ސެމްސަންގުން އެންމެ ފަހުން ނެރުނު ފޯނު: އުރީދޫން ވެސް ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް އެ ފޯނު ވިއްކަން ފަށާފައި.
22 މެއި 2017 - 10:28
ސެމްސަންގް ގެލެކްސީ އެސް8 އާއި ސެމްސަންގް ގެލެކްސީ އެސް 8 ޕްލަސް ގަންނަ މީހުންނަށް ޚާއްސަ ޕެކޭޖްތަކެއް އުރީދޫން ތައާރަފްކޮށްފި އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުވާސަލާތީ ޚިދުމަތް ދޭ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސެމްސަންގްގެ އެންމެ ފަހުގެ ސްމާޓްފޯނާ އެކު 36 ޖީބީގެ ހިލޭ ޑޭޓާ ލިބޭ ޕެކޭޖެކެވެ.
އުރީދޫން ހަމަޖައްސާފައި ވަނީ ފޯނު ގަތުމަށްޓަކައި ފުލް ޕޭމަންޓް ދައްކާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެއް އަހަރުގެ މުއްދަތަށް މަހަކު ތިން ޖިބީ ޑޭޓާ ލިބޭ ގޮތަށެވެ.
އެ ކުންފުނިން އެސް 8 ފޯނެއް ވިއްކަނީ 12,499ރ. އަށެވެ. އަދި ސެމްސަންގް ގެލެކްސީ އެސް 8 އެއް ވިއްކަނީ 13،499ރ. އަށެވެ. އުރީދޫގެ ކަސްޓަމަރުންގެ ތެރެއިން މަހުން މަހަށް ފައިސާ ދައްކާ ގޮތަށް ފޯނު ގަންނަ ފަރާތްތަކަށް އެއް އަހަރަށް ބަހާލައިގެން މަހަކު 900ރ. ދެއްކޭ ޕްލޭނެއް ވެސް ތައާރަފްކޮށްފައިވެ އެވެ. އެ ޕްލޭންގެ ދަށުން 2،000ރ. ޑައުންޕޭމަންޓްގެ ގޮތުގައި ދެއްކުމަށް ފަހު ޕޯސްޓްޕެއިޑް 249، 299، 399، 499، 749، 899، 999، 1499 ނުވަތަ 1999 ޕެކޭޖް ނަގާ ކަސްޓަމަރުންނަށް އެސް8 ފޯނެއް މަހަކު 900ރ. ދައްކާ ގޮތަށް ދޫކުރެ އެވެ. އަދި އެސް8 ޕްލަސް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް މަހަކު 1،000ރ ދައްކާ ގޮތަށް ދޫކުރެ އެވެ.
އުރީދޫން ބުނީ ފުލް ޕޭމަންޓް ޕްލޭނާ އެއްގޮތަށް އިންސްޓޯލްމަންޓް ޕްލޭން ބޭނުންވާ ކަސްޓަމަރުންނަށް ވެސް އެއް އަހަރުގެ މުއްދަތަށް، މަހަކު ތިން ޖިބީ ޑޭޓާ ލިބޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދާންދޫ ކައުންސިލަރު
22 May 2017
މަމެންވެސް ގަނެލަންވީ ދޯ. ދާންދޫ ރައްޔިތުން ވަރަށް ލާރި އޮންނާނެ. ވަރަށް ސަލާން. ޝުކުރިއްޔާ
ހާލިދު
22 May 2017
އެސް7 ބޭނުން ކުރާ މީހުން ސ8 ގަތުން ބުއްދި ވެރިއެއްނޫން.
ަސދ
22 May 2017
އަަހަރެން ހިތައްއަރާ މިފޯން ނުގަނެ ދުވަސްކޮޅާކު މަޑު ކޮށްލެވުނު ނަމައޭ. ޗާޖަރުގުޅައިގެން ޓަޗްސްކރީން ރަނަގޅަކަށް މަސައްކަތެއް ނުކުރޭ..ދޭތެރެ ދޭތެރެއިން ޑޭޓާ އޮން ކޮށްފައި ހުއްޓަސް މައްސަލަ ޖެހޭ. އަދި މަހެއް ނުވަތަ 2 މަހަށް މަޑުކޮށްލުމަށް ދަންނަވަން. އެއިރުން އަގުހެޔޮކޮށް ކުދި ކުދި މައްސަލަ ހުންނަ ފޯނެއް ލިބުނަސް ހިތްހަމަ ޖެހޭނެ. ނަމަވެސް މިއީ ރީތި ފޯނެއް
ޖީޖޫ
22 May 2017
ޖީ އެސް ޓީ ނުލާ އަގުޖަހާފައެއީ އޮޅުވާލުން ނޫން ދެންކޮންކަމެއް..ޖީއެސްޓީ ނުލާ އަގުކިޔާކަަމަށްވަންޏާމު އެވާހަކަވެސް ބުނަންޖެހޭ އެބަ، ހުރހާކަމެއްވެސް ކަސްޓަމަރުންނަށް އޮޅޭގޮތަށް!
ކަންއޮތްގޮތް
27 May 2017
މުވާސަލާތީ ޚިދުމަތުގަ އަހަރުމެނާ ލައްވާލާފަމިއޮތީ ވަރަށްވެސް ހިތާމަވެރި ގޮތެކެވެ. ރައްޔިތުން ފެލުމުގައި ހަމައެއްލަމައެއް އިންސާފެއްނެތެވެ. ރާއްޖޭގެ ކުންފުނިން މީގެފޯނެއް އިންސްޓޯލްމަންޓަށް ވިއްކަނީ 16 ހާސް + އަށެވެ. ޖީއެސްޓީއާއިއެކުގައެވެ. މިމީހުން ޖީއެސްޓީ ނުލައި 13 ހާހަށް ވިއްކިނަމަވެސް އެއަގަށްވުރެ ރަނގަޅެވެ.