ހައްޖުގެ އަޅުކަމަށް ފަހު އައި ބަޔަކު އެއާޕޯޓުން ނިކުންނަނީ. - ފޮޓޯ: މިހާރު
19 ޖޫން 2017 - 16:52
ހައްޖު ކުންފުނިތަކުގެ ޕްރޮޕޯޒަލްތައް އަލުން އިވެލުއޭޓް ކުރުމަށް ފަހު، މި އަހަރު ހައްޖަށް މީހުން ގެންދާނެ ކުންފުނިތައް އަލުން ކަނޑައަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދެ ވަނަ ފަހަރަށް ހައްޖު ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރަން އެންގި އެންގުމާ ގުޅިގެން އެ މިނިސްޓްރީން ކުރި ދެ އިއުލާނު ވެސް ބާތިލްކޮށްފައިވާ ކަމަށެވެ.
އަލުން އިވެލުއޭޓް ކުރުމަށް ފަހު ހައްޖަށް މީހުން ގެންދިއުމަށް ހަތަރު ކުންފުންޏަކަށް ހުއްދަ ދީފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ހަތަރު ކުންފުންޏަކީ ވެސް އެންމެ ފަހުން އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނުގައި ހައްޖަށް މީހުން ގެންދިއުމަށް ކަނޑައެޅި ކުންފުނިތަކެވެ.
1 - މޯލްޑިވްސް ހައްޖު ކޯޕަރޭޝަން
2- އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
3- ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް
4- ޒައީ ގްރޫޕް ޕްރައިވެޓް ލިމިޓެޑް
ހައްޖަށް މީހުން ގެންދިއުމަށް 16 ކުންފުންޏަކުން މި އަހަރު ކުރިމަތިލި އެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ހުއްދަ ދިނީ ހަ ކުންފުންޏަކަށެވެ. އެއީ ހައްޖު ކޯޕަރޭޝަނާއި އަލްހަރަމައިން އާއި ސިސިލްފަރާއި ޒައީ ގްރޫޕްގެ އިތުރުން ދަރުމަ ލިލް ހައްޖު އަދި ކިސްވާ ގްރޫޕަށެވެ.
ހައްޖަށް ގެންދިއުމުގެ ހުއްދައަށް އެދި ޕްރޮޕޯސަލް ހުށަހެޅި ކުންފުނިތަކުގެ ޕްރޮޕޯޒަލް އިވެލުއޭޓްކޮށް، މި ކުންފުނިތަކަށް ޕޮއިންޓް ދީފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް އޭސީސީ ކަނޑައަޅައި އަލުން އިވެލުއޭޓް ކުރަން އޮތީ އަންގައިފަ އެވެ.
ނަމަވެސް އޭސީސީގެ އެންގުމަށް މިނިސްޓްރީން އަމަލު ނުކުރާ ކަމަށް ބުނެ، ބައެއް ކުންފުނިތަކުން ވަނީ އޭސީސީގައި ޝަކުވާ ކޮށްފަ އެވެ.
މިނިސްޓްރީން އޭރު ބުނި ގޮތުގައި ކުންފުނިތައް ކަނޑައެޅީ، އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ގްރޫޕްތަކުން ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމަށް ވަގުތު ކުޑަތަންވެފައިވުމާއި ހައްޖާޖީންގެ ދަތުރުތައް ހަމަޖެއްސުމުގައި އެއާލައިންތަކުން ކުރިމަތިވެދާނެ ދަތިތަކެއް ހުރި ކަމަށް ފެންނާތީ އެވެ.
މީގެ އިތުރުން ގްރޫޕްތައް ކަނޑައެޅީ މިފަދަ ނާޒުކު ހާލަތެއްގައި ދިވެހި ހައްޖާޖީންނަށް މި މަތިވެރި އަޅުކަން އަދާކުރުމުގައި ސަރުކާރުން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށް ދިނުމުގައި އެންމެ މަސްލަހަތު ހުރި ގޮތްކަމުގައި ފެންނާތީ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.
ނަމަވެސް ކުރިން ގުރޫޕްތައް ކަނޑައެޅީ އޭސީސީން އެންގި ގޮތަށް ކަމެއް މިނިސްޓްރީން ކަނޑައެޅިގެން ނުބުނެ އެވެ.
ހައްޖު ކުންފުނިތަކުގެ ޕްރޮޕޯޒަލްތައް އަލުން އިވެލުއޭޓް ކުރަން އޭސީސީން އަންގާފައިވަނިކޮށް، އެއާ ހިލާފަށް އިސްލާމިކް މިނިސްޓްރީން އަމަލު ކުރި ކަމަށް ބުނެ، އެ މައްސަލަ ބަލައިދިނުމަށް އެދި އެކްރޯ ޕްރައިވެޓް ލިމިޓެޑުން މިހާރު ވަނީ ސިވިލް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ޢާދަމް
20 June 2017
މަށައް ވަށިހަމަ ކިތެމެ ގުރޫޕެއް އޮތަސް! ހައްޖަކީ ކިތެމެމާތް އަޅުކަމަކައް ވިއަސް، އެކަން ކުރެވެން އޮންނަ އުސޫލުތަކުގެ ތެރޭގަ ނުބައިކަތައް ހިމެނޭކަމައް ސައްކުވާތި ތިކަން ތި އުސޫލުގެތެރެއިން ދުވަހަކުވެސް ނުކުރާނަން
ޙައްޖާޖީ
20 June 2017
ހައްޖުގެ އަޅުކަމަކީ ހުރިހާގޮތަކުން އެއަޅުކަން އަދާކުރުމުގެ ކުޅަދާނަކަން ލިބޭ މީހުން ކުރާން އޮންނަ އަޅުކަމެއް މާބޮޑު ތަކުލީފުތަކެއް އުފުލައިގެން އެއްވެސް އަޅުކަމެއް އަދާކުރުމެއް ނޯވޭ އަމުދުން ރިޝްވަތުގެ މުއާމަލާތް ކުރާ ކުންފުނިތަކުން ހައްޖަށް ދާން ހެޔުނުވާނެ!
ހެތްރަ
20 June 2017
މަރީ އައް ނޭގެނީ ދޯ އެއީ އެކަމަކު އެއްމެނައް އެގޭ ބޮޑު ސިއްރެއް
އަލީ
20 June 2017
ކިހާބޮޑު އުންދަގުލެއް! މިކަމުގަ ފައިސާ-ފައިދާ ލިބޭލެ ހަމަ ގިނީތަ، ހުރިހާއެންމެން ގުންފައިޖަހާފަ މިކަމައް މި މުޑިނަގަނީ؟ ނޫނީ މީގަ ފޮރުވިފައިވާ އެޖެންޑާ އެއް އޮތީތަ؟ ކުރިންވެސް ބުނިހެން ޖަމަލަކީ ވަރައް ގަމާރު ޖަނަވާރެއް. އޭއައް ސަވާރުވެގެން ހުންނަ މީހާ ހެއްދި ގޮތެއް ހެދިގެން ތުން ތަޅުވަމުން ދާނެ!
ހީހީ ހަލާކު
20 June 2017
އިސްލާމިޖް މިނިސްޓްރީއަށް ވަރަށް ވެދުން. މިކަން މި ނިމުނީތޯ ދެން؟
މަރީ
19 June 2017
އަގުހުށައަޅާފަ އޮތީ 69900/- އަސްލު އަތުން އެބަނަގ- /95000
އަލީ
20 June 2017
މީގަ އޮޅުވާލުމޭ މޮޅީ! ވަރައްދެރަ މަރީ އައް ދިވެހިންގެ އާދަކާދަތަކާ ހިތްހެޔޮކަން ނޭގޭތީވެ!
ޒާމިރު
20 June 2017
މިކަމަކީ މިނިސްޓްރީގެ އެތެރެފުށުގެ ބާރުތަކާއި ގުރޫޕްތައް ގުޅިގެން ހިންގާ ވިޔަފާރިއެއް. ޓްރާންސްޕޯރޓް އޮތޯރިޓީއާއި ގުޅިގެން ސީމަނުން ދަތުރުކުރަން ފޮނުވާ އޭޖެންސީ ތަކުން ކަންކުރާ ގޮތާއި ޙައްޖަށް މީހުން ގެންދިއުމާއި ވަކި ތަފާތެއްނެތް. ކޮރަޕްޝަން ނުހިމަނާ ހަމަ އެއްކަމެއްވެސް ނުހިންގެނީބާ.
ނަސީރު
19 June 2017
ޢާދޭސްކޮށްފައި ސަރުކާރުގައި މިދަންނަވަނީ ގްރޫޕްތަކަށް ކޯޓާ ނުދިނުމަން. މިފަހަރު ދައްތަ ރުފިޔާ ދައްކަން ދިޔައީމާ ބުނީ އިތުރަށް -/25000 ދިނުމަށް. މިފައިސާ ސްލިޕްގައިވެސް ނުލިޔާނެކަމަށް ބުނީ.
އަސްލު
19 June 2017
އަސްލު ބުނަންތަ... އެންމެ ފަހުން ތަޅުވަމުންގޮސް މީހަކު ހައްޖަށް ގެންދެވޭވަރު ކުރައްޗޭ ޕުލީޒް.
ނަތަންޔާހޫ
19 June 2017
ބަލަ ކީއްކުރަން ގުރޫޕްތަކަށް ހައްޖަށް ގެްންދަން ހުއްދަދެނީ، ސަރުކާރުން ހެދި ގުރޫޕުން މީހުން ގެންދިޔައީމަ ނިމުނީ ނޫންތަ؟ ހައްޖަށް މީހުންގެންދަނީ ވިޔަފާރިކުރަންތަ؟!
އާދޭސް
19 June 2017
ކޯޓާ ބެހި ގޮތުގެ މައުލޫމާތެއް ލިބިދާނެތަ. ކޮބާ ކެންސަލްވި ގްރޫޕްތަކުގެ 200 ކޯޓާ.