ސީޒަން
03 ޖުލައި 2017 - 06:32
މަަޝްހޫރު އެކްޓަރު އަލީ ސީޒަން މިހާރު ސްކްރީނުން ފެންނަލެއް ވަރަށް މަދެވެ. އޭނާގެ ފޭނުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވާނީ ސީޒަން ދެން ފިލްމްތަކުން ނުފެނި ދާނެތީ އެވެ. އެކަމަކު އެކަމާ ހާސް ނުވާށެވެ.
"ފިލްމް ދާއިރާއަކުން ނުއެއް ގެއްލޭނެ. އަބަދުވެސް ފެންނާނެ،" މިދިޔަ އަހަރު އާއިލާއާ އެކު، އަވަށްޓެރި ސްރީ ލަންކާ އަށް ދިރިއުޅުން ބަދަލުކުރި އެކްޓަރު ބުންޏެވެ.
ސީޒަން އެދޭ ޔަގީންކަމާ އެކު މިއީ ހަމަ ޔަގީނުން ވެސް އޭނާ ބޮޑު ސްކްރީނުން ފެންނާނެ އަހަރެކެވެ. އަހަރުގެ ބޮޑު ފިލްމުގެ ގޮތުގައި ޕްރޮމޯޓް ކުރާ "ނޯޓީ 40" ގެ އެންމެ މުހިއްމު އެކަކީ އޭނާ އެވެ. އެ ފިލްމުގެ ވަރަށް ބޮޑު ބައެއް މިދިޔަ އެޕްރީލް މަހު ށ. މިލަންދޫގައި ނިންމާލުމަށް ފަހު، ފިލްމުގެ ބާކީ މަންޒަރުތައް ނަގަން ސީޒަން މިހާރު ވެސް ހުރީ މާލޭގަ އެވެ.
އެ ފިލްމް ސިނަމާ އަށް އަންނާނީ އަންނަ އޮގަސްޓް 2 ގަ އެވެ.
ސީޒަން "ނޯޓީ 40" ގެ ކާސްޓާއި ކްރޫއާ އެކު މިލަންދޫގައި.
އޭނާ ބުނީ ލަންކާގައި ދިރިއުޅުނަސް، ރަނގަޅު ފުރުސަތުތަކެއް ލިބޭ ނަމަ، ފިލްމުތަކުން ފެންނާނެ ކަމަށެވެ.
"މިހާރު ނިންމައިގެން މިހިރީ ލަންކާގައި އުޅުނަސް، ރަނގަޅު އަދި ހިތްހަމަޖެހޭ ކަހަލަ ސްކްރިޕްޓްތައް ލިބޭ ކަމަށް ވަންޏާ ހަމަ ފިލްމީ މަސައްކަތް ކުރަން،" މިދިޔަ އަހަރު "ވަފާތެރި ކެހިވެރިޔާ" ޑައިރެކްޓްކޮށް، ލީޑް ވެސް ކުޅުނު ސީޒަން ބުންޏެވެ.
އޭނާ ބުނީ ފިލްމު ކުޅުމުގެ އިތުރަށް ޑައިރެކްޝަނާ މެދު ވެސް ވިސްނާ ކަމަށެވެ. އެހެންވެ މި އަހަރުގެ ތެރޭގައި ސީޒަން ޑައިރެކްޓްކޮށް، މުހިއްމު ރޯލެއް ކުޅޭ ފިލްމެއްގެ މަސައްކަތް ފެށުން ވެސް ވަރަށް ގާތެވެ.
"ލަންކާގައި އުޅުނަސް، ހިތްހަމަޖެހޭ ކަހަލަ ސްކްރިޕްޓްތައް ލިބޭ ކަމަށް ވަންޏާ ހަމަ ފިލްމީ މަސައްކަތް ކުރަނާނަން،"
އާއިލާއާ އެކު އޭނާ ލަންކާ އަށް ދިރިއުޅުން ބަދަލުކުރީ ދެ އަހަރަށް ވިސްނައިގެންނެވެ. މި ބަދަލާ އެކު ސީޒަން އަންނަނީ ލަންކާގައި ފިލްމު މޭކިން ކޯހެއް ވެސް ހަދަމުންނެވެ.
"އަދި ވިސްނުމަކު ނެތް އަނެއްކާ އަލުން މާލެ އަށް ދިރިއުޅުން ބަދަލުކުރާކަށް. ދަރިފުޅު ވެސް މިހާރު އެކޮޅުގައި ކިޔަވާތީ އެބަ ޖެހޭ އެކަމަށް ވެސް ވަރަށް ބޮޑަށް ވިސްނަން. އަނެއްކާ ދަރިފުޅު ވެސް ވަރަށް ބޭނުންވޭ ލަންކާގައި ހުރެގެން ކިޔަވަން،" ސީޒަން ބުންޏެވެ.
ސީޒަން އަންހެނުންނާއި ދަރިފުޅާ އެކު
އޭނާ ބުނި ގޮތުގައި އަލުން މާލެ ބަދަލުވާ ނަމަ އެކަމާ ވިސްނާނީ މި އަހަރު ނިމުމުން ކަމަށެވެ.
"ލަންކާގައި ދިރިއުޅުނަސް ފީލްއެއް ނުވޭ އަސްލު ބޭރު ގައުމެއްގައޭ މިހާރު މި އުޅެނީ. ދަތުރުފަތުރާއި މުވާސަލާތީ ކަންކަން ފަސޭހަވުމުގެ ސަބަބުން އަސްލު މާ ބޮޑު ތަފާތެއް ނެތްކަން ނޭނގޭ މިހާރު،" އޭނާ ބުންޏެވެ.
އެހެންވެ ކުރިއަށް އޮތް ތަނުގައި ވެސް ފިލްމީ މަސައްކަތްތައް ކުރާކަށް ދަތިތަކެއް ނެތް ކަމަށް ސީޒަން ބުންޏެވެ.
"ނޯޓީ 40" ގެ ޓީޒާއެއް.
"ނޯޓީ ފޯޓީ ވެސް މި ކުޅުނީ ހަމަ ދެ ކޮޅަށް ޓްރެވެލް ކުރަމުން. އެހެންވީމަ މިހާރު މިގޮތަށް މަސައްކަތް ކުރާކަށް އުނދަގުލެއް ނޫން. ދެން އަނެއްކާ އެކި ކަންކަމުގައި މާލެ އަންނަން ވެސް އެބަ ޖެހޭ. އެހެންވީމާ ފިލްމީ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރާނަން،" ސިންގަޅަ ބަހުން "ކައުޝީ" ކިޔާ ބިރުވެރި ފިލްމެއް ޑައިރެކްޓްކޮށް، އޭގެ ޕޯސްޓް ޕްރޮޑަކްޝަން ހަދަމުން އަންނަ ސީޒަން ބުންޏެވެ.
އޭނާ ބުނީ ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކުރާ "ނޯޓީ 40" އިން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
"ވަރަށް ހިތްހަމަޖެހޭ މި ފިލްމާ ދޭތެރޭ. އެއް ކަމަކަށް ތަފާތު ދެ ޖެނެރޭޝަނެއް މީގައި އެބަ އުޅޭ. އަދި ތަފާތު ލުކްސްތަކެއް ފިލްމުން ދައްކައިލެވޭތީ އެއީ ފިލްމަށް ލިބޭ ވަރަށް ބޮޑު ޕްލަސް ޕޮއިންޓަކަށް ވާނީ،" ފިލްމުގައި ވަރަށް ޒުވާން ބަޔަކާއި އުމުރުން 40 އަހަރުގެ މީހެއްގެ ރޯލު ކުޅޭ ސީޒަން ބުންޏެވެ.
ސީޒަން ހަށިގަނޑު ޓޯން ކުރުމުގެ ތެރެއިން.
އޭނާ ބުނީ އަދިވެސް ބޭނުންވަނީ ފިލްމުތަކުގައި "ޗެލެންޖިން" ރޯލްތަކެއް ކުޅެލަން ކަމަށެވެ.
"ކުރިއަށް އޮތް ތަނުގައި އެކަހަލަ ރޯލްތަކެއް ލިބޭނެ ކަމަށް މި ބަލަނީ،" އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
03 July 2017
ދެންކަލޭމެން މިލިޔުން ކިޔާފަ ކޮމެންޓް ކުރީ!ނޫސް ވެރިން މިސަކާރާތް ޖަހަނީ ކަލޭމެން މިއެއްޗެހި ބަލާތީ. މާނޫން ކަމަށް ހެދިގެން އުޅުނަސް.އެމީހުންނަށް ބެލޭނެ އާޓިކަލް ޑައުންލޯޑް ކުރިމީހުންގެ އަދަދު.
ޟުހާޓޯ
03 July 2017
ވަރަށް ވެފަހުންނަ ސޮރެއް.
އިރާ
07 July 2017
ތި ބުނީ ހަމަ ހެޔޮކޮށް. މަ ފޫހިވާން ފެށީ އެހެންވެ ސީޒަން ދެކެ.
ޓީވީ
03 July 2017
ޢެއްވެސް ޓީވީ އަކުން ތިޔަ ސީޒަން ނުފެނުނިއްޔާ ރަނގަޅީ.
ސަމާ
07 July 2017
ހަހަ އަސްލުވެސް. ބޮޑު ކަމެއް ސަހާދެއް، ރީތި އެކްޓިންގ އެއ ނެތްތާނގަ ރީތި ސްކްރިޕްޓެއް ވެސް އުފައްދަން ނޭނގޭ ބައެއް. ތި ސީޒަންގެ ވަފާތެރި ކެހިވެރިޔާ ބަލާފަ ލަދުން މަރު ނުވީ ކިރިޔާ. ހާދަ ފެންވަރު ދަށޭ ދިވެހިން ކުޅޭ ފިލްމު ތަކުގެ. އަހގް. އައި ކާންޓް އިވެން .....
1234
03 July 2017
ހޫކެއަރސް، ފިލްމް ކުޅެގެން އަމިއްލަޔަށް ބަލައިގެން އުޅެންވީނު ހަމަ