ކުޅިވަރު

ފަހު ވަގުތުގެ ގޯލުން ވިކްޓަރީ އަށް މުހިއްމު މޮޅެއް

ގްރީން ސްޓްރީޓްސްގެ އައްމަޑޭ (ވ) ބޯޅަ ކޮންޓްރޯލްކުރާއިރު ވިކްޓަރީގެ ޔާސީން ސަމާލުވެގެން. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ފަހު ސިކުންތުކޮޅުގެ ތެރޭގައި އަހުމަދު ނިޔާޒް (ނިޔާ) ވައްދާލި ލަނޑާ އެކު ގްރީން ސްޓްރީޓްސް އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެ އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރެއްގެ ޖާގަ ކަށަވަރުކުރުމަށް ވިކްޓަރީން މިރޭ މުހިއްމު ތިން ޕޮއިންޓް ހޯދައިފި އެވެ.

މި މޮޅާ އެކު ވިކްޓަރީ ވަނީ 18 ޕޮއިންޓް ހަމަކޮށް ހަތަރު ވަނައިގައި އޮތް ގްރީން ސްޓްރީޓްސްއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފަ އެވެ. ވިކްޓަރީ ފަސް ވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ގަދަ ހަތަރެއްގެ ޖާގަ މިހާތަނަށް ކަށަވަރުކޮށްފައިވަނީ 25 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތް މާޒިޔާ އެވެ. ދެ ވަނައިގައި 24 ޕޮއިންޓާ އެކު އޮތް ނިއު ރޭޑިއަންޓަށް ވެސް ގާތްގަނޑަކަށް ފުރުސަތު ލިބިފައިވާއިރު އަނެއް ދެ މަގާމަށް ވާދަކުރަނީ 20 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް އީގަލްސް އާއި ގްރީން ސްޓްރީޓްސްގެ އިތުރުން ވިކްޓަރީ އާއި 15 ޕޮއިންޓާ އެކު ހަ ވަނައިގައި އޮތް ޓީސީ އެވެ.

މިރޭގެ ނަތީޖާއާ އެކު، ގަދަ ހަތަރެއް ކަށަވަރުކޮށް ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދުމުގެ ވާދަވެރިކަން އަނެއްކާ ވެސް ބޮޑުވެފައިވާއިރު، ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ ތިން މެޗެވެ.

މިރޭގެ މެޗު ހުރިހާ ގޮތަކުން ވެސް ކޮންޓްރޯލްކޮށް ވިކްޓަރީން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދި ނަމަވެސް އެންމެ ރަނގަޅަށް ބޭނުމެއް ނުކުރެވުނެވެ. އޭގެ ބޮޑު ޝުކުރެއް ގްރީން ސްޓްރީޓްސްގެ ޖަޕާން ގޯލްކީޕަރު ޔުން ކޮޗީ އަށް ހައްގުވެ އެވެ.

ވިކްޓަރީ އަށް ފުރުސަތުތަކެއް ގެއްލިފައިވަނިކޮށް ފުރަތަމަ ހާފުގައި ގްރީން ސްޓްރީޓްސް އިން ލީޑު ނެގީ ވިކްޓަރީ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގަ އެވެ. މެޗުގެ 42 ވަނަ މިނެޓުގައި ވިކްޓަރީގެ ކެޕްޓަން އިސްމާއިލް އީސާ ފަހަތަށް ޖައްސާލި ބޯޅަ އެ ޓީމުގެ ވެލިޗްކޯ ގޯލްކީޕަރު މުހައްމަދު އަލް ޔޫސުފަށް ޖައްސާލުމުން އޭނާ މަސައްކަތްކުރީ ގްރީން ސްޓްރީޓްސްގެ އަހުމަދު ރަޝީދު (އައްމަޑޭ) އާއި އަހުމަދު ހަސަން ކައިރިން ނައްޓާލުމަށެވެ. އައްމަޑޭ ކައިރިން ނައްޓާލި ވަގުތު އެ ބޯޅަ އަހުމަދު ހަސަނަށް ލިބުމުން އޭނާ ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.

ވިކްޓަރީގެ ފަރާތުން އެޓޭކިން، އަވަސް ގޭމެއް ފެނިގެން މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ލަނޑު ޖަހާނެ ހުސް ހަ ފުރުސަތު ލިބި ބޭކާރުވި އެވެ. ހަތަރު ވަނަ މިނެޓާއި 11 ވަނަ މިނެޓުގައި ވިކްޓަރީގެ ކެރިޗް އަންދްރޭ ފޮނުވާލި ދެ ބޯޅަ ކީޕަރު މަތަކުރި އެވެ. އޭގެ ފަހުން ވިކްޓަރީގެ ހަސަން އަދުހަމް (ސަޑޭ) އޭރިއާ ތެރެއިން ފޮނުވާލި ބާރު ބޯޅައެއް ވެސް ސަލާމަތްކުރީ ކީޕަރެވެ.

ދެ ވަނަ ހާފު ފަށައިގެން 58 ވަނަ މިނެޓުގައި ވިކްޓަރީން އެއްވަރުކުރީ ޕެނަލްޓީއަކުން ކެޕްޓަން އީސާ ވައްދާލި ގޯލުންނެވެ. މިއީ ވިކްޓަރީގެ ކެރިޗަށް އޭރިއާ ތެރެއިން ގްރީން ސްޓްރީޓްސްގެ އަހުމަދު ސާއިފް ކުރި ފައުލަކަށް ރެފްރީ އާދަމް ފަޒީލް ދިން ޕެނަލްޓީއެކެވެ. އޭގެ ފަހުން 68 ވަނަ މިނެޓުގައި ވިކްޓަރީގެ މުހައްމަދު ސެޑިކަށް ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ.

ގްރީން ސްޓްރީޓްސްގެ އިބްރާހިމް ރިޒްވާނަށް ވެސް އަލުން ލީޑު ނެގުމަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އެވެ. އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަންނަން ދަނިކޮށް ސަލާމަތްކުރީ ވިކްޓަރީގެ ވެލިޗްކޯ އެވެ.

މި ހާފުގައި ވެސް ގިނަ ފުރުސަތު ހޯދީ ވިކްޓަރީންނެވެ. އެގޮތުން އެ ޓީމުގެ ސެޑިކް އޭރިއާ ތެރެއަށް ވަދެ ގޯލްކުރިމަތީ ހުހަށް ހުރި ކެރިޗަށް ދިން ބޯޅައެއް އޭނާ ޖެހުމުން ގޯލާ އަމާޒުނުވެ ބޭރަށް ދިޔައިރު މުހައްމަދު ރިސްވާނަށް ވެސް އެހާމެ ހުސް ފުރުސަތެއް ލިބި ބޭކާރުވި އެވެ. އޭނާ އަށް ބޯޅަ ލިބުނު ވަގުތު ކީޕަރު ވެސް މަގާމުގައި ނެތެވެ. އެކަމަކު ލަސްކުރުމުގެ ނަތީޖާއަކަށްވީ ކީޕަރު މަގާމަށް އަރައި އެ ބޯޅަ ސަލާމަތްކުރުމެވެ.

މެޗު އެއްވަރުވާނެ ކަމަށް ބެލެވުނު ނަމަވެސް ވިކްޓަރީގެ ބަދަލު ކުޅުންތެރިއާ ނިޔާ ވަނީ ފަހު ވަގުތު މަންޒަރު ބަދަލުކޮށްލައިފަ އެވެ. އޭރިއާ ތެރެއަށް ކެރިޗް ހުރަސްކުރި ބޯޅަ ނިޔާ ގޯލުގެ ތެރެއަށް ވައްދާލީ ކޮންޓްރޯލްކޮށްލުމަށް ފަހު ހަމަޖެހިލައިގެން ޖަހަ އެވެ.

މެޗަށް ފަހު ގްރީން ސްޓްރީޓްސްގެ ސަޕޯޓަރުން ވަނީ ރެފްރީއާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި ރެފްރީ ފަޒީލް ދަނޑުން ފޭބި ވަގުތު ގްރީން ސްޓްރީޓްސްގެ އޮފިޝަލަކު ވަނީ ރެފްރީއާ ދިމާލަށް ގޮސް ރެފްރީގެ އަތުގައި އޮތް މެޗު ބޯޅައިގައި އަތުން ޖަހައި މޫނާ ދިމާލަށް ހޫރާލައިފަ އެވެ.

ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނީ ވިކްޓަރީ އޮތް ހާލަތަށް ބަލާއިރު މި ލިބުނީ ވަރަށް މުހިއްމު ތިން ޕޮއިންޓް ކަމަށާއި ގަދަ ހަތަރަކަށް އަރަން އެންމެ ބޮޑަށް ވާދަކުރަން ޖެހޭ ޓީމާ ޕޮއިންޓުގެ ގޮތުން ހަމަކުރެވުމާ އެކު ގަދަ ހަތަރެއްގެ ދޮރު ވަރަށް ބޮޑަށް ހުޅުވިއްޖެ ކަމަށެވެ.

"މެޗުގެ ކުރީކޮޅު ވަރަށް ބޮޑު މިސްޓޭކެއް ހެދިފައި އޮއްވާ އެކަން ރިކަވާކުރެވޭނީ ކުޅުންތެރިން ވަރަށް ބޮޑަށް ހިތްވަރުކުރީމާ. މިއިން ދުވަހަކު ނުކުރާ މަސައްކަތްކުރިތަން މިއަދު ފެނުނު. ކުޅުންތެރިންނަށް ހަމަޖައްސަން ޖެހޭ ކަންކަން ވެސް ހަތަރު ފަސް ދުވަހުގެރޭ ހަމަޖެހިގެންދާނެ،" ސުޒޭން ބުންޏެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް ބުނީ މި މެޗުގައި ބައެއް ކުޅުންތެރިން ޒިންމާ ރަނގަޅަށް ނުނަގާ ކަމަށާއި އެންމެ ރަނގަޅަށް މަސައްކަތް ވެސް ނުކުރާ ކަމަށެވެ. އަދި ފުރަތަމަ ހާފުގައި ލީޑު ލިބުނު ނަމަވެސް އެއީ ނަސީބު އެހީވި ގޯލެއް ކަން ސޮބާ ފާހަގަކުރި އެވެ. އެކަމަކު ސޮބާ ބުނީ އަދިވެސް އޭނާގެ ޓީމަށް ގަދަ ހަތަރެއްގެ ފުރުސަތު ނުގެއްލޭ ކަމަށާއި މާޔޫސްވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

"މި މެޗުން ބަލިވުމާ އެކު އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭނީ. އަޅުގަނޑުމެން އަދިވެސް ހަތަރު ވަނައިގައި އޮތީ. އަދި ފުރުސަތެއް ވެސް ނުގެއްލޭ. މި މެޗުން ބަލިވިޔަސް އެއީ މާޔޫސްވާން ޖެހޭ ސަބަބެއް ނޫން. އަޅުގަނޑުމެން ވަރަށް އެވްރެޖް ކުޅުންތެރިންތަކެއް ގޮވައިގެން މިހާތަނަށް ވެސް ކުރި މަސައްކަތުން މިހިސާބަށް ވެސް އާދެވުނީ. އެހެންވީމާ މި ވަގުތު ވެސް އެ ކުޅުންތެރިން މިހާތަނަށް ވެސް ކުރި މަސައްކަތް ފާހަގަކުރަން. ކޮންމެ ގޮތެއް ވިޔަސް ގޮންޖެހުމަކާ މި ކުރިމަތިލާން ޖެހެނީ. އެކަމަށް މަސައްކަތްކުރާނަން،" ސޮބާ ބުންޏެވެ.

7 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 94%
icon sad icon sad 6%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނިއުދަކިންގް

05 July 2017

ގްރީނު މީހުން އެފްއޭއެމަށް ހުތްއަޅައިގެން ނިއުގެ ކުޅުންތެރިން ސަސްޕެންޑްކުރަން އުޅުނީމަ މިހާރު ސައިޒުވަމުން ތިއަންނަނީ މަޑުމަޑުން.. ދެން އޮތް މެޗުން ވެސް ބަލިވާނެ އިރާދަކުރެއްވިއްޔާ.. ދިވެހި ފުތް ބޯޅާ ކުރިއަރާނި ފުޓުބޯާޅައި ހަޤީޤީ ބާނީން އަދި މައު މުގޫތައް ކަމަށްވާ ނިއު ވިކްޓަރީ ވެލެންސިޔާ ހަމއަކަށްއެޅި އެ ވާދަވެރިކަން އަލުން އަނބުރާ އައިސްގެން ކަންމަތީ ކުލަބުތަކާ ޕާޓެ ހަދައިގެން އުޅޭ ފައިޓިންގ ކުލަބުތަކަކަށް އެކަމެއް ނުވާނެ

The name is already taken The name is available. Register?

ގާރީ

05 July 2017

ސޮބާ ސައިޒްވަނީ. އެއްވެސް އަގަލެއް ނެތް ސަފޯޓަރުން އުޅޭ ޓީމެއްތީ.

The name is already taken The name is available. Register?

ޢަހްމަދު

05 July 2017

ގްރީންގެ މީހުން ކަމެއް ކުރިއަށް އެފްއޭމްގެ ވެރިންނަށް ނުފެންނާނެ..ނިއުގެ ކަމެއްވިއްޔާ ވަރަށް ފޯރި ހުންނާނެ.

The name is already taken The name is available. Register?

ނަސްރު

05 July 2017

މިތާ ކޮމެންޓު ކުރާ ކުދިން މޮޔަ ގޮވަނީ ކީއްވެ. ހަމަ ވިކްޓަރީ ނެޗަކައްފަ މެޗަކުން ކާމިޔާބު ހޯދަމުން ދާތީ ދޯ، / މިވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޓީމަކީ ނިއު. ނަމަވެސް ނިއުވެސް ހަމަ ވިކްޓަރީ ކަހަލަ އާދާގެ ޓީމެއްގެ އަތުން ބަލިވެދާނެތާ، ކިތަންމެ މޮޅު ކޯޗަކާ މޮޅު ކުޅުންތެރިން ތިއްބަސް ހަމަ އާދާގެ ޓީމެއްގެ އަތުންވެސް ނިއު ބަލި ވުމަކީ ހަމަ އެކަށީގެންވާ ކަމެއްދޯ.

The name is already taken The name is available. Register?

ދިވެހި މޮރީނިޔޯ

05 July 2017

ސުޒޭނު ދާ ޓީމެއްވިއްޔާ އަބަދުވެސް ދައްކާނީ ހާލަތުގެ ވާހަކަ!

The name is already taken The name is available. Register?

ހުންގާނު

05 July 2017

ހިސާބަށްވުރެ ފޮނިބޮޑުވީމަ ވާނީތިހެން، ނިއު އާ ކުޅެން އޮތް މެޗުގެ ކުރިން އެފް.އޭ.އެމް މެދުވރިކޮށް ނިއުގެ އެންމެ މުހިއްމު ކުޅުންތެރިންތައް ސަސްޕެންޑް ކުރުވައި ނިއުގެ ވަރަ ކޮށާލުމަށްފަހު މެޗުކުޅެގެން ނިއު އަތުން މޮޅުވީމަ ހީވީ ލީގު ލިބިގެން އުޅުނުހެން

The name is already taken The name is available. Register?

ޔޫ

05 July 2017

އެވްރެޖް ނޫން ކުޅުންތެރިން މާ ގިނަ ތަ. އެހެން ޓީމް ތަކުގަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454