ދުނިޔެ / ޑޮނަލްޑް ޓްރަމްޕް

ހިލަރީގެ މައްސަލަ ނުބަލާ ޓްރަމްޕުގެ ތަހުގީގު ހިންގާތީ ކޯފާވެއްޖެ

ރައީސް ޑޮނަލްޑް ޓްރަމްޕް: އޭނާގެ މައްސަލައެއް ތަހުގީގު ކުރާ ކަމަށް ވިދާޅުވި. --ފޮޓޯ:ގެޓީ އިމޭޖަސް

ވޮޝިންޓަން (ޖޫން 17) - އެމެރިކާގެ އިންތިޚާބުގެ ތެރޭގައި ރަޝިޔާއާ ގުޅުން ބޭއްވި މައްސަލާގައި ވާދަވެރި ކެންޑިޑޭޓް ހިލަރީ ކްލިންޓަނުގެ މައްސަލަ ނުބަލާ ހަމައެކަނި ޓްރަމްޕުގެ މައްޗަށް ތަހުގީގު ހިންގަވާތީ އެމަނިކުފާން ކޯފާވެވަޑައިގެންފި އެވެ.

"ހިލަރީ ކްލިންޓަނާއި އެކަމަނާގެ އާއިލާ އަދި ޑިމޮކްރެޓިކުން ރަޝިޔާއާ އެކު ހިންގި މުއާމަލާތްތައް ނުބަލާ ކީއްވެތޯ އަޅުގަނޑު އެއްވެސް މުއާމަލާތެއް ނުހިންގާ މީހާގެ މައްސަލަ ބަލަނީ؟" ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ސުވާލު ކުރައްވާފައިވެ އެވެ.

ޓްރަމްޕް މި މޭރުމުން ޓްވީޓް ކުރެއްވި އިރު އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތުގައި އެމަނިކުފާން މިހާރު ވަނީ ބޮޑު މައްސަލަތަކެއްގެ ތެރޭގަ އެވެ. އެފްބީއައިގެ ޑިރެކްޓަރު ޖޭމްސް ކޯމޭ މަގާމުން ދުރުކުރީ ރަޝިޔާއާ ގުޅުން ބޭއްވި ބައެއް އިސް އޮފިޝަލުންގެ މައްސަލަ ތަހުގީގު ކުރާތީ ކަމަށް ޓްރަމްޕުގެ މައްޗަށް ވަނީ ތުހުމަތުކޮށްފަ އެވެ. ކޯމޭ ވެސް ވަނީ އެފަދަ މޭރުމަކުން ކޮންގްރެސްގެ ކޮމިޓީއެއްގައި ވާހަކަ ދައްކައިފަ އެވެ.

އެހެންވެ ކޯމޭ މަގާމުން ދުރި ކުރި މައްސަލާގައި ޓްރަމްޕުގެ ތަހުގީގެއް މިހާރު ވަނީ ފައްޓަވައިފަ އެވެ. އެއީ އަދުލް އިންސާފަށް ހުރަސް އެޅުއްވުމަށް ޓްރަމްޕް މަސައްކަތް ކުރައްވާފައިވޭތޯ ބެލުމަށެވެ. އެކަން ކަށަވަރުކޮށްދެއްވަމުން ޓްރަމްޕް ވަނީ ކޯމޭ މަގާމުން ދުރުކުރުމަށް ލަފާ ދިން މީހާ މިހާރު ވަނީ "އަޅުގަނޑުގެ މައްސަލަ ބަލަން ފަށާފައި" ކަމަށެވެ. ޓްރަމްޕް އިޝާރާތް ކުރައްވާފައި ވަނީ އެޓާނީ ޖެނެރަލްގެ ނައިބް ރޮޑް ރޮސެންސްޓީން އަށެވެ. އޭނާ މަގާމުގައި ބަހައްޓާނެ ކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

ކޯމޭ މަގާމުން ދުރުކުރުމަށް ފެންނަ ކަމަށް ވިދާޅުވެ މެމޯ ފޮނުވާފައި ވަނީ ރޮސެންސްޓީން އެވެ. އަދި އިންތިޚާބަށް ނުފޫޒު ފޯރުވި މައްސަލަ ބެލުމަށް ސްޕެޝަލް ކައުންސެލްގެ ގޮތުގައި އެފްބީއައިގެ ކުރީގެ ޑިރެކްޓަރު ރޮބާޓް މުލާ އައްޔަންކޮށްފައި ވަނީ ވެސް ރޮސެންސްޓީންގެ ލަފާގެ މަތިންނެވެ.

ވައިޓް ހައުސް އިން މިއާމީ އަށް ޓްރަމްޕް އިއްޔެ ވަޑައިގަތް އިރު ރޮސެންސްޓެއިންއާ މެދު އިތުބާރު އެބައޮތްތޯ އާއި މުލާ މަގާމުން ދުރުކުރަން ގަސްދު ކުރަންތޯ އަދި ޓްރަމްޕުގެ މައްސަލައެއް ތަހުގީގު ކުރާކަން އެނގިވަޑައިގަތީ ކޮން ގޮތަކުންތޯ ސާފު ކުރަން ނޫސްވެރިން ކުރި އެއްވެސް ސުވާލަކަށް ޖަވާބު ދެއްވައިފައެއް ނުވެ އެވެ.

4 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 0%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ެއެއްލާލާ

17 June 2017

ތިޔާ އެމެރިކާގެ އޭޖީ އެ މަގާމަށް ހަމަ ޖެއްސީ އެެއީ ވައިޓް ހައުސް އިން ނޫންތޭ. ދެން މިހާރު އޭނާ އިދިކޮޅު ބޮޑޭ މެންނާއި އެކު މޭޒު ދަށުން ދަމާ ކުޅެގެން ސުޕާރީ ކައިގެން ކޮން ގަނޑެއް ގަންނަން ތޭ ސްޕެޝަލް ކައުންސެލް ގެ ގޮތުގައި ކުރީގެ އެފްބީއައިގެ ޑިރެކްޓަރު ހަމަ ޖެއްސީ ވައިޓް ހައުސްގެ ހުއްދަ ނުހޯދާ. މީގެއިން އެގިގެން މިދާ އެއްޗަކީ ވައިޓް ހައުސް އާއި އެކު އެއް ޕޭޖެއްގައި ހުރެގެން އޭޖީ އަށް މަސައްކަތް ނުކުރެވޭނެ ކަމަށެވެ. އޭޖީ މަގާމުން ވަކި ކޮށްފައި ނަގާ އެއްލާލަންވީ އެވެ. އެއިރުން ހުންނާނެ އޭނާ އަށް ދެން ރަނގަޅަށް ރާކަނި މަސް ކެވިފައި ދޯ. އެއްލާލާ އެއްލާލާ އެއްލާލާ ދެން.

The name is already taken The name is available. Register?

ފަޔާރޑް

17 June 2017

މަމެން ޕިންކީން މިތިބީ ސީދާ ޓްރަމްޕް އާއި އެކު އެވެ. ސެނެޓް ވެސް ޖެހޭނީ މަހަށް ދާން އަދި އޭޖީ ވެސް ޖެހޭނީ މަހަށް ދާން. އޭޖީ ޔޫއާރ ފަޔާރޑް. ވޯކް އަވޭ. ޖަސްޓް ވޯކް އަވޭ. އެނިމުނީ އެއް ނޫން ދޯ. ދެން ހުންނާނެ ތަމެންނަަށް ރަނގަޅަށް މިކޭސް އިންވެސްޓިގޭޓް ކޮށްގެން ޕްރޮޕެގެންޑާ ފެތުރިފައި ދޯ. އައި އޭމް ގޮނާ ނީޑް ސަމް ކައިންޑް އޮފް އަ ގުޑް ސައިން ފޯރ ދިސް ސީޓް ދޯ.

The name is already taken The name is available. Register?

ނޯޑޭމްގުޑް

17 June 2017

ހިލަރީގެ މައްސަލަ ނުބަލާ ޓްރަމްޕުގެ ތަހުގީގު ހިންގިގެން ނުވާނެއެވެ. އެއީ ސެނެޓްގެ ވަރަށް މަކަރުވެރި ރޭވުމެއްގެ ދަށުން ތިއުޅޭ ޖޯން މެކެއިނޭ އަޑީގައި ހުރެގެން އެބަދަވި ކުރާ ކަމެކޭ މަމެން ބުނަން ނެތީމު ދޯ. އޭނާ އަށް ބައި އެޅޭ ވަރު ކުޑަ ވާނެ ވިއްޔާ މެކްސިކޯ އާއި އެމެރިކާ އާއި ދެމެދު ބޯރޑަރު ރޭނިއްޖެ ނަމަ. އެއްގޮތަކަށް ވެސް މރ. ޓްރަމްޕް ކުޑަ ވެސް ޖެހިލުން ވާނެ ކަމެއް ނެތޭ ހަމަ ދައްމާލަންވީ ތިޔާ އިންވެސްޓިގޭޝަން 100 އަހަރަށް ދާނެ އުސޫލުން. އެއިރުން ހުންނާނެ ސެނެޓަށް ވެސް އަދި އޭޖީ އަށް ވެސް ރަނގަޅަށް ރާކަނި މަސްކެވިފައި ދޯ. މަމެން ވިސްނާލި އިރު ސެނެޓް އުޅެނީ އަބަހައްދަ ވެގެންނެވެ. އެމެން އެކަން އިންވެސްޓިގޭޓް ކުރާ ގޮތާއި އަދި މީޑިއާ އިން އެކަމުގައި އެމެން ފަތުރާ ޕްރޮޕެގެންޑާ އަށް ބަލާއިރު އެ މަމެންނަށް ފެންނަނީ އެއީ ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ތަހްގީގް ތަކަށޭ. އެއީ ނޯ ޑޭމް ގުޑް ފޯރ ވައިޓް ހައުސް ދޯ.

The name is already taken The name is available. Register?

ޖައްސާތި

17 June 2017

ހިލަރީގެ މައްސަލަ ނުބަލާ ޓްރަމްޕުގެ ތަހުގީގު ހިންގާތީ ޓްރަމްޕް ކޯފާ ވުން އެއީ ހަމަ ރަނގަޅު ކަމެކެވެ. ތިޔާއީ އެއްވެސް އަސްލެއްގެ މައްޗަށް ބަލައިގެން އެމެރިކާގެ ސެނެޓް އިން ކުރަން އުޅޭ ތަހްގީގެއް ނޫނެވެ. ފުރަތަމަ ކަމަކީ އެމެރިކާގެ ސެނެޓް އެއީ ކޯޓެއް ނޫނެވެ. އަދި އެޓަރނީ ޖެނެރަލް ވެސް އެއީ ކޯޓެއް ނޫނެވެ. ކަން މިހެން ހުރުމުން އެމެރިކާގެ އޭޖީ އަށް ވެސް މިމައްސަލަ ނުބެލޭނެ އަދި އެމެރިކާގެ ސެނެޓަށް ވެސް މިކަން ނުބެލޭނެއެވެ. ކަން މިހެން ހުރުމުން އެމެރިކާގެ އޭޖީ ބަދަލުކޮށްލަންވީ ހަމަ މިހާރުން މިހާރަށް. ދެން އެމެރިކާގެ އޭޖީން ސްޕްރީމް ކޯޓަށް މައްސަލަ ހުށައަޅާ ސްޕްރީމް ކޯޓުން ހުކުމެއް ނެރެންވީ ޓްރަމްޕްގެ މައްސަލަ ސެނެޓަށް ނުބެލޭނެ ކަމަށް މައްސަ އެއް އޮވެެއްޖެނަމަ ސްޕްރީމް ކޯޓަށް ދާން. އެނޫން ނަމަ އެމެރިކާގައި ދެކޮޅުން ކާ ލޯޔަރޭ މެން ތިޔާ ކަން މައިކަލްގެ ކޭސް ގޮތަށް ދިގު ދަންމާލާ ޓްރަމްޕް ބޭންކް ރަޕްޓް ކޮށްލާނެއެވެ. ޖައްސާތި ރަނގަޅަށް ޖައްސާތި ޖައްސާތި ޖައްސާ ގޮތަށް ސެނެޓް ވެސް ސައިޒުން ކަނޑާ ތިރި ކޮށްލަން ވާނެ އިނގޭތޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454