ރެއިންބޯ ރަމަޟާން ސޭލް 2017 ގެ ގުރުއަތުލުން. ގުރުއަތުން ހޮވުނު ފަރާތްތަކަށް ރޭ ވަނީ އިނާމު ހަވާލުކޮށްފައި. ފޮޓޯ/ރެއިންބޯ އެންޓަޕްރައިސިސް
03 ޖުލައި 2017 - 14:16
ރެއިންބޯ އިން މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ބޭއްވި "ރަމަޟާން ސޭލް 2017"ގެ ގުރުއަތުން ހޮވުނު ފަރާތްތަކަށް އިނާމު ހަވާލު ކޮށްފި އެވެ.
ރޭ ރެއިންބޯ ބިލްޑްވެއާގައި ބޭއްވި ގުރުއަތުލުމުގައި އެއް ވަނަ ދެ ވަނަ އަދި ތިން ވަނަ އަށް ހޮވުނު ފަރާތްތަކަށް ވަނީ އިނާމު ހަވާލުކޮށްފަ އެވެ.
މިދިޔަ އޭޕްރިލް 1- ޖޫން 10 ށް ބޭއްވި ސޭލްގެ އެއް ވަނަ އަށް ގުރުއަތުން ހޮވިފައިވަނީ މއ. މުތްކޮޅު، އައިމިނަތު އަލްޔާާ އެވެ. އޭނާ އަށް ދީފައިވަނީ ބެޑްރޫމް ސެޓެކެވެ.
ރެއިންބޯ ރަމަޟާން ސޭލް 2017 ގެ ގުރުއަތުލުން. ފޮޓޯ/ރެއިންބޯ އެންޓަޕްރައިސިސް
ސޭލްގެ ދެ ވަނަ އަށް ގުރުއަތުން ހޮވިފައިވަނީ އަހްމަދު އާތިފް (ނޫރަންމާގެ) އެވެ. ދެ ވަނަ އިނާމަށް ރެއިންބޯ އިން މި ފަހަރު ކަނޑައަޅާފައިވާ އިނާމަކީ ސޯފާ ސެޓެކެވެ.
މިއަހަރުގެ ރެއިންބޯ ސޭލްގެ ތިން ވަނަ އަށް ހޮވިފައިވަނީ ނާޒިމާ (ގ. ހޮޕް) އެވެ. ތިން ވަނަ އިނާމަކަށް ރެއިންބޯ އިން ދީފައިވަނީ ދޮންނަ މެޝިނެކެވެ.
ރެއިންބޯ އިން އަންނަނީ ކޮންމެ އަހަރަކު ވެސް މިފަދަ ސޭލްތައް ބާއްވަމުންނެވެ. އަދި ކޮންމެ އަހަރުވެސް އަގު ހުރި އެތައް އިނާމެއް ކަސްޓަމަރުންނަށް ފޯރު ކޮށްދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
03 July 2017
ކޮބާ މަ ؟؟
ހުސް މާލޭ
03 July 2017
ހުސް މާލޭ މީހުން