ކުޅިވަރު

މާޒިޔާ ކޮޅަށް ހަތަރު ގޯލް ޖަހައި އީގަލްސް ހައިރާންކަން ގެނުވައިފި!

މިރޭ ހެޓްރިކް ހެދި ރިޒޭ (ކ) ގައިގައި ކޯޗު ސާންތީ ބައްދާލަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ޒުވާން ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) ގެ ހެޓްރިކާ އެކު އެސްޓީއޯ މާލޭ ލީގުގައި މިރޭ ގަދަގަދަ މާޒިޔާ އަތުން 4-0 އިން މޮޅުވެ ކްލަބް އީގަލްސް އިން ދިވެހި ފުޓްބޯޅައިގައި ފަހުގެ ތާރީހެއްގައި ފެނުނު އެންމެ ހައިރާންކުރުވަނިވި އެއް ނަތީޖާ ނެރެފި އެވެ.

ރިޒޭގެ މޮޅު އިންޑިވިޖުއަލް ހުނަރުތަކާ އެކު އީގަލްސް އިން ވާދަވެރި މާޒިޔާގެ މައްޗަށް މި ހޯދި ބޮޑު މޮޅާ އެކު އެ ޓީމުން ވަނީ 16 ޕޮއިންޓް ހަމަކޮށް ތާވަލުގެ ހަތަރު ވަނަ އަށް ވަނީ އަރައިފަ އެވެ. މިއީ އެ ޓީމުގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) އަށް ވެސް ގަބޫލުކުރަން ދަތި ނަތީޖާއެކެވެ.

"އަޅުގަނޑު ސްކޯ ބޯޑަށް ބަލާފައި 4-0 އިނީމާ އަދިވެސް ގަބޫލުކުރަން ދަތިވެގެން މި އުޅެނީ،" މެޗަށް ފަހު ސާންތީ ބުންޏެވެ. "ކުރިއަށް އޮތް 10 އަހަރު ވެސް ހިޔެއް ނުވޭ އީގަލްސް އަށް ދެން މިފަދަ ނަތީޖާއެއް ނެރެވިދާނެހެން."

ސާންތީ މި މޮޅުގެ ހުރިހާ ކްރެޑިޓެއް ދިނީ ކ. ދިއްފުށްޓަށް އުފަން ރިޒޭ އަށެވެ. ސާންތީ ބުނީ ރިޒޭ ބޭނުންވީ އޭނާގެ ހުނަރު ދައްކާލައި ޓީމަށް އެހީތެރިވާން ކަމަށާއި އެކަން މިރޭ ދަނޑުމަތިން ދައްކައިދީފި އެވެ.

"ހަގީގަތުގައި މިއީ ކުރިއަށްދާން ލިބުނު ވަރަށް ބޮޑު ހިތްވަރެއް. މާޒިޔާ އާއި ނިއު ރޭޑިއަންޓް ފަދަ ކްލަބެއްގެ އަތުން ޕޮއިންޓެއް ލިބުނަސް އެއީ އަޅުގަނޑުމެންނަށް ބޯނަހެއް. އެހެން އެކަން އޮއްވާ ބޮޑު ތަފާތަކުން މޮޅުވީމާ އެއީ ބޮޑު އެއްޗެއް. މި މޮޅާ އެކު ގަދަ ހަތަރަކަށް އެރުމުގެ ރޭހަށް ވަދެވިއްޖެ. އަނެއްކާ ލީގުގެ ފޯރިވެސް ގަދަވާނެ،" ލީގުގެ ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓުގެ މައްޗަށް ވެސް ކުރި ހޯދި ޓީމުގެ ކޯޗު ބުންޏެވެ.

މިއީ މި ސީޒަނަށް ވަރުގަދައަށް ތައްޔާރުވެ ނަތީޖާ އިން ވެސް އެކަން މިހާތަނަށް ސާބިތުކޮށްދެމުން އައި މާޒިޔާ އިން ފަހަތަށް އެޅި ފިޔަވަޅެކެވެ. ޗެރިޓީ ޝީލްޑް ކާމިޔާބުކޮށް ލީގުގައި ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެ އަދި އޭއެފްސީ ކަޕުގައި ވެސް ވަރުގަދަ ކުޅުމެއް ދެއްކި މާޒިޔާ މި ވަނީ އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ. ލީގުގައި ވިކްޓަރީ އަތުން 1-0 އިން ބަލިވެފައިވަނިކޮށް އޭއެފްސީ ކަޕުގައި އިންޑިއާގެ ބެންގަލޫރު އަތުން ވެސް އެ ނަތީޖާ އިން ބަލިވެ ދެ ވަނަ ބުރުން ފުރުސަތު ވަނީ ގެއްލިފަ އެވެ. އަދިވެސް 21 ޕޮއިންޓާ އެކު މާޒިޔާ އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި 18 ޕޮއިންޓާ އެކު އޮތް ނިއު ރޭޑިއަންޓް މާދަމާރޭ ޓީސީ އަތުން މޮޅުވެއްޖެ ނަމަ މާޒިޔާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރެވޭނެ އެވެ. އެކަމަކު އޭރުން ވެސް މާޒިޔާގެ އަތުގައި އިތުރު މެޗެއް އޮންނާނެ އެވެ.

މާޒިޔާގެ މިލޮސް (ވ) އާއި އީގަލްސްގެ ސިފާއު ބޯޅައަށް މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މާޒިޔާގެ ކޯޗު މަރްޔަން ސެކުލޮސްކީ ބުނީ މިއީ ކޮންމެ ޓީމަކަށް ވެސް އަންނާނެ ދުވަހެއް ކަމަށާއި އެކަމަކު އެ ޓީމު އެނބުރި އަދި އަންނާނެ ކަމަށެވެ.

"ކީކޭ އަހަރެން ބުނާނީ 4-0 އިން ބަލިވެފައި މިއޮތީ،" މާޔޫސްވެފައި ހުރި ކޯޗު ބުންޏެވެ. "އެކަމަކު ފުޓްބޯޅައިގައި މިއީ ކޮންމެ ޓީމަކަށް ވެސް އަންނާނެ ދުވަހެއް. މާޒިޔާ އަށް މިއަދު މިއައީ. ގޯސްތަކެއް ހެދިގެން ބަލިވީ. ވަކިވަކި ކުޅުންތެރިންގެ މައްސަލަތައް ފާހަގަވި،" ސެކުލޮސްކީ ބުންޏެވެ.

އޭނާ ބުނީ މާޒިޔާ އިން މެޗު ކޮންޓްރޯލްކުރި ނަމަވެސް އީގަލްސް އިން ލިބުނު ރަނުގެ ފަސް ފުރުސަތުގެ ތެރެއިން ހަތަރު ފުރުސަތު ބޭނުން ހިފައިގެން މޮޅުވީ ކަމަށެވެ. އަދި މި މެޗުން މާޒިޔާ އަށް ވަރަށް ގިނަ ކަންތައްތަކެއް ދަސްވާނެ ކަމަށް އޭނާ ފާހަގަކުރި އެވެ.

"މީގެން އަހަރެމެން އަރައިގަންނާނަން. ފަހު މެޗާ ހަމައަށް ލީގުގެ ޗެމްޕިއަންކަމަށް އަހަރެމެން މަސައްކަތްކުރާނީ،" ކޯޗު ބުންޏެވެ.

މިރޭގެ މެޗުން ތަފާތު ބޮޑުކޮށް އީގަލްސް މޮޅުވި ނަމަވެސް މުޅި މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ އެވެ. އީގަލްސް އިން ފަހު ހާފުގައި ހަތަރު ގޯލް ޖެހިއިރު ތިން ލަނޑަކީ މާޒިޔާ ކުރީގައި އޮއްވާ ކައުންޓާ އެޓޭކުގައި ޖެހި ލަނޑުތަކެކެވެ.

ފުރަތަމަ ހާފުގައި މާޒިޔާ އަށް ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން 11 ވަނަ މިނެޓުގައި އެ ޓީމުގެ އިތުބާރު ޑިފެންޑަރު އަންދްރެއި ކޯޑޯސް އަށް އޭރިއާ ތެރެއިން ލިބުނު ބޯޅަ ހުސްކޮށް ހުރެ ޖެހުމުން ދިޔައީ ހުރަސް ދަނޑި މަތިންނެވެ.

އޭގެ އިރުކޮޅެއް ފަހުން އީގަލްސްގެ ފޯވާޑް އަހުމަދު ނާޝިދު (ނައްޓޭ) އަށް ވަނީ މެޗެއްގައި ލަނޑެއް ޖަހަން ލިބޭނެ އެންމެ ހުސް އެއް ފުރުސަތު ލިބި ބޭކާރުވެފަ އެވެ. އެ ޓީމުގެ ކެޕްޓަން އިމްރާން ނަޝީދު ކުރިއަށް އަރައި ގޯލްކުރިމަތީ މުޅިން ހުސްކޮށް ހުރި ނައްޓޭ އަށް ދިން ބޯޅަ އޭނާ ޖައްސާލުމުން ދިޔައީ ގޯލް މަތިންނެވެ. އެ ފުރުސަތު ތަނަވަސްކުރި އިމްރާން ހުރީ އޮފްސައިޑުގައި ކަމަށް ބުނެ މާޒިޔާ އިން ވަރަށް ބޮޑަށް މައްސަލަ ޖެއްސި އެވެ.

އޭގެ ފަހުން އީގަލްސްގެ އަންސަރު އިބްރާހިމް ވަނީ ކައުންޓާގައި ރަނގަޅު ދެ ފުރުސަތު އުފައްދައިފަ އެވެ. މާޒިޔާ އިން 37 ވަނަ މިނެޓުގައި ލީޑު ނެގުމާ ގާތަށް ދިޔަ އެވެ. އެކަމަކު އަލެކްސަންޑާ ރަކިޗް ޖައްސާލި ބޯޅަ އޭރިއާ ތެރޭ މުޅިން ހުސްކޮށް ހުރި އަސްހަދު އަލީ (އަޑުބަރޭ) ވެއްޓިގެންފައި ޖެހުމުން ދިޔައީ ގޯލް މަތިންނެވެ.

މާޒިޔާގެ މިލޮސް (ކ) އާއި އީގަލްސްގެ ރިޒޭ ބޯޅައަށް މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗުގެ މަންޒަރު ބަދަލުވީ ދެ ވަނަ ހާފުގަ އެވެ. މާޒިޔާ ކުޅުންތެރިން ކުރިއަށް ޖެހިގެން ތިއްބާ 50 ވަނަ މިނެޓުގައި ރިޒޭ އަށް ލިބުނު ބޯޅަ މާޒިޔާގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާފައި އޭރިއާ ތެރެއަށް ވަދެ ގޯލުގެ ތިރީ ކަނަށް އޭނާ ވައްދާލި އެވެ.

އޭގެ ފަހުން ލީޑު ފުޅާކުރަން އީގަލްސްގެ ނައްޓޭ އާއި އަންކޮ އަށް ރަނުގެ ފުރުސަތު ލިބި ބޭކާރުވި އެވެ. އެކަމަކު 74 ވަނަ މިނެޓުގައި ރިޒޭ ވަނީ އަނެއްކާ ވެސް ތަފާތު ދައްކައި އީގަލްސް އިން ލީޑު ފުޅާކޮށްދީފަ އެވެ. މާޒިޔާގެ ޑިފެންޑަރަކު ފަހަތަށް ޖައްސާލި ބޯޅައެއް ހޯދައި މި ފަހަރު ވެސް އޭނާ ގޯލް ޖެހީ އެ ޓީމުގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު އެވެ.

މެޗުގެ 79 ވަނަ މިނެޓުގައި މާޒިޔާގެ އަސަދުﷲ އަބްދުﷲ ތަފާތު ކުޑަކުރުމާ ގާތަށް ދިޔައިރު، އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބާރު ބޯޅަ އީގަލްސްގެ ސްރީ ލަންކާ ގޯލްކީޕަރު ސުޖަން ޕެރޭރާ ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ.

މާޒިޔާ އިން އިތުރަށް ކުރިއަށް ޖެހުމުގެ ނަތީޖާއަކަށްވީ އީގަލްސް އަށް ކުރިން އިތުރު ޖާގަތަކެއް ލިބުނެވެ. އެގޮތުން އެ ޓީމުގެ ތިން ވަނަ ލަނޑު 83 ވަނަ މިނެޓުގައި ވަނީ ޖަހައިފަ އެވެ. މި ގޯލް ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި މުހައްމަދު ނާއިމް ފައިގައި ޖެހުނު ދެ ވަނަ ބޯޅައިންނެވެ. އޭނާ އަށް އޭރިއާ ބޭރުން ލިބުނު ބޯޅަ ކޮންޓްރޮލްކުރުމަށް ފަހު ގޯލުގެ ތެރެއަށް އޮއްސާލި ބާރު ޝޮޓަކާ އެކު މެ އެވެ.

މެޗުގެ ފަހުކޮޅު އީގަލްސްގެ ކީޕަރު ސުޖަން ގޯލްކިކެއް ޖަހަން ތައްޔާރުވުމަށް ފަހު ފަހަތަށް ޖެހުމުން، އެ ޓީމުގެ މުހައްމަދު މަގްދީ އެ ބޯޅަ ޖަހަން ދިއުމާ އެކު ރެފްރީ އަބްދުﷲ ޝާތިރު ވަނީ މަގްދީ ލަސްކުރި ކަމަށް ބަލައި އޭނާ އަށް ރީނދޫ ކާޑު ދައްކައިފަ އެވެ. އެކަމަކު ލަސްކޮށްގެން ކާޑެއް ދައްކާނަމަ ދައްކަން ޖެހޭނީ ސުޖަން އަށް ކަމަށްވެފައި އީގަލްސްގެ ކުޅުންތެރިން ރެފްރީ ވަށާލި އެވެ. އެއާ އެކު ބަދަލު ރެފްރީ އަހުމަދު ޝިފާންގެ ލަފާގެ މަތިން ރެފްރީ ވަނީ އެ ކާޑު ކެންސަލްކޮށް ސުޖަން އަށް ރީނދޫ ކާޑު ދައްކައިފަ އެވެ. އެ ވަގުތު ކުޅިބަލަން ހުރި މާޒިޔާގެ އޮފިޝަލަކު ދަނޑަށް އަރައި ޝިފާނާ ދިމާލަށް ދިޔަ އެވެ. އޭނާ ހުއްޓުވީ ފުލުހުންނާއި އެފްއޭއެމްގެ އޮފިޝަލުންނެވެ.

އެކަންތައްގަނޑަށް ފަހު އަލުން ކުޅުން ފަށައިގެން އެ ދިޔަ ގޮތަށް ގޮސް އީގަލްސްގެ ރިޒޭ ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖަހައި ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އޭރިއާ ތެރެއިން އޭނާ އަށް ހުސްކޮށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.

8 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 87%
icon sad icon sad 10%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މީހުން

24 June 2017

ކޮކީ މެން ތިބޭނެ މިހާރު ސައިޒް ގަ

The name is already taken The name is available. Register?

އިން ޝޯޓް

23 June 2017

މާޒިޔާ ސައިޒަށް ކަނޑާލީ

The name is already taken The name is available. Register?

ހުންގާނު

23 June 2017

ގާތްގާތުގައި މެޗްކުޅެން ޖެހުނީމައޭ މާޒިއާގެ ކޯޗް ނުބުނީ ކީއްވެބާ

The name is already taken The name is available. Register?

އާރިފް

23 June 2017

ފަހުގެ ތާރީހެއްގެ ވީބީކޮޅަށް 10 ލަޑްޖެހީވެސް ނިއުއިން. ކިހިނެތްތަ ނޫސްވެރިޔާ ތި ބަލަނި ތާރީހު..

The name is already taken The name is available. Register?

ގާދިރު

23 June 2017

ދެން މިރޭ ނިއު މޮޅުވީމަ މާޒިޔާ ފުރެސަރަށްދާނެ. މިފަރު ނުބުނާތި ކުޅުންތެރިންނަށް ކުރި ހަރަދު ފޫނުބެއްދޭނޭ. ބަލިވީމަ ހީވަނި ރޯމަހެއް ތެޅޭހެންވިންޔާ. ދެން ތި ޓީމް ދާނި ފަހަތަށް ހެހެހޭ

The name is already taken The name is available. Register?

ޢަހްމަދު

23 June 2017

އެއްކަލަ މާޒިޔާގެ ދުވަސް މިއޮތްގެން ދަނީ

The name is already taken The name is available. Register?

އައްޔަ

23 June 2017

މި ފެންވަރު މެޗުތަކަށް އަދި ސާތިރު ފިޓެއް ނޫން. މިރޭ ވަރަށް ގޯސް ނިންމުން ތަކެއް ދިޔަ

The name is already taken The name is available. Register?

ބުރުހާނުއްދީން ރައްބާނީ

23 June 2017

މާޒިޔާ މާބޮޑަށް ފޮނިބޮޑުވީމާ ވީގޮތެެއްހެންހީވަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454