ދިރާގުގެ މުވައްޒަފަކު، ކަސްޓަމަރަކަށް ހިދުމަތް ދެނީ. ފިތުރު އީދާ ގުޅިގެން ދިރާގުން ވަނީ ގިނަ ޕްރޮމޯޝަންތަކެއް ފަށާފައި. - ފޮޓޯ: މިހާރު
25 ޖޫން 2017 - 18:57
މި ފިތުރު އީދު ދުވަހާ ގުޅުވައިގެން ދިރާގުން ޚާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
ދިރާގުން ބުނި ގޮތުގައި އީދު ހަދިޔާގެ ގޮތުގައި މިފަހަރު ދިނުމަށް ހަމަޖެހިފައިވަނީ ހިލޭ ވައިބާ އާއި ހިލޭ ސޯޝަލް މީޑިއާ އަދި ޚާއްސަ ޑޭޓާ ޕެކޭޖްތަކެވެ. މީގެ އިތުރުން އިންސްޓަގްރަމް ފޮޓޯ މުބާރާތަކާއި ބަންގްލަދޭޝް އަށް ގުޅުމަށް ޚާއްސަ ރޭޓެއް ވެސް ދިރާގުން ވަނީ ކަނޑައަޅައިފަ އެވެ.
ދިރާގުން ވަނީ ޓުވިޓާ، އިންސްޓަގްރާމް، ސްނެޕްޗެޓް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތައް އަންނަ ހުކުރުދުވަހާ ހަމައަށް ހިލޭ ބޭނުން ކުރެވޭ ގޮތް ހަދައިފަ އެވެ. އެ ޚިދުމަތް ހޯދަން ބޭނުންވާ ދިރާގުގެ ކަސްޓަމަރުން އަންނަ އަންގާރަދުވަހުގެ ކުރިން އެކްޓިވޭޓް ކުރަން ޖެހެ އެވެ. ޚިދުމަތް ލިބޭނީ #8*123* ޖެހުމުންނެވެ.
މި ޚިދުމަތް ބޭނުންވާ ކަސްޓަމަރުން ވެސް އަންނަ އަންގާރަދުވަހުގެ ކުރިން އެކްޓިވޭޓް ކުރަން ޖެހެ އެވެ. ޚާއްސަ ޑޭޓާ ޕެކޭޖްތައް 30 ދުވަސް ވަންދެން ބޭނުން ކުރެވޭނެ އެވެ.
އެގޮތުން އާންމުކޮށް 500 އެމްބީ ލިބޭ 99 ރުފިޔާގެ ޕެކޭޖަށް އެއް ޖީބީ، ދެ ޖީބީ ލިބޭ 199 ރުފިޔާގެ ޕެކޭޖަށް ހަތަރު ޖީބީ ވަނީ އިތުރުކޮށްފަ އެވެ. އަދި ތިން ޖީބީ ލިބޭ 249 ރުފިޔާގެ ޕެކޭޖަށް ހަ ޖީބީ ވަނީ އިތުރުކޮށްފަ އެވެ. މި ހިދުމަތް ވެސް ލިބޭނީ #8*123* ޖެހުމުންނެވެ.
މިދިޔަ ރޯދަމަހު ވެސް ދިރާގުން ކުރިއަށް ގެންދިޔަ އެއް ޕްރޮމޯޝަނަކީ ކޮންމެ ހަފުތާއެއްގައި ހިލޭ ވައިބާ ބޭނުން ކުރެވޭ ޚިދުމަތެވެ. ދިރާގުން ވަނީ މިއަދު އެއްކޮށް ހިލޭ ވައިބާ ލިބޭ ގޮތް ހަދައިފަ އެވެ. އެ ޚިދުމަތް ވެސް ލިބޭނީ #8*123* ޖެހުމުންނެވެ.
"އީދު މޯމެންޓްސް އެމްވީ" ހޭޝްޓެގް ބޭނުންކޮށްގެން ފޮޓޯއެއް އަޕްލޯޑް ކުރުމުން މި މުބާރާތުގައި ބައިވެރިވެވުނީ އެވެ. އަންނަ މަހުގެ އެކެއްގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގައި ގުރުއަތުން ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި އައިޕެޑް ޕްރޯއެއް ލިބޭނެ އެވެ.
ބަންގްލަދޭޝް އަށް ގުޅުމަށް މި ހާއްސަ ރޭޓް އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ އެވެ. އެގޮތުން އެ ގައުމަށް ގުޅުމަށް 0.65 ރުފިޔާގެ އައިޑީޑީ ރޭޓެއް ވަނީ ކަނޑައަޅައިފަ އެވެ. މި ޚިދުމަތް ބޭނުން ކުރުމަށް 018 ނުވަތަ 019 ގެ ކޯޑު ބޭނުން ކުރަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު ޙަސަން
26 June 2017
123 އަށް ގުޅީމަ ބުނަނީ 6 މިނެޓް ވާނެކަމަށް. މިހާރު ވެސް 2 ފަހަރަށް ގުޅިއްޖެ. ފުރަތަމަ ފަހަރު 7 8 މިނެޓް ފަހުން ކަނޑާލީ އަޅުގަނޑު. ދެވަނަ ފަހަރު 12 މިނެޓް ފަހުން ފޯން ނަގާފަ ބުނީ، ސޯޝަލް މީޑިޔާގެ ޕެކުގެ ޚިދުމަތަކީ، ކުރިން ވެސް ދެމުން އައި ޚިދުމަތެކޭ. ޢީދަށް ޚާއްޞަކޮށްގެން ފެށީ ހަމައެކަނި ޑޭޓާ ޕެކޭޖްތަކޭ. އަދި ސޯޝަލް މީޑީޔާ އެޕްތަކުން ވެސް ބޭނުން ކުރެވޭނީ ނުވަތަ އެދެވޭނީ ވެސް އެންމެ އެޕަކަށޭ. ލޮލް. ކިހިނެއް ޚިދުމަތް ދޭން އުޅޭ ބައެއްބާ؟ މިހާރުން ވެސް ދިރާގުން ހަމަ ބުނާ އެއްޗެއް ނޫހުގައި ޖެހުމުގެ ބަދަލުގައި ރަނގަޅަށް ކަން ހިނގާ ގޮތް ބެލުމަށް ފަހު ޖެހުން ބުއްދިވެރި. ސަބަބަކީ ނޫސްވެރިންގެ ޒިންމާ އަކީ މިހާރުން ނަގަން ޖެހޭ ކަމެއް. ދިރާގުން ބަލާނީ މަކަރެއް ހަދައިގެން ވެސް ފައިސާ އިތުރު ކުރެވޭތޯ.
ސައީދު
26 June 2017
ކޮން އިތުރު ފުޅެއް ރަމަޟާން މަހު ހަދާކަށް. ތިޔަ ބުނާ ޚިދުމަތެއް ހިލޭ ހޯދާނަމަ ޖެހޭނީ ޑާޓާ އޮން ކުރަން ހަމަ އޮން ކުރާއިރަށް ފޯނުގަ ހުންނަ ލާރިކޮޅު ހޮސްކޮށްލާ
ސޫޖަލް
26 June 2017
ތީ ހަމަ އޮރެންޖެއްގެ ފުރިހަމަ މިސާލެއް. ތާޒާކަންމަތިކުޑަދުވަސްކޮޅަކު ދެންވާނީ ފީ
ހަޤީޤތް
26 June 2017
ރޯދަމަހު ވެސް ތިހެން ހިލޭ ދިން މަ ވައިބަރ ނެގީ ޑޭޓާކޮޅުހުސްވީ ބަލަބަލާ ހުއްޓާ މަ ބޭނުން ނުކުރަން ވައިބަރ ނޫން އެއްޗެއްވެސް ނެޓަށްވެސް ނުވަންނަން ދިރާގު ސިމް އިންނަ ފޯނުނަކުން... ދެން ހިކިނެތް ހިލޭ ވެއޭ ތި ކިޔަނީ؟
ސައްދާމް
25 June 2017
މި ޕެކެޖު ތަކާ އެކު ނެޓްވޯކް ބިޒީނުވެ ގޮސްފިނަމަ ރަނގަޅު.......؟ އެހެން ނޫނީ ހަދިޔާ ވާނީ ތުރާލަކަށް........
ނައިޒް
25 June 2017
ނަމުގަ ހިލޭ އެކަމު ޑޭޓާ ކޮޅު ހުސްވޭ މޮޅުވާހަކަ ނުދައްކާ ތިބޭ ދިރާގުން
ހަބީ
25 June 2017
ވައު! ފުރިހަމަ