ކުޅިވަރު / މާލޭ ލީގް 2017

ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދާނަން: ސެކުލޮސްކީ

މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮސްކީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ބުރުގައި މާޒިޔާ އަށް ވަނީ މައްސަލަތަކެއް ދިމާވެފައި ކަމަށާއި އެ ކަމަށް ހައްލެއް ހޯދާނެ ކަމަށް އެ ޓީމުގެ ކޯޗު މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.

މާޒިޔާ ލީގުގެ ފުރަތަމަ ބުރު ނިންމާލީ ހަތް މެޗުން ވެސް މޮޅުވެގެންނެވެ. އުނދަގޫ ޝެޑިއުލެއްގައި ވެސް އެ ޓީމުން ދިޔައީ ނަތީޖާ ނެރެމުންނެވެ. އޭއެފްސީ ކަޕުގައި ދައްކަމުން އައި ކުޅުން މާލޭ ލީގުގައި ވެސް ތަކުރާރުކުރި އެވެ. އެހެން ނަމަވެސް މާލޭ ލީގުގެ ދެ ވަނަ ބުރުގައި އެ ޓީމުގެ ފޯމު އެންމެ ރަނގަޅެއް ނޫނެވެ. އެކަމަށް ސެކުލޮސްކީ ވެސް އެއްބަސްވެ އެވެ.

"ފުޓްބޯޅައިގައި އެއީ ފަސޭހަ ކަމެއް ނޫން އެއް ފެންވަރެއްގައި ހަ މަސް ދުވަހުގައި ކުޅުމަކީ. ދެން މަހެއްހާ ދުވަސް ވަންދެން އެވްރެޖް ކުޅުމަކަށްދޭ ރަނގަޅު ރިކަވަރީއެއް ނުލިބެންޏާ. އަހަރެމެންނަށް ދެ ވަނަ ބުރުގައި މައްސަލައެއް ކުރިމަތިވެއްޖެ. އަހަރެން ދެކޭ ގޮތުގައި އެއީ ލަނޑު ނުޖެހޭތީ ދިމާވާ މައްސަަލައެއް،" ލީގުގެ ފުލުގައި އޮތް ވެލެންސިއާއާ ލަނޑެއް ނުޖެހު އެއްވަރުވި މެޗަށް ފަހު ސެކުލޮސްކީ ބުންޏެވެ.

ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ އިން ވަނީ ހުރިހާ މެޗެއް ކާމިޔާބުކޮށް 21 ލަނޑު ޖަހައިފަ އެވެ. ބައިކޮޅަށް ވަނީ އެންމެ ލަނޑެކެވެ. އެހެން ނަމަވެސް ދެ ވަނަ ބުރުގައި މިހާތަނަށް އެ ޓީމުން ފަސް މެޗު ކުޅުނުއިރު، އެ ޓީމަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. ދެ މެޗުން ބަލިވިއިރު، ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ. ތިން ގޯލު ޖެހުނުއިރު، ބައިކޮޅަށް ވަނީ ފަސް ގޯލު ވަދެފަ އެވެ.

މި ސީޒަނުގައި މާޒިޔާ އެޓޭކުގެ އެންމެ މުހިއްމު ދެ ކުޅުންތެރިންނަކީ އަސަދުﷲ އަބްދުﷲ އާއި މުހައްމަދު އުމެއިރު އެވެ. މާޒިޔާ މި ސީޒަނުގައި ނެރެމުން އަންނަ ރަނގަޅު ނަތީޖާތަކުގައި އަސަދުﷲ އާއި އުމެއިރުގެ ގޯލުތަކުގެ ހިއްސާ ބޮޑެވެ. މިދެ ކުޅުންތެރިންނަށް ދެ ވަނަ ބުރުގައި ލަނޑު ޖަހަން ލިބޭ ފުރުސަތުތަކުގައި އަދި އެންމެ ރަނގަޅަށް ބޭނުމެއް ނުހިފެ އެވެ.

ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާޒިޔާ އަށް އެންމެ ދިމާވެފައިވާ އަނެއް ގޮންޖެހުމަކީ ޓީމުގެ ދެ ވިންގް ކަމަށްވާ ހުސެއިން ނިޔާޒް (ބޮކުރީ) އާއި އަހުމަދު އިމާޒް (އާއްކޮ)ގެ އަނިޔާގެ މައްސަލަތަކެވެ. މި ދެ ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތައް އެތައް ފަހަރެއްގެ މަތިން މި ސީޒަނުގައި ވަނީ ކުރިމަތިވެފަ އެވެ. އެކަން ސެކުލޮސްކީ ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

ޓީމަށް ކުޅޭ ބިދޭސީ ޑިފެންޑަރު ކަމަށްވާ ރުމޭނިއާގެ އަންދްރެއި ކޯޑޯސް އެދުމުން މާޒިޔާ އިން ވަނީ އޭނާ ދޫކޮށްލައިފަ އެވެ. އެނގިފައިވާ ގޮތުގައި މާޒިޔާ އިން އަންނަނީ އަންނަ ހުކުރު ދުވަހު ހުޅުވޭ ޓްރާންސްފާ މާކެޓްގައި އިތުރު ޑިފެންޑަރެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އަދި އެ ޓީމަށް އިތުރު ކުޅުންތެރިން ވެސް ގުޅުމުގެ ފުރުސަތު ބޮޑެވެ.

މާލޭ ލީގަށް މި ވަގުތު ވާދަކުރަމުން އަންނަ ދެ ޓީމަކީ މާޒިޔާ އާއި ނިއު ރޭޑިއަންޓެވެ. މާޒިޔާ މި ވަގުތު ލީގުގެ އެއް ވަނައިގައި 12 މެޗުން 26 ޕޮއިންޓާ އެކު އޮތްއިރު، ދެ ވަނައިގައި ނިއު އޮތީ 12 މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ. ސެކުލޮސްކީ ބުނީ މާޒިޔާ އަށް އަދިވެސް ކޮންމެވެސް ވަރެއްގެ އެޑްވާންޓޭޖެއް އެބައޮތް ކަމަށެވެ.

"އަހަރެމެންގެ ފުރަތަމަ ޓާގެޓަކީ ޕްރިމިއާ ލީގުގެ ޖާގައެއް ހޯދުން. އެއީ ވަރަށް ވާދަވެރި ލީގެއް މިއީ. އެހެންވެ އެ ޓާގެޓަށް މަސައްކަތްކޮށް އެކަން ހާސިލްވެއްޖެ. މިހާރު އަހަރެމެންނަށް ވެސް ނިއު އަށް ވެސް މި އޮތީ އެއްވަރަށް މެޗުތައް. އަހަރެމެން މި އޮތީ އެއް ޕޮއިންޓް ކުރީގައި. ވަރަށް ގިނަ ފަހަރު އެންމެ ޕޮއިންޓަކުން ވެސް ލީގު ކާމިޔާބު ކޮށްފައި އެބަހުރި،" ސެކުލޮސްކީ ބުންޏެވެ.

ލީގުގައި މާޒިޔާ އަށް ބާކީ އޮތީ ގްރީން ސްޓްރީޓްސް އާއި ނިއު މެޗެވެ. ނިއު އަށް އޮތީ އީގަލްސް އާއި މާޒިޔާ މެޗެވެ. ނިއު އާއި މާޒިޔާ ކުޅޭ މެޗު އޮންނާނީ މި މަހު 19 ވަނަ ދުވަހު އެވެ.

2 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 14%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަންޖެ

12 July 2017

މާޒިޔާ ތައްޔާރުވީ އޭއެފްސީ ކަޕްއައް. އެކަން ނިމުމުން ޓީމްވެސް ކޯޗްވެސް ތިބުނީ ނިދިއައިސްގެން ތާއްޔާޖެހިފަ! މައްސަލައަކީ މިކަމަށް އިސްކަމެއް ނުދެވުން!

The name is already taken The name is available. Register?

ދިވެހިލޭ

11 July 2017

ޝުކުރިއްޔާ ސެކޮލޮސްކީ ! މާޒިޔާއަށް އަލަށް ބިދޭސީ ކޯޗެއް ގެނައި ފަހަރު ސެކޮލޮސްކީގެ ކޯޗުކަމުގެ ދަށުގައި ޓީމުން ރަނގަޅުކުޅުމެއް ދައްކާ ރަނގަޅު ނަތީޖާތަކެއް ނެރެފި..މިދިޔަ އަހަރު ޓީމުގައި ރާއްޖޭގެ އެނެމެ މޮޅު 2ތިން ކުޅުންތެރިން ތިބެގެން ނުދެއްކުނު ރަނގަޅުކުޅުމެއް ސެކޮލޮސްކީ ތިވަނީ ޓީމާ ހަވާލުވެ ދައްކަދީފަ....ތީ ދިވެހި ފުޓުބޯޅަ ބޭނުންވާ ކަހަލަ ކޯޗުންނަކީ......އަދިވެސް އެއްފަހަރު ޝުކުރިއްޔާ !!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454