ލިޓަސް އޮޓޯމޮބައިލްސް އިން ހިންގާ ޕްރޮމޯޝަނުގައި އެކި ރޯދަ ހަދިޔާތައް އިނާމުގެ ގޮތުގައި ހުރީ ކަނޑައަޅާފައި.
29 މެއި 2017 - 18:50
ލިޓަސް އޮޓޯމޮބައިލްސްއިން ރޯދައިގެ ރޫހުގައި ކަސްޓަމަރުންނަށް ރޯދަ ހަދިޔާ ތައާރަފްކޮށްފި އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސައިކަލްގެ ވިޔަފާރިކުރާ ކުންފުނިން އެ ޕްރޮމޯޝަން ކުރިއަށްގެންދަނީ އަންނަ މަހުގެ 24ގެ ނިޔަލަށެވެ. އެ ޕްރޮމޯޝަން ގައި ލިޓަސްގެ ކަސްޓަމަރުންނަށް ދޭ އިނާމުތަކުގެ ތެރޭ ރޯދަ ވީއްލުމަކާއި ވިޔަފާރިކުރުމުގެ ވައުޗަރަކާއި ބެކޯ ބްރޭންޑްގެ ހޭންޑް މިކްސަރަކާއި ވެކިއުމް ކްލީނަރެއް ހިމެނެ އެވެ.
ލިޓަސް އިން ބުނީ އިނާމުގެ ގޮތުގައިދޭ 1،500ރ. ގެ ރޯދަ ވީއްލުން ހަމަޖައްސާނީ ލިޓަސްގެ ފިހާރައެއް ހުންނަ ސަރަހައްދަކުން ހޮވާލާ ފެންވަރު ރަނގަޅު ރެސްޓޯރަންޓަކުން ކަމަށެވެ. އަދި 1،500ރ. ގެ އަގުހުރި ވިޔަފާރި ވައުޗާ އަކީވެސް ލިޓަސް ފިހާރައެއް ހުންނަ ސަރަހައްދަކުން ހޮވާލާ ރަނގަޅު ފިހާރައަކުން ބޭނުންކުރެވޭނެ ވައުޗާއެއް ކަމަށް އެ ފިހާރައިން ބުންޏެވެ.
ލިޓަސް ރޯދަ ހަދިޔާ ޕްރޮމޮޝަން ތެރޭ އިންސްޓޯލްމަންޓް ފައިސާ ދައްކާ ފަރާތްތަކަށް ކަރާ ވަށިގަނޑެއް ހަދިޔާއެއްގެ ގޮތުގައި ލިބޭނެ.
އޭގެ އިތުރުން އެ ފިހާރައިން ސައިކަލު އިންސްޓޯލްމަންޓަށް ނަގާ ފަރާތްތައް ޕްރޮމޯޝަން ތެރޭ ފައިސާ ދައްކާ ކޮންމެ ފަހަރަކު ކަރާ ވަށިގަނޑެއް ހަދިޔާ ކުރަން ވަނީ ހަމަޖެހިފަ އެވެ. ލިޓަސްއިން ވިޔަފާރީގެ އާންމު ރޭޓްކުގައި ޑިސްކައުންޓްތައް ދޭން ނިންމާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy