ވިލާ ކޮލެޖުން ކުރިން ބޭއްވި ހަރަކާތެއްގައި އެ ކޮލެޖުގެ ރެކްޓާ ޑރ. އަންވަރު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
06 ޖުލައި 2017 - 23:04
ސްކޫލު ތައުލީމް ނިންމާލުމަށްފަހު މަތީ ތައުލީމަށް ކިޔަވާއިރު ފެންވަރު ރަނގަޅު ޔުނިވާސިޓީތައް އިހުތިޔާރުކުރެއްވުމަށް ވިލާ ކޮލެޖުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރު އިލްތިމާސްކުރައްވައިފި އެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން މިއަހަރު ނިންމި ދަރިވަރުންގެ ދަސްވެނިވުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އަންވަރު ވިދާޅުވީ، މަތީ ތައުލީމަށް އަވަށްޓެރި ގައުމުތަކަށް ދަރިވަރުން ދާއިރު، ފެންވަރު ދަށް ޔުނިވާސިޓީތައް ވެސް އިހުތިޔާރު ކުރެވޭ ކަމަށެވެ.
އަންވަރު ވިދާޅުވީ އޭ ލެވެލް ނިންމާ ދަރިވަރުންނަށް ވަރަށް ގިނަ ފަރާތްތަކުން ފާރަވެރިވަމުންދާނެ ކަމަށެވެ. އެހެންކަމުން ދަރިވަރުންނަށް ހާއްސަކޮށްގެން ތަފާތު ހަރަކާތްތައް ވެސް ކުރިއަށްގެންދާ ކަމަށާއި ނަމަވެސް މަތީ ތައުލީމަށް ފާހަގަކޮށްލެވޭ އަދި ފެންވަރު ރަނގަޅު ޔުނިވާސިޓީއެއް އިހުތިޔާރުކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވިލާ ހައި ސްކޫލުން ތައުލީމް ހާސިލްކުރާ ދަރިވަރަކު، ފެންވަރު ދަށް ޔުނިވާސިޓީއަކުން މަތީ ތައުލީމް ހާސިލްކުރަން ބޭނުންނުވާ ކަމަށެވެ.
"ރަނގަޅު ނަތީޖާއަކީ ނަންހުރި ދުނިޔޭގެ ފެންވަރުގެ ޔުނިވާސިޓީތަކަށް ވަދެވޭވަރުގެ ނަތީޖާއެއް ލިބުން. އެހެންކަމުން ރަނގަޅު ނަތީޖާއެއް ހޯދައިގެން ފެންވަރު ރަނގަޅު ޔުނިވާސިޓީތަކަށް ތައުލީމް ހާސިލްކުރަން ދެވޭތޯ މަސައްކަތް ކުރަންވާނެ،" ތާޖުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި އަންވަރު ވިދާޅުވި އެވެ.
އަވަށްޓެރި އިންޑިޔާ އާއި ލަންކާގައި ދަރިވަރުން އޭ ލެެވެލް އިމްތިހާނު ހަދާއިރު، ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ޔުނިވާސިޓިތަކުން ޖާގަ ހޯދުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި އެ ދަރިވަރުން ފާހަގަކޮށްލެވޭ ޔުނިވާސިޓީތަކުން ޖާގަ ހޯދައި ކާމިޔާބު ބަޔަކަށް ވެފައިވާކަަން އަންވަރު ފާހަގަކުރެއްވި އެވެ.
ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ހޭދަކޮށްފައިވާ އަންވަރު ވިދާޅުވީ ނަންހުރި ޔުނިވާސިޓީތަކާއި މީހުންގެ މެދުގައި މަގުބޫލު ޔުނިވާސިޓީތަކުން ފޯރުކޮށްދޭ ތައުލީމް ތަފާތުވާނެ ކަމަށެވެ. އަދި މަތީ ތައުލީމެއް ހާސިލްކޮށްފައި ހުއްޓަސް، އެ މީހަކު ކިޔެވި ޔުނިވާސިޓީއެއްގެ ސަބަބުން މީހުން ދެކޭގޮތް ތަފާތުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ މިސާލެއް ދައްކަވަމުން އަންވަރު ވިދާޅުވީ ޔޫކޭގެ ޔުނިވާސިޓީއަކާއި އަވަށްޓެރި ގައުމެއްގެ ކެމްޕަހަކުން ތައުލީމް ހާސިލްކުރާ މީހުން ދެކޭގޮތް ތަފާތު ވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ދުނިޔޭގެ ފެންވަރު ރަނގަޅު ޔުނިވާސިޓީތަކުން ސްކޮލަޝިޕްތަކާއި ޓިއުޝަންފީ ފަދަ އެއްޗެހި ދައްކައިދޭ ކަމަށެވެ.
ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާއިރު ވިިސްނަންވީ ފެންވަރު ރަނގަޅު ތައުލީމަކަށް ކަމަށާއި، އަވަހަށް ކިޔެވުން ނިންމާލައި ސެޓްފިކެޓް ހޯދުމުގެ ހިޔާލު ދޫކޮށްލަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގައި ވެސް ދުނިޔޭގެ ނަން ހުރި ޔުނިވާސިޓީތަކުގެ ކޯސްތައް ހިންގަމުން އަންނަ ކަމަށާއި އެގޮތުން ވިލާ ކޮލެޖުގައި ޔޫކޭގެ ޔުނިވާސިޓީގެ ޑިގްރީ ޕްރޮގްރާމްތައް ހިންގަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
ވިލާ ހައި ސްކޫލުން މިއަހަރު ވަނީ 300އެއްހާ ދަރިވަރުން ދަސްވެނިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މާކަނާކަލޯ
07 July 2017
ކީހީނެތްތީކަން ކުރާނީ ވީލާ ތަންތަނުންނާއީ މާގަދަ ކޮލެޖުތައްކަމައްހެދީގެން ތީބޭ ދެއުޅީއެއްނެތް ތަންތަނުން ބޭރުގެ އޯޕަން އެންޓުރެންސު ޕޮލީސީގެންގުޅޭ ފީކަޅާ ޔުނީވާސީޓީތަކާއީ ގުޅީގެން ރާއްޖޭގައީ މީހުންނައް އޮޅުވާލައީގެން މާކެޓުކުރާ ތަންތަން ތީބޭއީރު..
އިބްރާހީމް
07 July 2017
މީހާ މީހަކަށް ވަނީ ކިޔަވާ ޔުނިވަރސިޓީއެއްގެ މޮޅު ދެރަކަމަކުން ނޫން. ތިޔަ ފަދަ ބޭފުޅާކު ދެކޮޅު ނުޖެހޭ ވާހާކައެއް ދެއްކީމަ ހިތާމަކުރަން. މިކަމުގެ ހައްލު އޮތީ އިސްލާމްދީނުގައި މާކުރިން ބަޔާންކުރައްވާފައި. ދަރިން ރަގަޅު ބަޔަކަށް ހަދަންޔާ ކޮންމެހެން ވިލާތުގެ ޔުނިވަރސިޓީއަކަށް ދިޔުން މުހިއްމެއް ނޫން. އިސްލާމީ އުސޫލްތަކާއި އެއްގޮތަށް އަމަލު ކުރުން މުހިއްމީ އޭރުން ކޮލްމަބޯއިން ކިޔެވިޔަސް ކާމިޔާބު މީހަކަށް ވެވިދާނެ.
ހަނދުކޭތަ
07 July 2017
ރަގަޅު ވާހަކަ އެއް، ފެންވަރު ދަށް ޔުނިވަރސިޓީ ތަކުން ކިޔަވާ މީހުންގެ ފެންވަރު ވެސް ދަށްވާނެ. ރާއްޖޭގައި ވަރަށް ގިނަ މިކަހަލަ ޔުނިވަރސިޓީ ތަކުން ކިޔަވައިގެން ތިބި ޑޮކަޓަރުންނާއި، ގާޒީންނާއި، އަދި ބަޔެއް މާކެޓިންގް އަދި މެނޭޖު މެންޓު ދާއިރާ ގައި އުޅޭ މީހުން.
މުޫސަ
07 July 2017
ތިއީ ހަމަ ރަގަޅު ވާހަކެއެއް. މިސާލަކަށް ބަލަމާ ރާއްޖޭގެ ކުރީގެ ޓީޗަރުން، އެއިރު ރާއްޖޭގައި ވަރަށް ފެންވަރު ރަގަޅު ޓީޗަރުން އުޅުނު، އެ ގިނަ ޓީޗަރުން ކިޔަވީ ސިންގަޕުރާއި އޮސްޓުރޭލިޔާގެ ރަގަޅު ޔުނިވަރސިޓީ ތަކުން. އެކަމަކު މިހާރު ބަލާ މި އުޅޭ ގިނަ ކުދިން، ހާއްސަކޮށް މެލޭޝިޔާ އާއި ބަނގުލާދޭޝް އާއި އަދި އިންޑިޔާގެ ބަޔެއް ފެންވަރު ދަށް ޔުނިވަރސިޓީ ތަކުން ކިޔަވާ ކުދިން. ފެންވަރު ދަށްވެފަ މަސައްކަތުގެ އަހުލާގު ވެސް ވަރަށް ދަށް
ޢިލްމާން
07 July 2017
މަނިކުފާނު ތި ވިދާޅުވިހެން އަޅުގަނޑުމެން ހުރިހައި ބެލެނިވެރިންވެސް ބޭނުންވަނީ ދުނިޔޭގެ ހުރި އެއްމެ މަޝްހޫރު އެއްމެ ރަނގަޅު ޔުނިވާރސިޓީން އަޅުގަނޑުމެންގެ ދަރީންނައް ދަސްވެނިވާން. ނަމަވެސް ކޮންމެ ކަކުންޔެއްވެސް ހޮރުކޮއްނަނީ އެކަކުންޔެއްގެ ކުޑަ/ބޮޑު މިނުން. ތި ވިދާޅުވިގޮތައް އަޅުގަނޑުގެ ދަރިފުޅު އޭލެވެލް ނިމުނީމަ އެދަރިފުޅު ފޮނުވިން ދުނިޔޭގެ ނިސްބަތުން 6 ވަނައިގަި ގުނާލެވޭ ޔުނިވެރސިޓީއަކައް. ކިހިނެއްތޯވީ؟ ފައިސާގެ ގޮތުން ހިފަހައްޓާލެވުނީ 1 އަހަރު. މުއްސަނދިކަމައް ރާއްޖޭގައި މިކިޔާ ހުރިހައި ފަރާތަކަށާއި ދިވެހި ސަރުކާރައް ލޯނެއްގެ ގޮތުގައި ފައިސާގެ އެހީހެއް ހޯދަން އެދުނު ހިނދު އެފަރާއްތަކުން ދިނީކީ އެބޭނުންވި ފަދަ ޖަވާބަކައްނުވުމުގެ ނަތީޖާއަކައްވީ އެދަރިފުޅު ކިޔެވުން ހުއްޓާލާފައި ގައުމައް އެނބުރި އައުން. ނަތީޖާ ވަރައް ހިތި. އެދައރިފުޅު ކިޔެވުން މަތީން އުއްމީދުކަނޑާލީ. އަޅުގަނޑުމެންގެ ހާލަތު މިއަދު ހުރިގޮތުން އަވައްޓެރި ގައުމެއްގައި ހުރި "ކަޑަ" ޔުނިވާރސިޓިއަކުންވެސް އަޅުގަނޑުމެންގެ ދަރީންނައް އެކުދީން އެދޭ ދާއިރާކުން މާސްޓާރސް ނުވަތަ ޑޮކުޓަރޭޓް ފެންވަރުގެ ސާރޓިފިކޭޓެއް ލިބިުނީމައި އެ ކުދީންނައް އެކުދީންގެ ކުރިމަގު ބިނާކުރުމުގެ މަގު ތަނަވަސް ވެގެން ދާނެތީއާއި އަދި މިގައުމުގައި ތިބެގެން އާމްދަނީއެއް ލިބޭވަރު ވާނެތީވެ މިބެލިނި ވެރީންނައް މަޖުބޫރު ވަނީ ކިތަންމި ހިތޤހަމަނުޖެހުނަސް މިމަގު އިހުތިޔާރުކުރަން. އެކިމީހުން އެމީހުންގެ ވިޔާފާރި އިޝްތިހާރު ކުރާނީ އެކިގޮތައް. އެގޮތުން އަންވަރުވެސް މިފަހަރު ތިޔަހެއްދެވީ އެފަދަކަމެއް. އަންވަރު ހަމަރަނގަޅައް އެނގިލައްވާނެ އޮކުސްފޯޑު ޔުނިވާރސިޓިގެ ޑިގުރީޕްރޮގުރާމެއް މާލޭގައި ހިންގައިދިނަކަސް އޮކުސްފޯރޑު ޔުނިވާރސިޓިގައި ހުރެގެން އެމަޓީފެންވަރުގެ ލެކުޓަރުންގެ ފަރާތުން ދަސްވެނިވާކުދީންނާއި ރާއްޖޭގައި އެ ޕރޮގުރާމް ފުރިހަމަކުރާ ކުދީންގެ ފެންވަރު ބޮޑުތަނުން ތަފާތުވާނެކަން.
މޮޅޭ
07 July 2017
މޮޅު ޔުނިވާސިޓީއަކުން ކިޔަވާ ނިންމާފަ އެހިސާބުންވެސް ނިމުނީކީނޫން. ތިންވަނަދުނިޔޭގަ މިހާރު ހުރޭ ކޮމްޕިއުޓަރު ކޯހާއި ވިޔަފާރި ވިކުރާ ބަލަހައްޓަދޭ ކޯސްތައް ހިންގާ ކުދިކުދި ކައްޕަޅި ތަންތަނުގަވެސް ކޮލެޖުބޯޑު ޖަހާފަ، ނަމަނަމަ އެފަދަ ތަނެއްގެ ވަޒީފާއަކަށްދާން ވިސްނައިގެންނުވާނެ. ބަލަންވާނީ ހާވަޑް ކަހަލަ ތަނެއްގެ ރެކްޓާއެއްގެ ވަޒީފާ ލިބޭތޯ.
ފާނޫޒް
07 July 2017
އެއްގޮތަކުން ރެކްޓަރ ވިދާޅުއެވަނީ ވަރަށް ބޮޑު ތެދުފުޅެކެވެ. ޚާއްޞަގޮތެއްގައި މިހާރު މަތީ ތަޢްލީމު ދޭ ފަރާތްތަކަކީ ވަރަށް ބޮޑަށް ވިޔަފާރީގެ ގޮތުގައި ފޯރުކޮށްދެއްވަމުންއަންނަ ޚިދުމަތެކެވެ. އަވަށްޓެރި ސްރީލަންކާ އަކީ މީގެ މިސާލެކެވެ. އެތައް އެތައް އިންސްޓިޓިއުޓަކާއި ކޮލެޖް މިހާރު ފަސްޓް ޑިގްރީއިން ފެށިގެން ޕީއެޗްޑީ އަށް ކިޔެވެން ލަންކާގައި އެބަހުއްޓެވެ. ނަމަވެސް އަޅުގަނޑަށްވެސް ފެންނަ ފެނުމުގައި އެތަންތަނުން ދޭ ތަޢްލީމަކީ ފެންވަރުގެ ގޮތުން ބޮޑެތި ޔުނިވާރސިޓީތަކާއި އަޅާބަލާއިރު ދަށުދަރަޖައިގެ ތަޢުލީމެވެ. މިސާލަކަށް ކޮލޮމްބޯ ޔުނިވާރސިޓީ އާއި ސްރީޖަޔަވަރުދަނަޕޫރަ ފަދަ ޔުނިވާރސިޓިތަކަކީ ފާހަގަ ކޮށްލެވޭ ތަންތަނެވެ. ފެންވަރުވެސް މައްޗެވެ. އަދި އެޑްމިޝަން ހޯދުމަށްވެސް އުނދަގުލެވެ. ނަމަވެސް އައިސީބީޓީ، އޭސީބީޓީ ފަދަ ތަންތަން އެހެނެއްނޫނެވެ. ޔޫކޭ ޑިގްރީއެް ދިންކަމުގައިވިޔަސް ކޯސް ކޮންޓެންޓާއި ސްޓްރަކްޗަރ އޮންނަގޮތުން ހަމަ އެކަނި ކްލާހަށް އެޓެންޑްވެލާފަ އެހެން މީހެއްލައްވާ އެސައިންމެންޓް ހައްދާފަ އޮންލައިން ކޮށް ސަބްމިޓްކުރީމަ ޑިގްރީ ލިބުނީއެވެ. އެހެން ކަމުން ޑިގްރީ ހޯލްޑަރސްގެ ފެންވަރު އެއްގޮތަކަށްވެސް ނުހުންނާނެއެވެ. ދެވަނަކަމަކީ، ކޮންމެހެން މަތީ ތަޢްލީމަކީ މިހާރު މުހިންމު އެއްޗެއްނޫނެވެ. ކޮންމެވެސް ސިޔާސީ ޕާޓީއަކަށް ވަދެ ނުފޫޒުގަދަމީހުންގެ އުނގަށް ވެއްޓިގަނެ އެމީހުންގެ ރުހުން ލިބިއްޖެ ކަމުގައިވަނީނަމަ މަގާމު ލިބޭނެއެވެ. ތިންވަނަ ކަމަކީ މީހާގެ އަމިއްލަ ކުޅެދުންތެރިކަމާއި މަސައްކަތުން ކުރިއެރުމެވެ. ޗެލެންޖެސް އޯވަރކަމްކޮށް ފުރުސަތުތަކުގެ ބޭނުންހިފައި އަމިއްލަ ވިޜަންއަށް ވަށިލު ވުމަށް ސްޓެރެޓެޖީތަކެއް އެކަށަ އަޅާ އެއްށް މަސައްކަތް ކުރުމެވެ. ކާމިޔާބު ވާނެއެވެ. މަތީ ތަޢްލީމު އޭރުން ބޭނުމެއްނުވާނެއެވެ.
މަޒީން
07 July 2017
މަ ކިޔެވި ޔުނިވަރސިޓީއެއް ނޯންނާނެ. ގްރޭޑް 7 ޑްރޮޕްއައުޓެއް. އެކަމު މަގޭ މުސާރަ އަކީ 5000 ދޮލަރު. މަގޭ ދަށުން ދިގްރީ ހޯލްޑަރުން މަސައްކަތްކުރޭ. ވިސްނުންތެރި ކަމާ ހިކްމަތްތެރި ކަމާއެކު މަސައްކަތް ކުރީމާ ކާމިޔާބު ލިބޭނެ ކުދިންނޭ
ޝިފާގު
07 July 2017
ނުކިޔަވާހުރީމަ ފޭކުނަމެއްޖަހާފަ ތިކޮމެންޓް ތިކުރީ.
އަލީ
07 July 2017
މަޖާ ވާހަކައެއް. ޖޯކް ޖައްސަވަންދެއްތޯ ތި އުޅުއްވަނީ.
ޭެއޭނަ
07 July 2017
ރަދީފް އެބުނީ ތެދެއް. ބުރަ މަސައްކަތް ކޮށް ކިޔަވައި ހޯދާ ސެޓިފިކޭޓަކުން ލިބޭ މޮޅެއްނެތް. ގަޓު ހުރި ކަންމަތީ ޒުވާނުންނާއި ބޮންދުންނަށް ރާއްޖޭގައި ފުރުޞަތު ފަހިވެފައި އޮތީ. ދެން 7 އިން ފާސްނުވެ އެންމެ ފަހުން ސްކޫލުން ވަކިކުރީމާ ޕާޓީ ޕޯޑިއަމެއް މަރާމާތުކުރަންޖެހޭ ވަރަށް ހަޅޭއްލަވާފައި ކޯޑިނޭޓަރެއްގެ މަގާމު ނުލިބޭ ވާހަކައެއްނޫން.
ނަމޫނާ
07 July 2017
ސަރުކާރުނ ލޯނު ދެނީ ތިބުނާ ކައްޕަޅި ޔުނިވާސިޓީއަކުން. (OECD ގައުމުތަކުން މަތީ ތައުލީމު ހޯދަނީ ކިހިނެއް