ގުދުސްގައި އިއްޔެ ހަމަލާ ދިން ސަރަހައްދު އިޒްރޭލް ސިފައިން ބަލަހައްޓަނީ. --ފޮޓޯ:ރޮއިޓާސް
17 ޖޫން 2017 - 17:15
ގުދުސް (ޖޫން 17) - ގުދުސްގައި އިއްޔެ ދިން ހަމަލާއެއްގައި އިޒްރޭލް ސިފައިންގެ އޮފިސަރަކު މަރާލާފައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަމަލާއެއްގައި ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.
މިއީ އިޒްރޭލުގެ ބާރުގެ ދަށުގައިވާ ސަރަހައްދަކަށް ހަމަލާ ދިން ކަމަށް އައިއެސް އިން ބުނި ފުރަތަމަ ފަހަރެވެ. އެކަމަކު އައިއެސް ބުނާ މި ވާހަކަ ފަލަސްތީނުގެ ގްރޫޕްތަކުން ވަނީ ދޮގުކޮށްފަ އެވެ. ގާޒާ ސްޓްރިޕްގައި ބާރު އޮންނަ ހަމާސް ޖަމާއަތުން ބުނެފައި ވަނީ އިޒްރޭލް ސިފައިންނަށް ހަމަލާ އަމާޒުކޮށްފައި ވަނީ އެ ޖަމާއަތުގެ މެންބަރުން ކަމަށެވެ.
ހަމާސްގެ ތަރުޖަމާނަކު ވިދާޅުވީ އައިއެސް އިން ދައްކާ ވާހަކަ އަކީ ދޮގެއް ކަމަށާއި އިޒްރޭލް ސިފައިންނަށް އަމާޒުކޮށް ހަމަލާ ދީފައި ވަނީ ހަމާސް އާއި ޕޮޕިއުލާ ފްރަންޓް ފޯ ލިބަރޭޝަން އޮފް ޕަލަސްތީން (ޕީއެފްއެލްޕީ) އިން ކަމަށެވެ.
"އެއީ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގާ ޖަރީމާތަކަށް ދިން ރައްދެއް،" އޭނާ ވިދާޅުވި އެވެ.
އިއްޔެ މެންދުރު ފަހު އިރުމަތީ ގުދުސްގެ ދިމިޝްގު ގޭޓުގައި އިޒްރޭލް ސިފައިންގެ މީހަކަށް ހަމަލާދީ ވަނީ މަރާލައިފަ އެވެ. ރައްދުގައި އިޒްރޭލް ސިފައިންގެ ހަމަލާގައި ފަލަސްތީނުގެ ތިން މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.
ހަމަލާ ދިން މީހުންގެ ނަންތައް ވަނީ އިޒްރޭލުގެ ދާޚިލީ ސެކިއުރިޓީ އެޖެންސީ ޝިން ބެތުން ހާމަކޮށްފަ އެވެ. ނަމަވެސް އައިއެސް އިން ބުނާ ނަންތަކާ އެ ނަންތައް ތަފާތެވެ.
އޮކްޓޯބަރު 2015 ގެ ފަހުން އިޒްރޭލުގެ ހަމަލާތަކުގައި ވަނީ ފަލަސްތީނުގެ 250 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފަ އެވެ. އެ މުއްދަތުގައި ފަލަސްތީނުގެ ހަމަލާތަކުގައި އިޒްރޭލް ސިފައިންގެ ތެރޭން މަރުވެފައި ވަނީ 42 މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިމްޖޮންގް
19 June 2017
ހަމާސް އާ އައިސިސްއާ ގުޅުވަންވެގެން ކަން ކަށަވަރު. ގަތަރާ ގުޅުން ކަނޑާލި އެންމެ ބޮޑު ބޭނުމަކީވެސް ހަމާސް ނައްތާލުން.
ސައުދު
18 June 2017
އިޒުރޭލާ ގުޅުންބަދަހިކުރާ ހުރިހާ މުސްލިމު ގުމުތަކުގެ ވެރިންނަކީ އަހަރެމެންގެ ދުސްމަނުން.
ހޫން
18 June 2017
ކޮން ބައެއް މިތަތުން ދޮގުހަދަނީ؟
ހަމާސް
18 June 2017
ދެން ތިވީ ހަމާސް އަކީ އައިއެސް ކަމަށް ބަލައި ހަމާސް ވުޖޫދުން ފޮހެލާށެވެ. ޤަޠަރާ ވެސް ގުޅުންކެނޑީ ހަމާސް އަށް އެހީތެރިވާތީއެވެ. އިޒްރޭލާއި އިޒްރޭލަށް ސިއްރިއްޔާތުގައި ވަގިވެރިވާ ޝާހީ ޚާންދާން ގެ ބަރު ނެތިކުރައްވާށި އާމީން
ދޮގު
17 June 2017
އިސްލާމުންނަށް އޮންނާނެ ދޮގުހެދުމުގެ ހުއްދަ
ޚަލޮ
18 June 2017
ޢެއީ ކިހިނަކުން ވާ ކަމެއް؟
احمد
17 June 2017
ސިޔާސީ ޑްރާމާ