ކުޅިވަރު

ފުލުގައި އޮތް ވެލެންސިއާ އިން މާޒިޔާ ހިފަހައްޓައިފި

މާޒިޔާގެ އުމެއިރު (ވ) ފޮނުވާލާ ބޯޅަ ވެެލެންސިއާގެ ޝާފީ ބްލޮކްކުރަން މަސައްކަތް ކުރަނީ--. ފޮޓޯ:ނިޝާންއަލީ/މިހާރު

އެސްޓީއޯ މާލޭ ލީގުގެ ފުލުގައި އޮތް ވެލެންސިއާ އިން ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާއާ 0-0 އިން އެއްވަރުކޮށްފި އެވެ.

މިއަދުގެ މެޗުން މޮޅުނުވެވުމުން މާޒިޔާ އަށް ވަނީ ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. ލީގުގެ އެއް ވަނައިގައި މާޒިޔާ އޮތީ 12 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް 12 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ.

ވެލެންސިއާ އެންމެ ފުލުގައި އޮތީ 12 މެޗުން ތިން ޕޮއިންޓާ އެކު އެވެ. މިއީ މި ފަހަރުގެ ސީޒަނުގައި ގްރީން ސްޓްރީޓްސް ނޫން ކްލަބެއް އަތުން ވެލެންސިއާ އަށް ލިބުނު ހަމައެކަނި ޕޮއިންޓެވެ.

މިއަދުގެ މެޗަށް ނުކުތްއިރު ސަސްޕެންޝަންގެ ސަބަބުން މާޒިޔާގެ އަސްހަދު އަލީ (އަޑޭ) ނުކުޅޭއިރު، މިއީ ރުމޭނިއާގެ ޑިފެންޑަރު އަންދްރެއި ކޯޑޯސް ފޮނުވާލި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. ކޯޑޯސްގެ މަގާމަށް މިއަދު ކުޅުނީ ސާބިއާގެ ޑިފެންޑަރު މިލޮސް ކޮވަސެވިޗް އެވެ.

މެޗު ފަށައިގެން 56 ވަނަ ސިކުންތު ތެރޭގައި ވެލެންސިއާ އިން ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. ހާފްގެ މެދުތެރެއިން މާޒިޔާގެ މުހައްމަދު އިރުފާން (އިރޭ) އަތުން ގެއްލުނު ބޯޅައެއް ހޯދުމަށް ފަހު އޭރިއާ ބޭރުން ވެލެންސިއާގެ ނައިޖީރިއާ ފޯވާޑް އޮމޮދޫ ގޮޑްފްރޭ ވެސްޓް ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑި އަށެވެ.

ފުރަތަމަ 15 މިނިޓަށް ފަހުން މާޒިޔާއިން މެޗުގެ ތެރެއަށް އައިސް ވެލެންސިއާ ގޯލަށް ހަމަލާތައް ފޮނުވަން ފެށި އެވެ. އެގޮތުން މެޗުގެ 20 ވަނަ މިނިޓްގައި މާޒިޔާގެ މުހައްމަދު އުމެއިރު ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

އޭގެ ފަސް މިނިޓް ފަހުން މާޒިޔާގެ ސަމޫހު އަލީ (ސަމުއްޓެ) ނަގައިދިން ހުރަހަކުން އޭރިއާ ތެރެއިން އެ ޓީމުގެ އަލެކްސަންޑަ ރަކިޗް ބޮލުން ފޮނުވާލި ބޯޅަ ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 33 ވަަނަ މިނިޓްގައި ކޯނަރަކުން އުމެއިރު ނަގައިދިން ބޯޅަ ވެލެންސިއާ ގޯލަށް ވަންނަން ދަނިކޮށް ގޯލު ރޮނގުމަތިން ސަލާމަތްކުރީ އެ ޓީމުގެ އަހުމަދު ރިލުވާން (ރިލޭ) އެވެ. އެ ބޯޅަ ދެ ވަނަ ފަހަރަށް ހޯދުމަށް ފަހު މާޒިޔާގެ އަސަދުﷲ އަބްދުﷲ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ދެ ވަނަ ހާފް ފަށައިގެން އަށް މިނިޓް ތެރޭ މާޒިޔާ އަށް ލީޑުނަގައިދޭން އުމެއިރަށް ރަނުގެ ފުރުސަތެއް ލިބުނެވެ. މެޗުގެ 53 ވަނަ މިނިޓްގައި އަސަދުﷲ އަރިމަތިން ނަގައިދިން ހުރަހަކުން އޭރިއާ ތެރެއިން ހުސްކޮށްހުރެ އުމެއިރު ބޮލުން ފޮނުވާލި ބޯޅަ ފައިސަލް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 71 ވަނަ މިނިޓްގައި ވެލެންސިއާ އަށް ވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މުހައްމަދު ފުހެއިދު (ޓޯޑް) ނަގައިިދިން ހުރަހަކުން އޭރިއާ ތެރެއިން ރިލޭ ފޮނުވާލި ބޯޅަ ރަނގަޅަށް ފަޔަށް ނޭރުމުން ދިޔައީ ބޭރަށެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މާޒިޔާގެ އަހުމަދު އިމާޒް (އާއްކޮ)ގެ ބަދަލުގައި ހުސެއިން ނިޔާޒް (ބޮކުރީ) ކުޅެން އެރުވިފަހުން މާޒިޔާގެ އެޓޭކްތައް ވަނީ އަވަސްވެފަ އެވެ. އެގޮތުން މެޗުގެ 79 ވަނަ މިނިޓްގައި ބޮކުރީ ނަގައިދިން ހުރަހަކުން އޭރިއާ ތެރެއިން ވެއްޓިގެންފައި އުމެއިރު ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދާގަނޑަށެވެ.

އޭގެ ފަހުން ބޮކުރީ އަށް ލިބުނު ހުސް ދެ ފުރުސަތުގެ ބޭނުން ވެސް އޭނާ އަށް ނުހިފުނެވެ.

މެޗުގެ 85 ވަނަ މިނިޓްގައި ވެލެންސިއާގެ ފޯވާޑް ވެސްޓަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ. އޭނާ އަށް ދެ ވަނަ ރީނދޫ ކާޑު ދެއްކީ މާޒިޔާގެ ކޮވަސެވިޗް އޭނާގެ ޖާޒީގައި ހިފެހެއްޓުމާ އެކު ރެފްރީ ފައުލު ދިން ފަހުން ޖާޒީ ބާލާފައި ކޮވަސެވިޗް އަތަށް ދޭން އުޅުމުންނެވެ.

ވެލެންސިއާ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި މެޗު ކާމިޔާބު ކުރަން މާޒިޔާ އިން ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް އެ ޓީމަށް ލަނޑެއް ޖެހޭ ގޮތް ވަނީ ނުވެފަ އެވެ.

މެޗަށް ފަހު މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ އެ ޓީމުން މޮޅުވާން މަސައްކަތް ކުރި ކަމަށާއި ހުރަހަކަށްވީ ވެލެންސިއާގެ ކީޕަރު ފައިސަލް ކަމަށެވެ.

"އަހަރެމެންގެ މައްސަލަ އަކީ ލަނޑު ނުޖެހުން. ރަނގަޅު ފުރުސަތުތަކެއް ވެސް ލިބުނު އެކަމު މައްސަލަ އަކީ އޭގެ ބޭނުން ނުހިފުނު. ދެން ކަން ދިމާކުރި ގޮތުން މިއަދު އެ ޓީމުގެ ކީޕަރު (ފައިސަލް) މޮޅު ސޭވްތަކެއް ކުރި. އެހެންވެ އޭނަ އަށް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނީ،" އޭނާ ބުންޏެވެ.

މިއަދުގެ މެޗުގެ ރެފްރީ ޒައީމް އަލީގެ ނިންމުންތަކަށް މެޗުގެ ތެރެއިން ސެކުލޮސްކީ ވަނީ ގިނަ ފަހަރެއްގެ މަތިން ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ މިއީ ރޭވުންތެރިކަމާ އެކު ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

"މިއީ އަޅުގަނޑުމެން ވަރަށް އޮގަނައިޒްކޮށް ރޭވުންތަކާ އެއްގޮތަށް ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ. ހަގީގަތުގައި ދެ ވަނަ ބުރު ފެށިގެން އަޅުގަނޑުމެން ރަނގަޅަޅުވަމުން އައީ. އޭގެ އެއް ނަތީޖާ ކަންނޭނގެ މިއަދު މި ފެނުނީ،" ފެސްކޯ ބުންޏެވެ.

ފެސްކޯ ވަނީ މި މެޗުގައި ފައިސަލް ދެއްކި މޮޅު ކުޅުމަށް ތައުރީފްކޮށް އޭނާ އަކީ އެ ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމަށް ބުނެފަ އެވެ.

2 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 8%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގޮހޮޑާ

10 July 2017

ކޮން ރޭވުމެއްގެ ވާހަކައެއްބާ؟ މިއަހަރުގެ ލީގު ނިމެނީ. ލިބުނީ އެންމެ 3 ޕޮއިންޓް. އަދިވެސް ތިމާއަށް ނުވާކަމެއް ގަބޫލެއް ނުކުރެވޭ ދޯ؟ މެނޭޖްމަންޓްގެ ދޯހަޅިކަމެއް ނޭގޭދޯ؟ މިދިޔައަހަރު ލީގުގެ ފަހުބުރުގައި ޕޮއިންޓެއް ނުލިބި ރެލިގޭޝަނުން ސަލާމަތްވީ ޝާޒްލީ ހިތްވަރުންނޭ ބުނުމަކީ ދޮގަކަށް ނުވާނެ. އަދިވެސް ރާވަން ތިބޭ.

The name is already taken The name is available. Register?

ހީރޯ

10 July 2017

އަސްލުއަހަނަނަކީ މާޒިޔާގެ ސަޕޯޓަރެންނޫން މިސީޒަންގައި މާޒިޔާކުޅުނު 4 މެޗް ބެލިން މާޒިޔާގެ ކުޅުންވަރަން ރީތި ގޯލްނުޖެހޭކަން އެކަނި މައްސަލައަކީ އިގޭހުރިހާމެޗެންގަ ގޯލެން ނުޖެހޭނެކަންވެސް ތިގޮތުގަ ހިފަހަންޓާލާތި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454