެންބާ؟ މީ މަދު މީހުންކޮޅެއް އުޅޭ މުޖްތަމައުއެއް، އެކަމަކު ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓުއަރިޒަމް އިންޑަސްޓްރީ އޮންނަ އިރުވެސް މިފަދަ ވަގުތެއްގެ ރައްޔިތުންނަށް ކޮށްދެވޭނެ ކަމެއްވެސް ނޯވޭ. ކީއްކުރާ ސަރުކާރެއްހޭ!
ޭޭޢޢޢޑޢޭޑ
19 May 2017
އިސްލާހުވާންޖެހެ