ތުރުކީގެ ރައީސް އުރުދުޣާން: ގަތަރު މައްސަލަ ހައްލު ކުރެއްވުމަށް ގެންދަވަނީ މަސައްކަތް ކުރައްވަމުން. --ފޮޓޯ:ރޮއިޓާސް
14 ޖޫން 2017 - 15:27
އަންކާރާ (ޖޫން 14) - ގަތަރު އެކަހެރި ކުރުމަކީ އިންސާނިއްޔަތު ކަމެއް ނެތް، އިސްލާމީ އުސޫލާ ޚިލާފު ކަމެއް ކަމަށް ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދާޣާން ވިދާޅުވެއްޖެ އެވެ.
ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވަނީ ގަތަރު މައްސަލަ ހައްލު ކުރުމަށް ސައުދީ އަރަބިއާ އިން އިސް ރޯލެއް އަދާކުރުމަށް ގޮވާލައްވައިފަ އެވެ.
"ތުރުކީއާ އެކު އިސްލާމިކް ސްޓޭޓް (އައިއެސް)އާ އެންމެ ބޮޑަށް ދެކޮޅު ހެދި ގައުމަކީ ގަތަރު. އެ ގައުމާ ދެކޮޅަށް މި ހިންގާ ކެމްޕޭނުގެ މަގްސަދެއް ނެތް،" އުރުދުޣާން ވިދާޅުވި އެވެ. "ގަލްފުގެ ލީޑަރެއްގެ ހައިސިއްޔަތުން ސައުދީ ރަސްގެފާން އިސް ނަންގަވާ މި މައްސަލަ ހައްލު ކުރަން ޖެހޭ."
އުރުދުޣާން ވިދާޅުވީ ކޮންމެ ގޮތަކުން ބެލި ނަމަވެސް އިސްލާމީ ގައުމެއް އެކަހެރި ކުރުމަކީ އިންސާނިއްޔަތު ކަމެއް ނެތް އިސްލާމް ދީނުގެ މަތިވެރި އުސޫލާ ވެސް ޚިލާފު ކަމެއް ކަމަށެވެ. އަަދި އެކަން އުރުދުޣާން ސިފަ ކުރައްވާފައި ވަނީ ގަތަރަށް ދިން މަރުގެ އަދަބެއްގެ ގޮތުގަ އެވެ.
ގަތަރާ ގަލްފުގެ ބައެއް ގައުމުތަކުން ގުޅުން ކަނޑާލީ އެ ގައުމުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ އެވެ. ނަމަވެސް ގަތަރުން އެކަން ދޮގު ކުރެ އެވެ.
ގަތަރާ ގާތް ގުޅުމެއް ބާއްވަމުން ގެންދަވާ އުރުދުޣާން ވިދާޅުވީ އޯއައިސީގެ ޗެއާގެ ހައިސިއްޔަތުން ވެސް ތުރުކީން ދަނީ ގަތަރު އެކަހެރި ކުރުން ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރަމުން ކަމަށެވެ. ތުުރުކީން ވަނީ ގަތަރަށް ކާބޯތަކެތި ފޮނުވަން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާބޮޑޭ
14 June 2017
ސައޫދީރަސްގެފާނެކޭ އަބްދުﷲބިންސަލޫލެކޭ ތަފާތެއްނެތެވެ ހުސްމުނާފިުންނެވެ
އަލީ
14 June 2017
ދެން ސައުދީ އަރަބިއްޔާއިން ފައިސާ ހަރަދު ކުރާނީ އުރުދުއާން ބައާވާތަކުން ވައްޓަން އަނެއްކާ އަނެއްފަހަރު ބަލައްޗޭ. އިޒްރާއީލް އެމެރިކާ އަދި ސައުދީ އަރަބިއްޔާ ބޭނުންވާ ކަންކަމަކީ ހަމަ އެއްކަންތައްތަކެއް މިހާރު.
ޔާ
14 June 2017
މީނަ ވަރުގެ ހަމަޖެހޭ، ރަނގަޅު، ކެރޭ ވެރިއެއް ނެތް އިސްލާމީ އުންމަތުގަ މިހާރު
އުދުހޭ
14 June 2017
ސަލްމާން ރަސްގެފާނަކީ ބޮޑާ އަދި ހަސަދަވެރި މީހެއްގެގޮތުގައި ފެންނަނީ. އެފަދަ މީހުން ދުލެއް ނުދޭނެ. އެކަމަކު މި ފިޔަވަޅުން ސައުދީ އިގްތިސޯދަށްވެސް ގެއްލުންވާނެ.
ސަނަސަ
14 June 2017
ތުރުކީ، އުރދުޣާންއަށް މަރުހަބާ... އިންޝާﷲ މައްސަލަ ހައްލުވާނެ.
ސާބަހޭ
14 June 2017
ސާބަހޭ ޒުވާން ލީޑަރ ތިޔައީ އުއްމަތުގެ މިޖީލުގެ ހާލިދު ބުން ވަލީދު.
އެހެންތޭ
14 June 2017
ކޯއްޗެއްތޭ އޭން ބުނެބަލަ. ގަތަރު ޖެހޭނީ ސައިޒުން ކެނޑެން ހަމަ އިނގޭތޭ ތަމެންނަށް.
ސޫފީންގެ ތުރުކީ
14 June 2017
ޢުރުދުޣާނަށް އިސްލާމްދީނުގައި ހަޖަރުކުރުމަކީ އޮންނަ އެއްޗެއްކަންވެސް ނޭގެނީއެވެ. ދީނުގެ ވާހަކަ ދެއްކުމުގެ ކުރިން އިލްމްވެރިން ކައިރިން ސާފުކޮއްލި ނަމަ، ތިޔަ ކަހަލަ ހޮޅި ވާހަކަ ނުދެއްކުނީހެވެ.
"މިހާރު"ގެ ފަހުރުވެރި ކިޔުންތެރިޔާ/ހދ.ކުޅުދުއްފުށި/ހާލުފޮޅި
14 June 2017
ގައިރު މުސްލިމު ގައުމުތަކުގައި ޓެރަރިޒަމާއި އިންސާނިޔަތާއި ހިލާފު އެތަށްކަމެއް ހިނގިނަމަވެސް ގަތަރާއި މެދު އަޅާފައިވާ ކަހަލަ އެއްވެސް ފިޔަވަޅެއް އެގައުމުތަކަށް ނާޅާތީ ސައުދީ އާއިމެދު ސުވާލު އުފެދޭ. އެކަމަކު ގަތަރަކީ މުސްލިމް ގައުމަކަށްވީ ހިނދު ޓެރަރިޒަމްގެ ތުހުމަތު ކުރާއިރު އެއީ ހެއްކެއް ފެންނަންވެސް ނެތް އަދި ގަބޫލު ކުރަންވެސް އުނދަގޫ ކަމެއް. ސައުދީ އިން ޔަމަނަށް ބޮން އަޅާ އެމެރިކާއިން ހަތިޔާރު ގަނެ ހެދުމަކީ ޓެރަރިޒަމަށް ނުވަނީ ކީއްވެތޯ؟ މީ ވަރަށް ވާހަކަ.