ޗިލެކްސް ކެފޭ: މިތަން ބަންދުކުރީ ހައުސިން މިނިސްޓްރީގެ އެދުމަކަށް ކަމަށް ފުލުހުން ބުނޭ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
10 ޖޫން 2017 - 23:19
ކާނިވަލުގައި ހިންގާ މަޝްހޫރު ކެފޭ "ޗިލެކްސް" ފުލުހުން ގޮސް މިއަދު ހަވީރު ބަންދުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ޗިލެކްސް ކެފޭ ބަންދުކުރީ، އެތަން ހުސްކުރަން ހައުސިން މިނިސްޓްރީން މަސައްކަތް ކުރާތީ، އެ މިނިސްޓްރީގެ އެދުމަކަށެވެ.
"އެތަން ހުސްކުރުމުގެ މަސައްކަތް ކުރަނީ ހައުސިން މިނިސްޓްރީން. އެކަމަށް އަޅުގަނޑުމެން ސެކިއުރިޓީ އެބަ ފޯރުކޮށްދެން،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
ޗިލެކްސް ކެފޭ ހިންގުމުގައި އިސްކޮށް ތިއްބެވި ދެ ބޭފުޅުންގެ ތެރެއިން އެކަކީ ނައިބު ރައީސް އަބްދުﷲ ޖިހާދާ އާއިލީ ގޮތުން ތިމާގެ ބޭފުޅެކެވެ.
ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލް ވިދާޅުވީ ޗިލެކްސް ބަންދުކުރީ އެތަނުގައި ގާނޫނީ މައްސަލަތަކެއް ހުރުމާއި އެ ކެފޭ ހުރި ސަރަހައްދު ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައިވާތީ ކަމަށެވެ.
"ކާނިވާ ހިމެނޭ ސަރަހައްދު ތަރައްގީ ކުރުމަށް މި އަހަރުގެ ބަޖެޓުގައި ވެސް އަޅުގަނޑުމެން ވާނީ ހިމަނާފައި. ހަމައެކަނި ޗިލެކްސްއެއް ނޫން. އެ ސަރަހައްދުގެ އެހެން ބައެއް ތަންތަނަށް ވެސް ވާނީ މިހާރު ނޯޓިސް ދީފައި،" ފަޒާލް ވިދާޅުވި އެވެ.
ޗިލެކްސް ކެފޭ: މިތަން ބަންދުކުރީ ހައުސިން މިނިސްޓްރީގެ އެދުމަކަށް ކަމަށް ފުލުހުން ބުނޭ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
ސަރުކާރުގެ ބައެއް އިސްބޭފުޅުންނާއި ވެރިކަންކުރާ ޕީޕީއެމްގެ މަޖިލިހުގެ ބައެއް މެމްބަރުން ވެސް ވަރަށް ގިނައިން ވަޑައިގެން ޚިދުމަތް ހޯއްދަވާ ޗިލެކްސް އިން ވާހަކަ ދެއްކެވި އިސްވެރިއަކު މިރޭ ވިދާޅުވީ އެ ކެފޭ ބަންދުކުރި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"ކޯޓު އަމުރެއް ވެސް އަޅުގަނޑުމެންނަކަށް ނުދައްކާ. ކުއްލި ގޮތަކަށް އައިސް ބަންދުކުރަން އެންގީ،" އޭނާ ވިދާޅުވި އެވެ.
ފުލުހުން މިހާރު ވަނީ ޗިލެކްސް ކެފޭގެ ވަށައިގެން ޓޭޕް ދަމައި، އެތަން ހުޅުވުން މަނާކޮށްފައި ކަމަށް އެ ކެފޭގެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޗިލެކްސް ބަންދުކުރަން އިއްޔެ ވެސް ފުލުހުން ދިޔަ އެވެ. އެކަމަކު ކޯޓު އަމުރެއް ނެތުމުން އެ ޝަކުވާ ކުރުމުން ފުލުހުން އަނބުރާ ދިޔައީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ުއަންނޯން
11 June 2017
އެގިގެން ނަމަވެސް ނޭގި ނަމަވެސް ހައުސިން މިނިސްޓްރީ އިން ކޮންމެ ދުވަހަކު ގެންދަނީ ސަރުކާރާ އިދިކޮޅަށް ދުޝްމަނުން އުފައްދަމުން. ޗިލެކްސް އިން އާމްދަނީ ލިބިލިބި ތިބި ހުރިހާ އާއިލާއެއް އިދިކޮޅަށް ކަމަރުބަދެލައިފި. ޝުކުރިއްޔާ ޑޮކް.
އިސްމާއިލް
12 June 2017
ކޮންވާހަކައެއް... ނުކުންނާށޭ ބުނީމަ ނުކުމެބަލަ.... ކޮންމެމީހަކުވެސް މި ވަނީ، ފަހަތު ދޮރުން ވަދެ ފައިދާނަގަނަގަ ހުންނަން، އެކަމަކު އަޑުގެ ނެތްތަނައް ގޮވާނެ ގައުމު ރަގަޅު ނުވަނީ ކީއްވެގެން ހޭ؟؟؟ ބޯހަލާކު!
އިންސާފްވެރިޔާ
11 June 2017
ތިޔަތަން ބަންދުކުރަންވީތާ ކޮންދުވަހެއް. ތިޔަތަނަށް ފަހުން އިތުރު ކުރެވުނު ބަޔަކީ ކިހިނެއް ކޮންގޮތަކުން ހޯދި ތަނެއްކަމެށް އިގޭމީހެއްނެތް. އެބައިގެ ވީ.ވީ.އައި.ޕީ ތެރޭގައި ސަރުކާރުގެ މަޖްލިސް މެމްބަރުންނާ ކުންފުނި ތަކުގެ އެމް.ޑީ އިންނާ ސީ.އީ.އޯ އިންނާ ބަޔެއް މިނިސްޓރުން ސަރުކާރު ތެރެއިން އެބައިމީހުންނަށް ފައިދާވާނެ ގޮތަށް ކޮރަޕްޝަންގެ އެތަށް ބައިވަރު އަމަލެށް ރާވާ ހިންގަމުންދާ ތަނެއް ޗިލެކްސްއަކީ. މިހާރު ސަރުކާރުގެ ކުންފުނި ތަކުގެ ވެރިންގެ މަޤާމްތަކަށް އަންނަ ބަދަލްތަކުން ރައްޔިތުންނަށް އެއީ ކޮންބަޔެއްކަން ވަރަށް ސާފްކޮށް ފެންނަން އެހެރީ. ކޮރަޕްޝަންގެ ވަރަށްބޮޑު ނެޓްވޯކެއްގެ ހެޑް އޮފީސް ތިޔަ ބަންދުކުރެވުނީ. އެބައިމީހުން ހިންގި ޖަރީމާ އެތަށް ބިލިޔަން ރުފީޔާ އަކަށް އަރައިގެން ދާނެ. ކުޑަ ދުވަސްކޮޅެއްތެރޭ އެބައިމީހުން ތިބޭނީ އިދިކޮޅު ފަރާތްތަކާ އެކު.
ޔޫސޭ
11 June 2017
ޤާނޫނު ފުރިހަމަޔަށް ހިނގާނެ ކަމުގެ ފުރިހަމަ މިސާލެއް
GAN Island
11 June 2017
ރައްޔިތުންނަށް އަބުރާ ބާރުލިބެން އޮތީ ދެން މަދު ދުވަސް ކޮޅެއް. އޭރުން ބަންދު ކުރާނީ ވަގުތީ ޕްލެޓް ފޯމް ގައި ހުރި ކެފޭ ތަކާއި ނަސަންދުރަ އާއި ކުޑަބަނޑޮސް ފަދަ ދައުލަތުގެ ޤާނޫނު އަސާސީ ކޮށާލާފައި ރައްޓެހިންނަށާއި ޅިޔަން ފަހަރުންނަށް އަދި ޖީބަށް ބައި އެޅޭ ގޮތަށް ދޫކޮށްފައި ހުރި ތަންތަން.
އެޑްމުންޑޯ
11 June 2017
ޗިލެކްސް އިން މިދައްކަނީ ދެން ވަރަށް ހެއްވާ ވާހަކަ އެއް ، ނޯޓިސް ފޮނުވާ ވަރުބަލި ވާއިރުވެސް ގަދަ ދައްކާގެން ތިބެނީ ؛ ދެން ފުލުހުންގެ އެހީތެރިކަމާއި އެކު ބަންދުކުރީމާ އެބުނަނީ ނޭގެޔޭ ބަންދުކުރި ސަބަބެއް ،
ވޮޗްޑޯގް
11 June 2017
ސަރުކާރު ވެރިންނަށް ޖިޒީ ނުދައްކާ ކަމަށް ބެލެވެނީ. ޖިޒީ ގަވާއިދުން ދައްކާނަމަ ތިގޮތަކަށް ނުވާނެ.
ސފއނ
11 June 2017
ޚަބަރާ ނުގުޅޭ ނަމަވެސް ޕްލޭނޭ ބުނީމާ ހިއްސާކޮށްލަން ހިތައް އެރީ؛ ޕްލޭނެއް އޮވެ ސަލްޓަން ޕާކް ހެދުމަށް އެމްޓީސީސީ އަށް ހަވާލުކުރި މަސައްކަތް ސަބް ކޮންޓްރެކްޓަރުން މަތިމައްޗަށް ހަވާލުކޮށް އެންމެ ފަހުން ޖުލައި 26 އަށް މަސައްކަތް ނުނިމޭނެތީ ސިފައިންނަށް މަސައްކަތް ހަވާލުކޮށްފި. ސިފައިން 24 ގަޑިއިރު މިއަޅުކަމުގެ މަސްވަރުގައި ސަލްޓަން ޕާކް ހެދުމުގައި. ތިޔަތަންވެސް އެންމެފަހުން ތަރައްގީ ކުރާނީ ހަމަ ސިފައިން.. ބޮޑު ފާލަން ވެސް ދިޔަ ރޮނގު މިދެންނެވީ.. ހުޅަނގު ހާބަރު ކަޑަތަށް، ކާނިވާ މިސްކިތް އަދި ވިޔަފާރި ހުސްބިންވެސް ތަރައްގީ ކުރުމަށް ސިފައިންނާ ހަވާލުވުން އޮތީ.. ޗީފް ކްރެޑިޓް..
ސަލަބް
11 June 2017
އެހެންތަ. ދެން ބައެއް މީހުން ބުނޭ މިއީ ސިފައިން ރުހޭ ސަރުކާރެކޭ. އެހެންވީމަ އެމީހުންގެ ވަޒީފާގެ އިތުރުން މިސަރުކާރުގެ އަޅުމަސައްކަތް ކުރުން އެއީ މައްސަލައެއް ނޫން.
ކެރޭނެތަ
11 June 2017
މަތާއީދު ވަށައިގެން ހުރި ހުރިހާ ކެފޭއެއް ބަންދުކުރަން އެކަމަކު އެކަމެެއް ނުކުރާނެ. މިހާރުވެސް އެބަހަދާ ބުރިބުރިއަށް އެތާގަތަންތަން. ދިންގޮތެއް ދިންބައެއް އިނގެނިއްޔެއްނޫން ތިހިރަ ޑައިންމޯ ތަކާ ބްރޭކްވޯޓާއާއި ބްލޫ ބޭ އަދި ލެމަންގްރާސް ވެސް ބަންދުކޮށްބަލަ. އެހިސާބުގަނޑު މީހުން ހިތްހަމަޖައްސާލަން ނުކުމެ އުޅޭ ތަނެއްގެގޮތުގައި ބާއްވަ ދީބަލަ. ތިޔަކެފޭތަކުން ކުޑަޖަހަމުންގޮސް މުޅިހިސާބު ފުރާލައިފި. ދެން މިޅިތާގައި ސިގުރޭޓު ބުއިން ނޫންކަމެއް ނުކުރޭ. މާލޭގައި ކެފޭމަދެއްނޫން. ރަސްފަންނުގޮތަށް ތިޔަހިސާބުތައް ވެސް ހިޅުވާލާފަ ބޭއްވުން ރަނަޅުވާނެ. ބަޔަކު ބޮޑެތި ވިޔަފާރި ހިންގިމަށްވުރެ އެންމެންގެ ހިތްއުފާކުރާން އެތަންތަން ހުސްކުރޭ.
ނަފްރަތުގެ ހުޅުކޮޅު
11 June 2017
ފުލުހުން ހައުސިން މިނިސްޓްރީން ބުނާހާ ތަނެއް ބަންދުކޮށްދޭ ނަމަ ތިޔައީ ބޮޑެތި އިންވެސްޓްމަންޓް ތަކަށް މިގައުމުގައި ހުރި ހާދަހާ ބޮޑު ނުރައްކަލެކޭ! ހަމަ ހައިރާންވެ އަންތަރީސްވާވަރުވޭ..! މީގެ ކުރީންވެސް ތިތަނުގައި މިސްކިތެއް އަޅާށޭ ކިޔާގެން ފުލުހުން ލައްވާ ތަންތަން ހުސްކުރިވީ.. އެކަމަކު މިސްކިތެއް ވެސް ނޭޅުނު.. ޕާޓިގެ މީހުންނަށް ހުސްކުރި ތަންތަން ލިބުނީ.. އެންމެފަހުން ސައުދީ ރަސްގެފާނު އަންނާތީ މިސްކިތް އަޅާށޭ ކިޔާގެން ޖެހިގެން އޮތް ހުސްބިން ވަށާ ޓިނުޖަހާ ބަންދުކޮށް އެތާ ހުރި ފަސްފުނި ހުސްކޮށް ގަސްތައް ކަނޑާ ހީވި ހަމަ ދެންމެ ދެންމެ މިސްކިތެއް އެޅިހެންވެސް.. އެކަމަކު ނިކަން ބަލާ މިހާރު! ސައުދީ ރަސްގެފާނު އައުން ހުއްޓާލީ އެތަން މަޑުމަޑުން ރޫޅަމުން ގޮސް މިހާރު މަސައްކަތުގެ ހިލަމެއްވެސް ނެތް! ތާކުންތާކުން ނުޖެހޭ ހުސް ހޮޅި އެއްވެސް ކަހަލަ ހަރުދަނާ ޕްލޭނެއް ނެތި ރައްޔިތުންނަށް ޓްރާންސްޕޭރަންޓް ކަމެއް ނެތި ރައްޔިތުންގެ ހިޔާލު ހޯދުމެއް ނެތި މާލޭގެ ބިންތައް ހައުސިން މިނިސްޓްރީން ބޭނުންހާ ގޮތެއް ހަދަމުން އަނބުރަމުން މިދަނީ! މިއީ ސިޓީ ކައުންސިލްގެ ބާރު ކަނޑުވާލީމާ ވާގޮތް މިވަނީ.. ރައްޔިތުންގެ ބަހެއް ނެތި.. ތަށިމަތީގައި އިދެ އަންނަ އިބިލީސްގެ ޚިޔާލަށް ނޫނީ ހިތުގައި އުފޭދޭ ނަފްރަތަކަށް ރިއެކްޓްކުރާ ސަރުކާރެއް އަދު މިގައުމުގައި މިއޮތީ.. ވިޔަފާރި ކުރެވެނީވެސް ވަކިބަޔަކަށް.. މިވަރުންދާނަމަ މީސްމީހުންގެ މުދަލާ ގޯތި ގެދޮރު ބަންދުކުރުމަކީ ވެސް ދުރުގައިވާ ކަމެއް ނޫން...
ޢަރިފް
11 June 2017
ބްރަދަސް ކެޓަރިންގ