ޚަބަރު / އަޒީމާ އާދަމް

ރާއްޖެ ދޫކޮށް ދާކަށް ނޫޅެން، ފިލުމުގެ ވިސްނުމެއް ނެތް: ގަވަރުނަރު

އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް. - ފޮޓޯ: އެމްއެމްއޭ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގައި ދައުލަތުގެ މުއައްސަސާތަކުން ބައިވެރިވެފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ މައްސަލައިގައި ރާއްޖެ ދޫކޮށް ފިއްލަވަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެފަދަ ވިސްނުމެއް ވެސް ނެތް ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

އާޒިމާ "ފިއްލެވުމު"ގެ ކަންކަން ހަމަޖައްސަވަން އޭނާގެ ފިރިކަލުން އަދި ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު އުޅުއްވާ ކަމަށް އިދިކޮޅު އިއްތިހާދުން ކުރާ ތުހުމަތުތަކާ ގުޅިގެން "މިހާރު"އާ ވާހަކަ ދައްކަވަމުން އަޒީމާ ވިދާޅުވީ "ރާއްޖެ އިން ބޭރަށް ބަދަލުވުމުގެ ޕްލޭނެއް ވެސް އަދި ނެތް" ކަމަށެވެ.

"އަޅުގަނޑުގެ ފިރިމީހާ ސަފީރުކަމަށް ފޮނުވަން އޮތީ ވެސް އަންނަ އަހަރު. އެހެން ނޫނަސް އަޅުގަނޑު ރާއްޖެ އިން ބޭރަށް ބަދަލުވުމުގެ ވިސްނުމެއް އޮތީކީއެއް ނޫން،" އަޒީމާ ވިދާޅުވި އެވެ.

އެމްއެމްއޭގެ ގަވަރުނަރު އަޒީމާގެ ފިރިކަލުން އަދި ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު: އދ. ގެ ދާއިމީ މަންދޫބު ކަމަށާއި އެމެރިކާ އާއި ކެނެޑާ އަށް ކަނޑައަޅާ ސަފީރު ކަމަށް އޭނާ އައްޔަން ކުރަން ވަނީ ހުށަހަޅުއްވާފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

އދ. ގެ ދާއިމީ މަންދޫބު ކަމަށާއި، އެމެރިކާ އާއި ކެނެޑާ އަށް ކަނޑައަޅާ ސަފީރު ކަމަށް ނަސީރު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ރައީސް އަބްދުﷲ ޔާމީން ވަނީ ހުށަހަޅުއްވައިފަ އެވެ. މަޖިލީހުން އޭނާ އަށް ރުހުން ލިބިއްޖެ ނަމަ ފޮރިން ސެކްރެޓަރީ ކަމުން ވަކިވާނެ އެވެ.

"އަޅުގަނޑުގެ ފިރިމީހާ ސަފީރުކަމަށް ފޮނުވަން އޮތީ ވެސް އަންނަ އަހަރު. އެހެން ނޫނަސް އަޅުގަނޑު ރާއްޖެ އިން ބޭރަށް ބަދަލުވުމުގެ ވިސްނުމެއް އޮތީކީއެއް ނޫން" ގަވަރުނަރު

އަޒީމާ މިއަދު ވެސް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އެމްއެމްއޭގެ އަދި އޭނާގެ ވެސް ދައުރެއް ނޯންނާނެ ކަމަށެވެ. މީގެ ކުރިން ވެސް އަޒީމާ ވަނީ ތަކުރާރުކޮށް އެހެން ވިދާޅުވެފަ އެވެ.

"އަޅުގަނޑުގެ ފިރިމީހާ ސަފީރު ކަމަށް ފުރަނީ އަންނަ އަހަރު. އެހެންވީމާ އަޅުގަނޑުގެ މައްޗަށް ތުހުމަތު ކުރަންޏާ ޝަރީއަތް ހިންގާނެހާ ދުވަސް އެބައޮތް ނޫންތޯ؟ އަޅުގަނޑު ނޯންނާނެ މަނީ ލޯންޑަރިންގެ އެއްވެސް ކަމެއްގައި ބައިވެރިވެފައެއް. އެއީ ޔަގީންކަމެއް،" ގަވަރުނަރު ވިދާޅުވި އެވެ.

15 ކޮމެންޓް, 94 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 11%
icon angry icon angry 70%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާރސްލޮހް

17 August 2017

ދައުލަތުން މަދުވާލާރި ދައްކާފަ ބޭރައްދެވޭނީ

The name is already taken The name is available. Register?

ތެދު

09 September 2016

ކޮން ޤައުމެއްގައި ކޮން ބަޔަކު ޝަރީޢަތް ހިންގާ ވާހަކައެއްތޯ ކަމަނާ ތިޔަ ވިދާޅުވީ؟ ޝަރީޢަތް އޮތީ މަޙުޝަރުދުވަހު އެދުވަހުންވެސް ވިދާޅުވާނި ތިހެންތޯ؟

The name is already taken The name is available. Register?

އަހުމަދު

24 June 2016

ގަވަރުނަރަށް ތިޔަ ކަހަލަ ކަމެއް ކުރުމުގެ ޚިޔާލު ދިނުމުގެ ގޮތުން ކަމަށް ބެލެވެނީ، އެކަމަނާގެ ފިރިކަލަުންނަށް ރާއްޖޭން ބޭރުގެ ވަޒީފާ އެއް ހަމަ ޖައްސަނީ! އެއީ ރީތި ގޮތުގައި، އެކަމަނާ އެ މަަޤާމުން ބޭރުކުރުމަށް ކަމަށް ބެލެވޭ! މިހާރު ވެރިކަމުގައި ތިބި މީސްމީހުން މި އުޅެނީ ހިތުން ވަރަށް ދުރާލާ ކަންކަން ރާވައިގެން އެބައިމީހުން ބޭނުންވާ ކަންކަން ކުރެވޭނެ ކަމަށް ބަލައިގެން! އެކަމަކު އެހެނެއްހެންނެއް ހިއެއް ނުވޭ ކަންކަން ވެގެން ދަނީކީ!

The name is already taken The name is available. Register?

ޯޑޮކްޓަރު

23 June 2016

ޕެލަޓްތަށް ފެނިއްޖެތަ.

The name is already taken The name is available. Register?

ައިބްބޭ

23 June 2016

ފިލަން އުޅޭ މީހެއް ބުނާނެތަ، ތިމަންނަ މިއުޅެނީ ފިލާށޭ، !! ފިލަން އުޅޭކަން ވަރައް ސާފު!

The name is already taken The name is available. Register?

ސުލް

23 June 2016

މީ ގައުމެއްގެ ސިފަ ނެތެމުން ދާތަނެއް!. މީ ހިތާމަ އަކީ.

The name is already taken The name is available. Register?

އެމްސް

23 June 2016

""އަޅުގަނޑުގެ ފިރިމީހާ ސަފީރު ކަމަށް ފުރަނީ އަންނަ އަހަރު. އެހެންވީމާ އަޅުގަނޑުގެ މައްޗަށް ތުހުމަތު ކުރަންޏާ ޝަރީއަތް ހިންގާނެހާ ދުވަސް އެބައޮތް ނޫންތޯ؟ . . . . ރާއްޖެ ދޫކޮށް ފިއްލަވަންޖެހޭ އެއްވެސް ސަބަބެއް ނެތް . . . . ރާއްޖެ އިން ބޭރަށް ބަދަލުވުމުގެ ޕްލޭނެއް ވެސް އަދި ނެތް" މި ޖުމުލަތަކުން ރާއްޖެ އިން ބޭރަށް ބަދަލުވުމުގެ ވިސްނުމް ހަމަ އައިއްސާނެކަން އެބަ ދޭހަ ވޭ!

The name is already taken The name is available. Register?

ދިގުބޯ

23 June 2016

ޕޕމ ގެ ސަޕޯޓަރުންގެ ތެރެެއިން ދައުލަތުން ބައިވަރުތައް ލިބޭމީހުން ނޫން އެހެން މީހުން އަމިއްލަ ސިކުޑިން ވިސްނާލާން ޖެހޭ. މިސަރުކާރުގައި ރައްޔިތުންނަށް އޮޅުވުން ނޫން ކަމެއް ކުރޭބާ އެބަ؟ ހަމަ ކަންކަން މި ހިނގަނީ ރައްޔިތުންގެ ފައިދާއަށްބާ؟ ސިޔަސީ ފަރާތްތަކުން ކިރިޔާވެސް ރައްޔިތަކަށް ހެވެއް އެދި މިހާތަނަށް ކަމެއްކޮށްލަ ދެވިފައިވަނީ ކާކަށްބާ؟

The name is already taken The name is available. Register?

އިބޫ

23 June 2016

މަނީ ލޯންޑްެިންގ ވެސް ނިމެނީ އަދީބާއި ހިސާބުން ހުރިހާ ކަމެއް އަދީބާއި ހިސާބުން

The name is already taken The name is available. Register?

ޝިފާގު

23 June 2016

އަޒީމާގެ ތިވާހަކަ ގަބޫލު ކުރެވެއެވެ. އެކަމަކު ކަމަނާއަށް އެނގިގެން ހިނގިކަންތައްތައް ނުފެންނަކަމަށް ހައްދަވައިގެން ހުންނެވުމާ، ބޭންކިނގް ނިޒާމުގެ ތެރޭގައި ހިނގާދިޔަކަންކަން ފަސްއަޅާ ފޮރުވާލިއިރު އިނގިއްޔެއް ވެސް ހިއްލާނުލާ ހުރުމުގެ ބަދުނާމާއި ޒިންމާ ކަމަނާގެ ބޮލުގައި އެޅެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454