ލައިފްސްޓައިލް / ފެޝަން

ކަށިތައް ޗޯކު ހާ ބަލިކަށި، އެކަމަކު އަޒުމް ވަރުގަދަ

މައިކެލާ: ވަރަށް ހިތްވަރުގަދަ އަންހެންކުއްޖެއް

އުމުރުން 18 އަހަރުގެ މި އަންހެންކުއްޖާގެ އިސްކޮޅުގައި ހުންނަނީ އެންމެ ދެ ފޫޓު ހަ އިންޗި އެވެ. މިހާތަނަށް އޭނާގެ ހަށިގަނޑުގެ 90 ކަށިގަނޑު ބިންދައިގެން ގޮސްފައިވެ އެވެ. އަދި ސްކޫލަށް ގޮސް އިންނައިރު ވެސް އެކަނިކޮށްލާފައި އިންނަ ކަމުގެ އިހްސާސް އޭނާއަށް ކުުރެވެ އެވެ.

ނަމަވެސް މިހާރު އޭނާއަކީ ފެޝަން ވްލޮގާ އެކެވެ. މައިކެލާގެ 30،000 ޔޫޓިއުބް ސަބްސްކްރައިބާޒް މިހާރު އެބަތިއްބެވެ. އޭނާގެ ބިއުޓީ އަދި ފެޝަން ވްލޮގަށް އަންހެންކުދިންގެ ތަރުހީބު ވަރަށް ބޮޑަށް ލިބެ އެވެ. ތަފާތު ސިފަތައް ލިބިފައި ވިޔަސް ކޮންމެ މީހަކަށް ވެސް ނަލަވެ ޒީނަތްތެރި ފެޝަންކޮށް އުޅެވޭނެކަން މައިކެލާ ވަނީ ސާބިތު ކޮށްދީފަ އެވެ.

އެމެރިކާގެ މިޝިގަންގެ މައިކެލާ ބުނާ ގޮތުގައި ކޮންމެ އިންސާނަކަށް ވެސް ދިރިއުޅުމުގައި ގޮންޖެހުންތަކާ ކުރިމަތިވާނެ އެވެ. ނަމަވެސް އެކަންތައްތަކުން އަރައިގަނެ ހަޔާތަށް އުފާވެރިކަން ގެނައުމަކީ ހަމަ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެކެވެ.

މި ވްލޮގްގެ ޒަރިއްޔާއިން އޭނާ އަންހެންކުދިންނަށް ދޭން ބޭނުންވާ މެސެޖަކީ ކޮންމެ މީހަކީ ވެސް އެމީހެއްގެ ޒާތުގައި ރީތި މީހެއް ކަމެވެ.

މައިކެލާ އޭނާގެ މަންމަ އާއި ބައްޕަ އާއެެކު

މައިކެލާ ބުނި ގޮތުގައި މީހުން އޭނާއާ ދިމާލަށް ހާދަ ހުތުރޭ ހާދަ ފަލައޭ ކިޔަ އެވެ. ނަމަވެސް އޭނާ އެކަމަކާ ފަރުވާލެއް ނުބަހައްޓަ އެވެ. ސަބަބަކީ ކޮންމެ އިންސާނަކީ ވެސް ގުދުރަތުން އިރާދަކުރެއްވި ގޮތަކަށް އުފައްދަވާފައިވާ އިންސާނަކަށް ވާތީ އެވެ. މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެތައް ހާސް ބަޔަކު އޭނާގެ ވްލޮގް ބަލައެވެ. އެހެންވެ މައިކެލާ ވަރަށް އުފާވެ އެވެ.

މައިކެލާ އަކީ އޮސްޓިއޯޖެނެސިސް އިމްޕާފެކްޓާ ކިޔާ ސިއްހީ މައްސަލައެއް ދިމާވެފައިވާ ޒުވާނެކެވެ. މީގެ އޭނާގެ ގައިގެ ކޮންމެ ކަށިކޮޅަކީވެސް އިންތިހާއަށް ނާޒުކު އަދި ވަރަށް ފަސޭހައިން ބިންދައިގެން ދާ އެއްޗެކެވެ. މިހާތަނަށް އޭނާގެ ގައިން ގާތްގަނޑަކަށް 90 ކަށިގަނޑު ބިންދައިގެން ގޮސް 25 ސާޖަރީ ހަދާފައިވެ އެވެ. އެގޮތުން އެތައް ފަހަރަކު އަތާއި ފައި ވެސް ވަނީ ބިންދައިގެން ގޮސްފަ އެވެ.

"އަހަރެން ކުޑައިރު މާ އަވަހަށް ތަންތަން ބިނދޭ. އަހަންނާ ކައިރިވާން ވެސް މީހުން ބިރުގަނޭ. ސަބަބަކީ އަހަރެންގެ ކަށިތައް ޗޯކު ހާ ބަލިކަށިވީމަ. ނަމަވެސް ބޮޑުވީމަ މިހާރު ކުޑަކޮށް ކަށިތައް ވަރުގަދަ،" މައިކެލާ ބުންޏެވެ.

ސްކޫލަށް ދިޔައިރު އެކުވެރިން ހޯދަން ވެސް މައިކެލާ އަށް ވީ ވަރަށް ދަތި ކަމަކަށެވެ. ނަމަވެސް އޭނާގެ ޔޫޓިއުބު ޗެނަލް "ފަންސައިޒްޑްސްޓައިލް" މީގެ ފަސް ވަރަކަށް އަހަރު ކުރިން ލޯންޗުކުރި ފަހުން އޭނާގެ މަގްބޫލުކަން ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.

މައިކެލާ ބުނި ގޮތުގައި އަލަށް ބޮޑެތި ވަމުން އަންނަ ކުދިންނަށް ބަލިކޮށް އުޅޭ ކުދިންގެ ހާލަތު ދެނެއެއް ނުގަނެވެ އެވެ. އެެހެންވެ އެ އުމުރުގައި އެކުވެރިން ހޯދަން ދަތިވަނީ އެވެ.

އެހެން ކުދިން މިފަދަ ވީޑީއޯތައް އުފައްދާތަން އޭނާއަށް ފެނުމުން އޭނާއަށް ވެސް މިކަން ކުރެވިދާނެކަމަށް މައިކެލާ ގަބޫލުކުރި އެވެ.

ނުކުޅެދުމެއް ހުންނަ އަންހެންކުދިން މޭކަޕް ޕްރޮފެޝަންގައި އުޅެނިކޮށް އާއްމުކޮށް ނުފެނެ އެވެ. އެހެންވެ މައިކެލާ ބޭނުންވީ މިގޮތް ބަދަލުކޮށް ޒުވާން އަންހެންކުދިންނަށް ރޯލް މޮޑެލްއަކަށް ވާށެވެ. އަދި އޭނާ ގަބޫލުކުރާ ގޮތުގައި މި ވްލޮގް އުފައްދަން ނިންމި ނިންމުމަކީ އޭނާގެ ހަޔާތުގައި މިހާތަނަށް ނިންމުނު އެންމެ ރަނގަޅު ނިންމުމެވެ.

މިހަރު އޭނާގެ ޗެނަލްގެ 30،000 ސަަބްސްކްރައިބާޒް ތިބިއިރު 1.6 މިލިއަން ފަހަރު ބަލާފައިވެ އެވެ. މައިކެލާގެ އެންމެ ބޮޑު ފޭނަކީ އޭނާގެ މަންމަ މެލީސާ އެވެ. މެލީސާ އަކީ ވެސް މައިކެލާ ފަދަ ނުކުޅެދުންތެރިކަން ހުރި މީހެކެވެ.

މައިކެލާ: މިހާރު ދުނިޔެއަށް މަޝްހޫރު ވްލޮގާ އެއް

މެލީސާ ބުނި ގޮތުގައި ދަރިފުޅާމެދު އޭނާ ފަޚުރުވެރިވެ އެވެ. ސަބަބަކީ އޭނާގެ ޕޮޒިޓިވް ވިސްނުމުގެ އަސަރު ގިނަ ބަޔަކަށް ކޮށްފައިވާތީ އެވެ. މެލީސާ ބުނި ގޮތުގައި ކޮންމެ މީހަކަށް ވެސް ދިރިއުޅުމުގައި ގޮންޖެހުންތައް ހުންނާނެ އެވެ. ބައެއް މީހުންގެ ގޮންޖެހުންތަކަކީ ލޮލަށް ފެންނަން ހުންނަ ގޮންޖެހުންތަކެކެވެ. އަނެއްބައި މީހުންގެ ގޮންޖެހުންތައް ލޮލަކަށް ނުފެނެ އެވެ. މައިކެލާ އާއި އޭނާގެ ގޮންޖެހުންތައް ހުންނަނީ މީހުންގެ ލޮލަށް ފެންނާށެވެ.

ފަޔަށް މެޓަލް ރޮޑް ޖަހައިގެން، ފުރޮޅުލީ ގޮނޑިއެއްގައި އިންނަ މައިކެލާ އަކީ ހަމައެކަނި ޔޫޓިއުބު ޗެނަލެއް ހިންގާ ކުއްޖެއް ނޫނެވެ. އޭނާއަކީ މާކެޓިން ޑިގްރީއަކަށް ކިޔަވާ ދަރިވަރެއް ވެސް މެ އެވެ.

މިހާރު މައިކެލާ އަންނަނީ އޭނާގެ ކުރިމަގާ މެދު ވިސްނަމުންނެވެ. ޔުނިވަސިޓީ ނިންމާލުމަށްފަހު އޭނާ ދިރިއުޅޭނެ ގޮތާއި ކެރިއަރާ ގުޅޭ ގޮތުން މިހާރު ވެސް އޭނާ ވަނީ ރޭވުންތަކެއް ރާވާފަ އެވެ.

"އަހަރެން ބޭނުންވަނީ ލޮސް އެންޖަލިސް އަށް ދިރިއުޅުން ބަދަލުކޮށް އަހަރެންގެ ސައިޒުގެ މީހުންނަށް ޚާއްސަކޮށް އަމިއްލަ ހެދުންތަކެއް ޑިޒައިންކޮށްގެން ނެރެން. މިހާރު އަހަރެން ލާން ޖެހެނީ ކުޑަކުދިންގެ ހެދުން. އެ އެއްޗެތީގައި ހުންނަނީ ޑިޒްނީ ކާޓޫނުތަކާ އެއްޗެހި. އަހަރެންގެ އުންމީދަކީ އަހަރެންގެ ދިރިއުޅުމުން ހިތްވަރު ލިބި ގިނަ ބަޔަކު އެމީހުން ދެކޭ ހުވަފެންތަކުގައި ކުލަ ޖައްސަން މަސައްކަތް ކުރުން،" މައިކެލާ ބުންޏެވެ.

2 ކޮމެންޓް, 61 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 16%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަހުރަ

09 July 2017

އާއިލާގައި ތިބީ ހުސް ނުކުޅެދުންތެރިންނެއްނު!! ބައްޕަގެ އަތުގެ އިނގިލިތައް މަދު! މަންމައަކީ ހުރިގޮތަށް ހުރި "ކުރްކުރޭ"އެއް!! މައިންބަފައިން މިގޮތަށް ތިބީމާ ނުކުޅެދޭ ކުދިން ލިބުމުގެ ފުރުސަތު ބޮޑު!! ވީވެސް އެހެން!! ވެނިމިފައި މިއޮތީވެސް އެހެން!!

The name is already taken The name is available. Register?

މީހާ

19 June 2017

"މެލީސާ ބުނި ގޮތުގައި ކޮންމެ މީހަކަށް ވެސް ދިރިއުޅުމުގައި ގޮންޖެހުންތައް ހުންނާނެ އެވެ. ބައެއް މީހުންގެ ގޮންޖެހުންތަކަކީ ލޮލަށް ފެންނަން ހުންނަ ގޮންޖެހުންތަކެކެވެ. އަނެއްބައި މީހުންގެ ގޮންޖެހުންތައް ލޮލަކަށް ނުފެނެ އެވެ."މީވަރަށް ބޮޑު ތެދެއް ކަމަށް ދެކެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454