ރޯދަ ހަދިޔާ އަށް ބެހުމަށްޓަކައި ކިހާދޫގައި ކާށިތައް އެއްކޮށްފައި.
25 މެއި 2017 - 11:29
ބ. ކިހާދޫގެ ކޮންމެ މީހަކަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި ފަސް ކާށި ދިނުމަށް އެ ރަށު ކައުންސިލުން ނިންމައިފި އެވެ.
ކިހާދޫގެ ރެޖިސްޓަރީގައި އޮތް ކޮންމެ މީހަކަށް ރޯދަ ހަދިޔާގެ ގޮތުގައި ކާށި ބަހާއިރު، ޖުމުލަ 475 މީހަކަށް ކާށި ލިބޭނެ ކަމަށް ކައުންސިލްގެ ޒިންމާދާރުވެރިޔާ އަބްދުﷲ ނަސީމް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ މާލިއްޔާގައި ނެތް ރޯދަ ހަދިޔާގެ ގޮތުގައި ކަރަންޓް ބިލް ދައްކައިދީ ބޮޑެތި އަދަދުން ފައިސާ ދެވޭކަށް. އެހެންވެ ރައްޔިތުންގެ ރުއްގަނޑުން މިފަހަރު މިދެނީ ކޮންމެ މީހަކަށް ފަސް ކާށި،" ނަސީމް ވިދާޅުވި އެވެ. "އެމީހަކު ބޭނުން ފަސް ކާށި ހޮވައިގެން ގެންދަންވީ." ކިހާދޫ ކައުންސިލުން ބުނީ ރަސްމީ ގަޑީގައި ރުއްގަނޑަށް ގޮސް އެ މީހަކު ބޭނުންވާ ފަސް ކާށި ކައުންސިލަށް ދެއްކުމަށް ފަހު ގެންދެވޭނެ ކަމަށެވެ. ކައުންސިލުން ކަނޑައަޅާފައި ވަނީ ރޯދަމަހުގެ 15 ވަނަ ދުވަހާ ހަމައަށް ކާށި ބަހައި ނިންމުމަށެވެ.
ރޯދަމަސް ފެށެން ދެ ދުވަހަށް ވެފައިވާއިރު، އެކި ރަށްރަށުގެ ކައުންސިލްތަކުން މިފަހަރު ވެސް އަންނަނީ ރޯދަ ހަދިޔާގެ ގޮތުގައި ރައްޔިތުންނަށް ތަފާތު ހަދިޔާތައް ބަހަމުންނެވެ. ކަރަންޓް ބިލުގެ އެއްބައި ދައްކައި ދިނުމާއި ކާޑުގެ ބާވަތްތައް ބެހުން ފަދަ ކަންތައް އެކި ރަށްރަށުން ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަގެ
25 May 2017
ބުނަންރަނގަޅު ވާހަކައެއް. ކާށިބަހަނީކީނޫން. ވަލުން ހޮވަން ޖެހެނީީ. އަދި ހޮވާފަ ކައުންސިލަށްދައްކާފަ ބޭނުން ކުރެވެނީީ. އެވެސް އަދި
ހަސަނު
25 May 2017
ހޯރަފުށީ ކައުންސިލުން ކޮއްދެނީ ކޮންކަމެއް ؟
ކެކެކެކެ
25 May 2017
ވަރަށް ސަޅި ދިވެހި އަދި ރޯދަމަހާއި ގުޅޭ ހަދިޔާއެއްތިޔައީ..ތިޔަރަށުމީހުންނަށް ވަރަށްވެދުން، ރަމަލޯން މުބާރިކު..
ރިޒާ
25 May 2017
5 ކާށީގެ އަގު މިހާރުހުރީ 100 ރުފިޔާ އަށް. މިސާލަކަށް 7 މީހުންގެ އާއިލާއަކަށް 5 ކާށީގެ މަގުން އެލިބެނީ 700 ރުފިޔާ. އެހެން ކަމުން މީ އާދައިގެ އާއިލާއެއްގެ ކަރަންޓްބިލް ގައިގަނޑަކަށް. މިކިޔުނީ ވަރަށް ވާހަކަ ކަމަށް ވެދާނެ. ވަރަށް ފުރިހަމް މިސާލެއްމީ އަހުވަންތަކަމުގެ.
އަލިފް
25 May 2017
އެބަޔަކަށް ލިބޭވަރަކުން އަބަޔަކު ކަންކޮށްދޭނީ! ވަރަށް އުހާވެއްޖެ ދެއްކުންތެރިކަމެއްނެތި އެބައެއްގެ ހުރި ވަސީލަތަކުން ކަންކޮށްދޭތީޥެ
މަހޭ
25 May 2017
ދެރައީ ބައެއް ކައުންސިލް ތަކުން ތިވަރުވެސް ކޮށް ނުލާތާގަ މީ ރޯދަހޭވެސް ރައްޔިތުން ގާތު އަހާނުލާތީ... ކުޑަމިނުން ރޯދަމަހު ތަރާވިސް ނަމާދު ކުރާނެ މީހަކު ވެސް ހޯދަން ޖެހެނީ ގިނަފަހަރު ރަށުގައި އުޅޭ ހެޔޮ އެދޭ ކޮންމެވެސް މީހަކު.... ރަށު ކައުންސިލް ހަމަ ޓައީ އަޅާފަ ކޮޅުހިމަ ބޫޓަށް އަރާފައި ދެކޮޅަށް ހިގާލަ ހިގާލަ....
ޕްރިންސެސް
25 May 2017
ވ ރަގަޅު...ބޭނުންވަނީ ބޭނުން ހިފޭ އެއްޗެއް ދިނުންނޫންތޯ...ކާއްޓަކީ ރޯދަމަހަށް ކިހާ މުހިއްމު އެއްޗެއް...
ސައްދާމް
25 May 2017
ރަނގަޅު ލިބޭ މިންވަރަކުން ބަލައިގެން ތާ ހަރަދު ކުރެވޭނީ......
އަޝްރަފް
25 May 2017
ވަރަށް ރަނގަޅު ނިންމުމެއް. ބޮޑެތި އަދަދުތަކުން ހަދިޔާ ދީ ދެއްކުންތެރިކަން އިސްކުރުން މުހިންމެއްނޫން. ހެއު ނިޔަތުގައި ކުރާ ކޮންމެ ކަމެއްގައި މާތްﷲ ބަރަކާތް ލައްވާނެ.
ކައުންސިލީ
25 May 2017
ރައްޔިތުންގެ ރުއްގަނޑުން ފަސް ކާށި ކައުންސިލަށް ދެއްކުމަށް ފަހު ގެންދެވޭނެ. ހަމަ އެއްތަަކު އެއްނުން މިޖެހުނީ. ޕަކަޕަކާސސސސސސސސސސސް. :')