ނައިފަރާއި ވޭމަންޑޫގެ ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ހަވާލުކުރަނީ.
18 ޖޫން 2017 - 16:24
ޅ. ނައިފަރުގައި ފެނާއި ނަރުދަމާ އަދި ތ. ވޭމަންޑޫގައި ނަރުދަމާގެ މަސައްކަތް ކުރަން އިންޑިއާގެ ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ އެލްއީ ޓްރިވެނީ ޖޭވީ އާ މިއަދު ހަވާލުކޮށްފި އެވެ.
އެކަށީގެންވާ ބޯފެނުގެ ނިޒާމާއި ނަރުދަމާ ނިޒާމުގެ ހިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މި މަސައްކަތުގެ އެއްބަސްވުމުގައި އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އަދި އެ ކުންފުނީގެ ޑިރެކްޓަރު ވިނޭ ކުމާރު ސިންގް ވަނީ ސޮއި ކުރައްވައިފަ އެވެ.
މި މަސައްކަތުގެ ދަށުން ނައިފަރުގައި ނަރުދަމާ ވިއުގަ ގާއިމް ކުރުމާއި ފެނުގެ ވިއުގަ ގާއިމު ކުރުމާއި ސްޓޯރޭޖް ޓޭންކް ހެދުން ހިމެނެ އެވެ. ވޭމަންޑޫގައި ވެސް ނަރުދަމާ ވިއުގަ ގާއިމްކުރުމާއި ސުވަރޭޖް ޓްރީޓްމަންޓް ޕްލާންޓް ގާއިމްކުުރާނެ އިމާރާތެއް އެޅުން ހިމެނެ އެވެ.
އަށާރަ މަސް ދުވަހުގެ ތެރޭގައި މި ދެ މަޝްރޫއު ނިންމާލަން ހަމަޖައްސާފައިވާ އިރު މަސައްކަތުގެ އަގަކީ 148،902،816.02ރ. އެވެ.
އެންވަޔަރްމަންޓް މިނިސްޓްރީން ބުނީ އެ ދެ މަޝްރޫއު ހިންގަނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އަދި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯނު އެހީގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައުކަމް
19 June 2017
މިއަހަރު އަދި އެއް ތިމާވެށި މިނިސްޓްރީން މުޅި ރާއްޖޭގެ ރައްޔިތުން އުފާވާނެ އުސޫލުން އެއްވެސް ކަމެއް ކުރެވިފައިވާ ތަނެއް ނުފެނެއެވެ. މިއަހަރުގެ މިހާތަނަށް ތިމާވެށި މިނިސްޓްރީ އަށް ރާއްޖޭން ބޭރުގެ ކޮންޓްރެކްޓަރުންނަށް ދެވުނު ކޮންޓްރެކްޓްސް ތަކުގެ ޖުމްލަ އަދަދު 1 ބިލިއަން ރުފިޔާ އަށް ވުރެން މަތިވީ އެވެ. ތިޔާ ފައިސާ އަކީ އެއީ އެމްޑަބްލިޔު އެސްސީ އަށް ލިބޭ ފައިސާ ނަމަ އޭގެ ސަބަބުން މިގައުމުގެ ގިނަ އަދަދެއްގެ ބަޔަކަށް ރިލަޔަބުލް ވަޒީފާ ތަކެއް ވެސް ލިބިގެން ދާނެއެވެ. މިއިން އެއްވެސް ކަމެއް ވެސް ނުހިނގާ ތިޔާ މިނިސްޓްރީން ތިޔާ ކުރައްވާ ކަންކަމުން. މަމެންނަށް އަދި ވެސް އަންޑަރސްޓޭންޑް ނުވެގެން މިއުޅެނީ ތިޔާ މިނިސްޓްރީ ބިޑް ޑޮކިއުމެެންޓްސް ތައް ތައްޔާރު ކުރާއިރު ޑޮމެސްޓިކް ޕްރިފަރެންސް ކްލޯސް އެއް ނުލަނީ އެއީ ކީއްވެގެންތޯ ދިވެހިން ދަރަންޏަށް ޒިންމާ ވާން ޖެހޭ ލޯން ތަކުގެ. މިނިސްޓަރަށް ހަމަ އެކަން ނޭގެނީތޭ ނުވަތަ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން މިކަމަށް ބްލައިންޑް އައި އެއް ދެނީތޭ ނުވަތަ ރައީސް އޮފީހުން އަންގައިގެން ސީދާ ލަންކާ އިންޑިއާ ކުންފުނި ތަކަށް ސަރުކާރުގެ މިނިސްޓްރީ ތަކުންނާއި ސަރުކާރުގެ ކުންފުނި ތަކުން ކޮންޓްރެކްޓްސް ތައް ދެނީތޭ. އެމެރިކާގެ ވައިޓް ހައުސް އިން ވެސް މިހާރު ބާރު އަޅަނީ އެމެރިކާގެ ހުރިހާ ކޮންޓްރެކްޓްސް ތައް ވެސް އެެމެރިކާގެ ކުންފުނި ތަކަށް ދޭން އެވެ. އެމެރިކާން ބޭރު ކުންފުނި ތަކަށް ނުދޭން އެވެ. އެކަމަކު ރާއްޖޭގެ ސަރުކާރުން ބަލަނީ ލަންކާ އަދި އިންޑިއާގެ ކުންފުނި ތަކަށް ސަރުކާރުގެ ކޮންޓްރެކްޓްސް ދެވޭތޯއެވެ. ސްޕެޝަލީ ތިމާވެށި މިނިސްޓްރީން.
ޙަމަ ބުއްދި
19 June 2017
ލ.މާވަށު ނަރުދަމާ ވެސް ސޮއި ކޮށްފި އެވެ.އެކަމަކު ހިލަމެއް ވެސް ނުވެއެވެ.ދެން އޮތީ 14 މަހެވެ.
ޅައެތި އެޅުނީ
18 June 2017
ވަރަށްސަޅި. އެމްޑީޕީ ކައުސިލް ހަމަ ލިބުނީ ނަރުދަމާގަ ސޮއިކޮށް ނިމުނީ. ޙަށް ހަށް ހަށް. ޢެކަމަކު ތިޔަ ޕްރޮޖެކްޓް ހިގަން ފަށާނީ 2018 އަށް ހޮވުނީމާޚަމަށް ވަރަށް މުއުތަބަރުކޮށް ވަނީ ފަޅާ އަރުވާލާފަ
ވޮނާނޯ
18 June 2017
ދެ ރަށެއްގެ ފެނާއި ނަރުދަމާ 148 މިލިއަނަށް އިންޑިއާ ކުންފުންޏަކަށް ދޭން އޯޕޭކް ފަންޑް އިން ލޯން ނަގަން ރާއްޖޭގެ ސަރުކާރަށް ކެރިއްޖެ އެވެ. އެކަމަކު މިލޯން އިން މިކުރާ އިންވެސްޓްމެންޓްސް ތަކުން އެފައިސާ ނުލިބޭނެ ކަމީ އެއީ ކަށަަވަރުވާ ކަމެކެވެ. އެއާއި ޚިލާފަށް އެފައިސާ އިން މާލެ ސަރަހައްދުގައި އެޅޭނެ 2000 ހައުސިންގް ޔުނިޓްސް ހިމެނޭ ފްލެޓްސް ވަރަށް ރީއްޗަަށް އެޑްވާންސް ބުކިންގް ހައްދައިގެން އެކަން ކުރިނަމަ. އެހެން ނަމަ މިފައިސާ އަކީ އެއީ ފަސޭހައިން އަނބުރާ ލިބި ލޯން ދައްކާ ލެވޭނެ ފައިސާ ނޫންތޭ. އޯއޯއޯ ޓްރައި ޓު އަންޑަރސްޓޭންޑް އަސް.
އަހުމަދު
19 June 2017
ތަފާތު ނަންނަމުގައި މިހައުސިން ޔުނިޓް ގެއަދަދު ހާހުން ލައްކައިން އަޅަން ޖެހޭ ސަރަހައްދަކީ ހަމައެކަނި މާލެ ސަރަހައްދުކަމަށް ނިންމާ މި ކޮމެންޓްކުރާ ކޯޑިނޭޓަރ އުޅޭ ހިތްވަނީ ހަމައެކަނި މާލޭގަ ބާ.....؟
މަލީ
18 June 2017
ދިވެހި ތާރީހުގައި މިއަށް ވުރެ ގިނައިން ރައްޔިތުންނަށް ކުރުމުއްދަތެއްގައި ގިނަކަންތައް ކޮށް ދިން ސަރުކާރެއް ދުވަހަކުވެސް ނެތެވެ. މައުމޫންގެ 30 އަހަރު ނިމިގެން ދިޔައިރު މުޅިރައްޖޭގައިވެސް ނަރުދަމާގެ ހިދުމަތް ދިފައި އޮތީ ދެތިންރަށެވެ. އެއީވެސް ނަމަކަށެވެ. ދެން އައީ ނަޝީދު ސަރުކާރުގައި ކޮށްމެވެސް ވަރަކަށް އެކަން ކޮށްދިނެވެ.
ވާނެގޮތް
18 June 2017
މިއަދު ތިމާވެށި މިނިސްޓްރީން މަސައްކަތް ތިޔާ ހަވާލު ކުރި ޖޮއިންޓް ވެންޗަރ ކުންފުނި ރަޖިސްޓްރީ ކުރި ގައުމެއް ނެތް ދޯ. އެހެން ކަމަށްވާނަމަ ތިޔާ ކުންފުންނަށް ތި މަސައްކަތް ނުނިމުނު ނަމަވެސް ކޯޓު މަރުހަލާ އަށް ގޮސް ފިނަމަ ތިޔާ ވާނީ މިތާނގައި ނުވެސް ވާ ކުންފުންނެއް ކަމުން ކޯޓް އިން ހުކުމް ކުރާނީ ތިޔާ އެގްރިމެންޓް އަކީ އެއީ ބާތިލް އެގްރިމެންޓް އެއް ކަމަށް. އެހެން ނޫންތޭ ވީ ރާއްޖެތެރޭގައި އެޓޯލްސް އިން ލަންކާ ކުންފުންނަކާއި ދިވެހި ކުންފުންނަކާއި އެކު ޖޮއިންޓް ވެންޗަރ ވެގެން ހިންގި ޕްރޮޖެކްޓަށް ވެސް. ތަމެން ތިޔާ ޖޮއިންޓް ވެންޗަރ ކުންފުނީގެ އެގްރިމެންޓް އޭޖީ އޮފީހުން އެންޑޯރސް ކުރެއްވިން ތޭ އެއީ މަމެން ސާފުކޮށްލަން ބޭނުންވާ ކަމަކީ.
ރެޖިސްޓަރ
19 June 2017
މައުލޫމާތަށްޓަކައި ދަންނަވާލަން މި މަސައްކަތް ހަވާލްކުރި ޖޮއިންވެންޗަރ ކުންފުނިވަނީ އިކޮނޮމިކްސް މިނިސްޓްރީގައި ރެޖިސްޓްރީ ކުރެވިފައި. ޝުކުރިއްޔާ
މަހަށްދޭބަލަ
19 June 2017
"ރެޖިސްޓަރ" ފަދަ ކޮރަޕްޓް ސާރވެންޓަކު ބުނާ އެއްޗެއް މަމެން ގަބޫލެއް ނުކުރާނަމެވެ. ތަމެން ނަށް ކަޓް އަޅާ އުސޫލުން ތަނެއް ދޮރެއް ނުދަންނަ އިންޑިއާ އަދި ލަންކާ ކުންފުނި ތަކާއި އެކު މޭޒު ދަށުން ދަމާ ކުޅެގެން ބަޔަކު މައްސަލަ ޖެއްސީމާ އެކުންފުނި އޮތީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައޭ ތަމެން ބުނި ނަމަވެސް މަމެން ގަބޫލުނުކުރާނަމެވެ. ސަރުކާރުގެ މިނިސްޓަރަކު ޖެހޭނީ އެކަމަށް ޖަވާބު ދޭން. މަމެން ވޯޓް ދީގެން ވަޒީފާ ދީފައި ތިބި ސާރވެންޓުންގެ ބޮޑުންނެއް ނުތިބޭނެއެވެ. މަމެން ވޯޓް ދީގެން ހޮވާފައިވާ ރައީސް އަކު އައްޔަން ކުރާ މިނިސްޓަރަކު މަމެންނަށް ޖަވާބުދޭން ޖެހޭނީ، ސާރވެންޓުންގެ ބޮޑުން މަހަށް ދޭބަލަ ދެން.
ހުސޭނު
18 June 2017
ޗަ ހުވަފެން އަހަރެމެންނަށް ދައްކާތާ އަހަރުތަކެއް ވެއްޖެ. ޗަކަން ވިއްޔާ ދެން ކިތައްމެހޭވެސް ރަގަޅު. އެކަމު ދެން ވޯޓު ބުނެވޭނީ ސޮރީއޭ. އެހެޔޮ ބޮޑުކަމު ނުގޮސް ތިބޭން ވިޔަކަސް ޗަ ސަރުކާރަށް ހަމަ ނޯ.
ޙަހަ
18 June 2017
ޢަދިކިރިޔާދޯ، ޅ.ނައިފަރު ތީ އެމްޑީޕީ ސަރުކާރުގައި ފެނާ ނަރުދަމާ އައް ފަންޑު ހޯދާފަ އޮތް ރަށެއް. ޢަދިވެސް ނުފެށިން ތިއުޅެނީ.